މާލޭ ކޮމާޝަލް ހާބަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް: މުދާ ހުސްކުރާ މަޖޫރީން އަލުން ރަޖިސްޓްރީވާން ދިން މުއްދަތު ހަމަވުމާ އެކު، ރަޖިިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަތައް ވަނީ ބާތިލްވެފައި --ފޮޓޯ/މިހާރު
22 އެޕްރީލް 2018 - 11:41
ސަރުކާރުން ކަނޑައެޅި އަގަށް މާލޭ ކޮމާޝަލް ހާބަރުގައި މުދާ ހުސް ކުރާނެ މަޖޫރީން އަލުން ރެޖިސްޓަރީ ވާން ދިން މުއްދަތުގައި އެކަން ނުކުރި މަޖޫރީންގެ ހުއްދަތައް މިއަދުން ފެށިގެން ބާތިލްވެއްޖެ އެވެ.
ކޮމާޝަލް ހާބަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މަޖޫރީންތައް އަލުން ރެޖިސްޓަރީ ވާން އެންގީ ކޮމާޝަލް ހާބަރުން މުދާ ހުސް ކުރުމުގެ އަގު މި މަހުން ފެށިގެން ސަރުކާރުން ކޮންޓްރޯލް ކުރުމުންނެވެ. އަގު ކޮންޓްރޯލް ކުރުމުން އެމްޕީއެލް އިން ވަނީ ސަރުކާރުން ކަނޑައެޅި އަގަށް މުދާ ހުސް ކުރާނެ މަޖޫރީން އަލުން ރެޖިސްޓަރީ ވާން އަންގައިފަ އެވެ.
އެމްޕީއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އަލުން ރެޖިސްޓަރީ ވާން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވެފައިވާތީ، މިހާތަނަށް ރެޖިސްޓަރީ ވާން ހުށަނާޅާ ފަރާތްތަކުގެ ހުއްދަތައް ބާތިލްވެފައިވާ ކަމަށެވެ. އެކަމަކު މަޖޫރީންގެ ގޮތުގައި މަސައްކަތް ކުރުމަށް އަލަށް ރެޖިސްޓަރީ ކުރި މީހުންގެ އަދަދެއް އެމްޕީއެލް އަކުން ނުބުނެ އެވެ.
މަޖޫރީން މުދާ ހުސްކޮށްދޭ އަގު ސަރުކާރުން ކޮންޓްރޯލް ކުރީ މި މަހުން ފެށިގެން މާލޭގައި ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން ސަރުކާރުން މަނާ ކުރުމާ ގުޅިގެން މަޖޫރީން މުދާ ހުސްކުރަން ނަގާ އަގު ބޮޑު ކުރުމުންނެވެ. ސަރުކާރުން މިހާރު ވަނީ މެންދަމުގެ ވަގުތުތަކާއި އެ ނޫން ވަގުތުތަކުގައި މުދާ ހުސްކުރަން ނެގޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އިއުލާން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
22 April 2018
ރަށްރަށުގައި ކާޑުގެ ބާވަތް ތަކުގެ އަގު މާލެ އާ ތަފާތުވަނީ މަޖޫރީންގެ ސަބަބުންނެއް ނޫނެވެ. އެސްޓީއޯގެ ސަބަބުންނެވެ. ކާޑުލިބޭނެ ސަރަހައްދު ތަކެއް އެކި ރަށްރަށުގައި ހެދިފައި ނެތީމައެވެ.
ލަބީބު
22 April 2018
ރަށްރަށުގައި ކާޑު ވިއްކާމީހުން އަދިވެސްބުނަނީ އަގުހެޔޮ ކާޑު އަހަރެމެންފިހާރައަކަށް ނުލިބޭ ހާއްސަކޮން ރާއްޖޭގެ އެންމެއުތުރުގެ އާބާދީ ބޮޑެތިރަށްތައްކުން މިކަން ފާހަގަކުރެވޭ
އަލީ ސަލީމް
22 April 2018
ހެހެހެ ރާކަނި މަސް ކެވިއްޖެ ދެއްތޯ؟
ހާޖަރާ
22 April 2018
އެއްވެސް މީހަކަށް ހަމަ ބޭނުންހާ ގޮތަކަށް އުޅުމުގެ ފުރުސަތު ދީގެން ނުވާނެ. މިމީހުންގެ ސަބަބުން ތަކެތީގެ އަގަށް ނުކަސިޔާރު ބަދަލެއް އަތުވެދާނޭކަމަށްޓަކާ ބިރުގަނޭ. ތިޔަނިންމި ނިންމުން ވަރަށް ހަބޭސް. ރާކަނިމަސްކަންޏާ ދެންވެސް ރާކަނީގެ ތޮށިގަނޑު ތަޅާލާ. މަސްގަނޑު އޮންނާނީ ވަރަށް އަޑީގަ.
އަހުމަދުބެ
22 April 2018
އެމްޕީއެލް ގައި ރަޖިސްޓްރީ ވާން ދިވެހިންނަށް ވަކި މުއްދަތެއް ދިނުމަކި ހަމަ ޖެހޭ އުސޫލެއް ނޫނެވެ. އެކަން ބާއްވަން ޖެހޭނީ ހުޅުވާލާފައެވެ. ވިލިމާލެ އާއި ހުޅުމާލެ އަށްމުދާ އަރުވާފެރީ ތަކަށް ބިދޭސީން މުދާ އަރުވަނީ ރަޖިސްޓްރީ ކޮށްގެނެއްނޫނެވެ. އަމިއްލަ އަށް ގްރޫޕް ހަދައިގެންނެވެ. ދިވެހީން މިޖެހެނީ ދިވެހި ގައުމުގައި ބިދޭސިންނަށް ވުރެ ނިކަމެތި ކޮށް އުޅޭށެވެ. އަދި ވެސް މިނިވަން ކަމުގެ ވާހަކަ ދައްކާނެއެވެ.
ނޭނގޭވާހަކަ ނުދައްކާ
22 April 2018
އެމްޕީއެލްއަކީ އިންޓަރނޭޝަނަލް ޕޯޓެއް. އެތެރެއަށް ވަދެވޭނީ ޚާއްސަ ހުއްދައެއް ނަގައިގެން. މަޖޫރީ ގްރޫޕްތަކަށްވެސް ވަދެވޭނީ ކޮންބައެއްކަން އެނގިގެން. އެހެންވެ ރަޖިސްޓަރީ ވާން ޖެހެނީ.
އާދަނު
22 April 2018
އެމްޕީއެލް އޭ ބުނީމަ މީހަކު ހައިރާނެއް ނުވާނެއެވެ. އެއީ ސިޔާސީ މީހުން ނަށް އެކި ފެންވަރުގެ ވަޒީފާ ދިނުމުގައި އަރާ ހުރި ތަނެކެވެ.
ވަހީދު
22 April 2018
ރަނގަޅު. ވަކި މިންގަނޑެއް އޮންނަންވާނެ.
މަހަަށްދޭދޭ
22 April 2018
ކޮބާ ހުންނާނެ ރާކަނި މަސްކެވިފައި މިހާރު. ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.
ޢަބްދުﷲނާފިޒް
22 April 2018
އަދިވެސް މަހަށްތަ ނުދެވިގެން މިއުޅެނީ، މިއުޅެނީ ދެކުއްޖަކު ގެއްލިގެން އެކަމުގެ ހިތާމައިގަ ރަށުއެންމެން....