ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: ވީއޭއެމް
23 އެޕްރީލް 2018 - 23:35
ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ރާއްޖެ މުބާރާތް ނިންމާލަން ޖެހުނީ ކުޅުނު ދެ މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެގެންނެވެ. އިއްޔެ ނޭޕާލް އަތުން ވެސް ރާއްޖެ އެ ނަތީޖާ އިންނެވެ. އެ މެޗުން ބަލިވުމުން މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުތް މެޗުގެ ކުރިން ސެމީގެ ޖާގައެއް ހޯދާނަަމަ ސީދާ ތިން ސެޓުން މޮޅުވާން އޮތީ މަޖުބޫރުވެފަ އެވެ.
ބަންގްލަދޭޝް މިއަދުގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-15، 25-15 އަދި 25-22 އިންނެވެ. ސެންޓްރަލް ޒޯނުގައި 2016 ވަނަ އަހަރުގެ މުބާރާތުގައި ވެސް ބަންގްލަދޭޝް އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.
ނޭޕާލް އަތުން ބަލިވި މެޗުގައި އެންމެ ބޮޑަށް ފެނިގެންދިޔަ މައްސަލަ އަކީ ކުޅުންތެރިން ޕްރެޝަރުގައި ތިބުމުގެ ސަބަބުން ނުކުޅެވުން ކަމަށް ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ވެސް އެ މައްސަަލަ ފެނިގެންދިޔަ އެވެ. ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ޑިފެންސުގައި މައްސަލަތަކެއް ފެނުނުއިރު، ބަންގްލަދޭޝްގެ އެޓޭކްތައް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. އޭގެ އެޑްވާންޓޭޖް އެ ޓީމުން ފުރިހަމަ އަށް ނެގި އެވެ.
ތިން ވަނަ ސެޓުގައި ރާއްޖެ އިން ރަނގަޅަށް ކުޅުނު ނަމަވެސް މުހިއްމު ވަގުތުތަކުގައި ޓީމުގެ ކުޅުންތެރިން އަތުން ޕޮއިންޓް ގެއްލުނެވެ. އޭގެ ނަތީޖާ އަކަށްވީ މި ސެޓު ވެސް ބަންގްލަދޭޝް އިން ގެންގޮސް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރުމެވެ.
ގައުމީ ވޮލީ ބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) "މިހާރަ"ށް ބުނީ ފުރަތަމަ ދެ ސެޓުގައި ދަށްކޮށް ދިޔަ ނަމަވެސް ފަހު ސެޓުގައި ކުޅެވުނު ކަމަށެވެ. އެހެން ނަމަވެސް އޭރު މެޗު ގެއްލިފައި އޮތުމުން އޭގެ ފައިދާއެއް ނުކުރި ކަމަށް ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭން ކުޅެނީ ދާދި ފަހުން ޓީމުން ރިޓަޔަކުރި އިޝާން މުހައްމަދު (ބަޓިސް)ގެ އިތުރުން މި ފަހަރު ސްކޮޑުގައި އަމިއްލަ ސަބަބެއްގެ ސަބަބުން ބާކީވި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ނުލަ އެވެ. އޭގެ އިތުރުން މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ.
މި ފަހަރުގެ ޓީމުގައި މުޅިން އަލަށް ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ބޮޑަށް ލިބުނީ މި ފަހަރު އެވެ. ޓީމުގެ ސެޓަރަކަށް ކުޅުނު ހުސެއިން ވިޝާމް (ބުޅިކެ) އާއި އާދަމް ފައިރޫޒަކީ މީގެ ކުރިން ޓީމުގައި ހިމެނުނު ނަމަވެސް ކުޅުމުގެ ފުރުސަތު އެހާ ގިނައިން ލިބުނު ކުޅުންތެރިންނެއް ނޫނެވެ. އެހެން ކަމުން އެ ކުޅުންތެރިންގެ އަސްލު ކުޅުން ދައްކަން މި ފަހަރު އުނދަގޫތަކެއް ދިމާވި އެވެ.
ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނުއިރު، އޭގެ ފަހުން ކުޅުނު ދެ މުބާރާތް ވެސް ރާއްޖޭން ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
24 April 2018
ބަންގާޅަށް ދިވެހި ޓީމު ނުގޮސް މާލޭގަ އުޅޭ ބަންގާޅީން ކޮޅެއް ހޯދާލައިގެން މާލޭގަ އެވެރިންނާއެކު މެޗެއް ކުޅެލިނަމަ ގައިމު ޓިކެޓު ޚަރަދާއި ހުރުމާއި ކެއުމަށާއި އެތެރޭގެ ދަތުރު ތަކަށްދިޔަ ޚަރަދު ސަލާމަތްވީސްނު، ބަންގާޅަށް ގޮސްވެސް ބަލިވީ ސީދާ 3 ސެޓުން، އެހެންވީމާ މިކޮޅުގަ އުޅޭ ބޮންދުން ކޮޅެއް ހޯދައިގެން މާލޭގަ ކުޅުނު ނަމަވެސް ސީދާ 3 ސެޓަށްވުރެ ތަފާތު ބޮޑުކޮށެއް ގައިމު ރާއްޖެ ބައްޔެއްނުވީސް، ޚަރަދަށްވެސް ބަލަންވާނެ މިފެންވަރުގެ ޓީމުތައް ކުޅޭއިރު
އެކްސް ހަލީލް
24 April 2018
ދިވެހިން އަދިވެސް އުޅޭނެ ނެތްފެންވަރު ދައްކަން. ބަލާ މިހާރު އެންމެންވެސް ގަބޫލުކުރޭ ކަޓަން ޖެހޭނެކަން ބަލިވާން ޖެހޭނެކަން، އެހެންވެ 90% މީހުން އުފާވި ކަމަށް ކްލިކް ކޮށްފަ.
ޢަލީބަލީ
24 April 2018
ރާއްޖެ ޓީމްގެ ކޯޗަކަށް ކުރިން ހުރީ ހާދަ ރަގަޅު ބޭރުމީހެކޭ. އޭނަ އަސްލު ދިޔައީ ކިހިނެއްވެ؟ ލަންކާ ކޯޗް ވާހަކައެއްނޫން މިބުނީ.
ހެޔޮހިތުން
24 April 2018
ކާމިޔާބަކީ ހަރުދަނާ އުސޫލުތަކާއި ބުރަ މަސައްކަތުން ހޯދޭ އެއްޗެއް!!! މިގޮތަށް ވިސްނާއިރު،، ފުރަތަމަ ވޮލީގެ ރައީސަކަށް ހުރީ ސިޔާސީ މީހެއް!!! އަބަދުވެސް އުޅެވެނީ ސިޔާސީ ކަންކަމުގައި،، ވޮލީގެ އާއިލާއާއި ގުޅުމެއްނެތް،،، ދެން ކުޅުންތެރިންނަށް ބަލާއިލު،، ބައެއއ ކުޅުންތެރިން އާއިލީ ކަމެއް ކަމަށްބުނެ ދިޔައީ ބީޗް ވޮލީ ކުޅެން!!! ދެންވެސް ކުރަންވީކަމަކީ ސިޔާސީ މީހުން އެއްފަރާތް ވެފަ، ސީރިއަސް މީހުނާއި ހިންގުން ހަވާލު ކޮށްފަ، ރަނގަޅު ޒުވާން ޓީމެއް ބިނާކުރަންވީ!!! އޭރުން އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެ
އަސްލުހާލަތު
24 April 2018
ވޯލީއަށް ތިޔަކަހަލަ ބޮޑެތި ޚަރަދުކޮށްގެން މުބާރާތް ކުޅެން ނުގޮސް..އިސްކޮޅު ހުރި ޒުވާން ޖީލެއް ބިނާކުރުމަށް ތިޔަ ފައިސާ ޚަރަދުކުރުން މާ މުހިންމު.. މިހާރު ވޮލީ ކުޅެން މިއުޅެނީ 5 ފޫޓު ކިރިޔާ ހަމަވާ މީހުން ގިނައިން.. އިސްކޮޅުގަ 6 ފޫޓް ހަމަވާ ނުވަތަ އެއަށްވުރެއް ދިގު ޖީލެއް ބިނާކުރުމުގެ މަސައްކަތްފަށަންވީ ތިޔަ އޯލްޑް ހެޑްސްތައް އިހަށް ދޫކޯށްލާ މުސްތަޤުބަލަށް ފައިސާ ޚަރަދުކުރުން މުހިންމު
ކައުންސެލަރު
24 April 2018
ރާއްޖޭގައި "ބޮންދުން" ނަށްވުރެ އިހާނެތިކޮށް ހިތޭބަޔަކު ނޫޅޭނެ. އެވަރުގެ ދެރަ ބަޔަކުވެސް ނޫޅޭނެ. "ބަންގާޅީން" ނަށްވުރެ ދަށްބަޔަކު ނޫޅޭނެ. އެމީހުންނަށްވުރެ ރާއްޖެ ހުރިހާގޮތަކުންވެސް މޮޅުވާނެ. މީގިނަ ދިވެހިންގެ ވިސްނުން. އެކަމަކު މިފެންނަނީ ދިވެހިންގެ ފެންވަރު. ވޮލީގައި ސީދާ ތިން ސެޓުން ބަލިވުމުން އެވީއްލާލީ ވެލިކާންދީފަ. އެދެރަ ބޮންދުން އަތުން މިބަލިވީ އެންމެ ހަޑިކޮށް.
ރަދީފް
24 April 2018
ބަންގްލަދޭޝް އެއީ އާދައިގެ ގައުމެއް ނޫން.ދިވެހިން ލަދުގަންނަން ޖެހޭނެ އެމީހުންނަށް މަލާމާތްކުރަން.
އާރީ
24 April 2018
ސަރުކާރު ބަޖެޓުން ބޮޑް ރުފިޔާގަޑެއް އިސްރާފް ނޫން ކަމެއް ނުވެ.އަބަދުވެސް ބަލި ދުވަހަކު ކާމިޔާބެއް ނުލިބެ.
އަހުމަދު ސާހު އަލީ
24 April 2018
ޓެލްމީ ސަމްތިމްގް ނިއު
ބަނގޯ
24 April 2018
މީ އެއްކަލަ ފުއްޕާފަ އުޅޭ ދިވެހިންނަށް ވާވަރު!
ބޮންދު
24 April 2018
ކަލޭ ބަންގާޅު ހުނަނީ
ކުދުރޭޑިއޯ
24 April 2018
ކޯޗް ބުނިގޮތުން ހީވަނީ ޕްރެޝަރު އަންނަނީ ހަމައެކަނި ދިވެހިންނަށްހެން. އެހެންވީމާ ޕްރެޝަރަކީ ދުނިޔޭގެ ހުރިހާ އެންމެންނަށް އަންނަ އެއްޗެއް ކަމަށް ނުވާހާ ހިނދަކު ރާއްޖެ މޮޅެއްނުވާނެ. އެހެންވީމާ މިބޭއިންސާފުން އެއްކިބާވާން ކަމާބޭހޭ ފަރާތައް އަންގާ