ނިއުގެ ކޯޗު އޮސްކާ ބްރުޒޮން މެޗަކަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު
26 އެޕްރީލް 2018 - 06:54
އޭއެފްސީ ކަޕުގައި އިއްޔެ އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން ނިއު ރޭޑިއަންޓް ހޯދީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް ނުނިމޭ ކަމަށާއި ޓީމު އޮންނާނީ ހަމަބިމުގައި ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ އެއް ވަނަ ހޯދި ޓީމުގެ މައްޗަށް ހޯދި މޮޅާ އެކު ނިއު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައި ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދައިފަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ނިއު އޮތީ ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެންނެވެ. ބެންގަލޫރަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މާނައަކީ ބާކީ ދެ މެޗުން މޮޅުވެގެން ނިއު އަށް ދެ ވަނަ ބުރަށް ދެވެން އޮތުމެވެ. ބެންގަލޫރަށް ޖެހޭނީ ދެ މެޗުން މޮޅުވެ ނިއު އަތުން ޕޮއިންޓެއް ގެއްލޭތޯ އިންތިޒާރުގައި ތިބުމެވެ.
"ހާދަ ރަނގަޅޭ. ހާދަ ރަނގަޅޭ. ހާއްސަކޮށް ރަށުން ބޭރުގައި ކުޅުނު މެޗުން އަހަރެމެން މޮޅަށް ކުޅެ އެކަމަކު ޕޮއިންޓެއް ނުލިބި އޮވެފައި މިއަދު މޮޅުވީމަ. މިއަދު އަހަރެމެން ނުކުތްއިރު އިން ވިސްނަން ޖެހުނު ކަމެއް ވެސް އޮތް. އެއީ ބެންގަލޫރުން ލަނޑެއް ޖަހައިފި ނަމަ ތިން ލަނޑު ޖަހަން ޖެހޭތީ (ހެޑް ޓު ހެޑް އިން ކުރި ހޯދަން). އެކަމަކު ކުޅުންތެރިން މިއަދު އެ ހޯދީ ފުރިހަމަ މޮޅެއް،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ނިއު މޮޅުވުމުގެ އިތުރަށް މިއަދު ބެންގަލޫރަށް ކުޅުނަކަސް ވެސް ނުދިން ކަމަށާއި ނިއުގެ ކުޅުންތެރިން މިއަދު ކުޅުނީ ކްލަބާއި ގައުމަށްޓަކައި ކަމަށެވެ.
"އެކަމަކު އަހަރެމެން މިއޮތީ ހަމަބިމުގައި. އަހަރެމެން ހިތްތިރިކޮށްގެން މިތިބީ. ސަބަބަކީ މިކަމެއް އަދި ނުނިމޭ އަދި އެބައޮތް ދެ ފައިނަލް. ފުރަތަމަ މެޗު މިއޮތީ މާލޭގައި (ބަންގްލަދޭޝްގެ) އަބަހާނީއާ ދެކޮޅަށް. ދެން އޮތް އައިޒޯލްގެ މެޗު ވާހަކަ ދައްކަން ވެސް ބޭނުމެއް ނޫން. ސަބަބަކީ އެއީ މާ ދުރުގައި އޮތް މެޗަކަށް ވާތީ. މިއަދު އަހަރެމެން އުފާފާޅުކުރަން ޖެހޭ. އެކަމަކު މާދަމާ އިން ފެށިގެން ދެން ހުރިހާ ސަމާލުކަމެއް ދޭނީ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗާއި އަދި އަބަހާނީ މެޗަށް،" އޮސްކާ ބުންޏެވެ.
ބެންގަލޫރު އަތުން 1-0 އިން ބަލިވި މެޗަށް ފަހު ވެސް އޮސްކާ ބުނީ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރެވޭނެ ކަމަށެވެ. އެފަދަ ވާހަކަތަކުން ޓީމަށް ހިތްވަރު ލިބުނުތޯ ނޫސްވެރިން އެހުމުން އޮސްކާ ބުނީ މިކަމުގައި އޭނާ އަށް ކްރެޑިޓެއް ނޯންނާނެ ކަމަށާއި މިއީ ޓީމެއްގެ ގޮތުގައި ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރި މަސައްކަތެއް ކަމަށެވެ.
"ހާއްސަކޮށް ކުޅުންތެރިން. އަހަރެމެންގެ ކުޅުންތެރިން އެބަހުރި މޮޅުވުމުގެ ވަރުގަދަ ވިސްނުމެއް. ކުޅުންތެރިން ގަބޫލުކުރޭ މި ޕްރޮޖެކްޓް. ކުޅުންތެރިންނަށް މި ކްލަބާ މެދު އިތުބާރު އޮވޭ. އަހަރެމެން ނަގަނީ ފަހަރަކު މެޗެއް. އެއީ ސިއްރަކީ،" އޮސްކާ ބުންޏެވެ.
މިދިޔަ އަހަރުގެ ވަކި ހިސާބަކުން ހަވާލުވެ ނިއު އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ހޯދައިދިން ކޯޗު ބުނީ މިއަދު ނިއު އިން ދެއްކި ފުރިހަމަ ކުޅުމަކީ އޭނާ އަށް ވެސް ހައިރާންކަން ލިބުނު ކުޅުމެއް ކަމަށެވެ.
"ޑިފެންސް ލައިން ބަރާބަރު. ބޯޅަތައް ފަހަތުން މެދަށް އަދި ކުރިއަށް އެހާމެ ހަލުވިކަމާ އެކު ބަދަލުކުރި. މިޑްފީލްޑަރުންގެ އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވި. ފޯވާޑުން ލިބުނު ބޯޅަތައް ބޭނުންކުރި،" އޮސްކާ ބުންޏެވެ.
މި މޮޅަކީ އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ބެންގަލޫރާ ދެކޮޅަށް ރާއްޖޭގެ ޓީމުތައް ކުޅުނު ހަތް މެޗުގެ ތެރެއިން ހޯދުނު ފުރަތަމަ މޮޅެވެ. އޮސްކާ ބުނީ މެޗު އޮތީ ކްލަބް ލެވެލަށް ވުރެ ބޮޑުވެފައި ކަމަށެވެ. ސަބަބަކީ އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގައި އޮންނަ ވާދަވެރިކަމެވެ. އަދި އޭގެ ތެރެއިން މި ލިބުނު މޮޅު އެތައް ގޮތަކުން ހާއްސަކަން އޭނާ ފާހަގަކުރި އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސް
26 April 2018
ދިވެއްސަކަށްވީތީ މިފަޚްރު އަޅުގަނޑަށްވެސް ހައގު. ނަަމަވެސް މި މޮޅު އަޅުގަނޑު ހަދިޔާ ކުރާނީ ގައުމީ ޓީމްގެ ކޯޗަށް.
ހަސަން އަދުލީ
26 April 2018
މަރުހަބާ.މަރުހަބާ.މަރުހަބާ.
ޝޯން
26 April 2018
އޮސްކާ އަށް ގައުމީ ޓީމު ހަވާލުކުރަން ފެނޭ. ކޯޗުގެ ގޭމް ޕްލޭނާއި މަސައްކަތާއި ނަތީޖާތަށް މިހާރު ހުރީ އެންމެނަށްވެސް ފެންނަން. ދިވެހި ޓީމެއް ނަގަން މިކަހަލަ ކޯޗަކާ ހަވާލުކޮށްފަ ނަތީޖާ ނެރެން ދިނިއްޔާ މާ ރަނގަޅުވާނެ ކަންނޭގެ.
ޒިޔާދުބާްިގު
27 April 2018
އޮސްކާއަށް ރާއްޖޭގެ ރަސްކަންދީ
ގިއަރޒްއޮފްވޯރ މެގަޑެތް
26 April 2018
އަވަހަށް ރެޑީ ވޭ އަބަހާނީ މެޗައް...... !!! ދަނޑު އެއްކޮށް ފުރާލާ !! ބަންގާޅު މީހުނަށް ދަނޑު ދީގެން ނުވާނެ !!! މީ އަހަރުމެންގެ ގައުމު!!! މީ ރެޑް ސްނެޕާސް !! މީ ބްލޫސް
ފުންއަސަރު
26 April 2018
ދެންއޮތީވެސް ނިއުރޭޑިއަންޓަށް އެހާ ފަސޭހަ މެޗަކަށްނުވާނެ. އަހަރެމެންގެ ހޯމްގާ ދަނޑަށްވަންނަން އެމީހުންގެ ސަޕޯޓަރުން މާގިނަވާނެ. އަނެއްކާ އެމީހުންގެ ސަޕޯޓަރުންނަކީ އެމީހުންގެ މެޗެއްކުޅެންޏާ މުޅިދަނޑު ފުރާލާ ބައެއް. އެންމެ ފަހުން ގަލޮޅުދަނޑުގާ އެމީހުން ކުޅުނު މެޗުގާ ހަތަރުހާސް ބަންގާޅިން ދަނޑަށްވަން. އަހަރެމެންގެ ދުއިސައްތަވަރަކަށް ސަޕޯޓަރުންވެސްނެތް. އެހެންވީމާ މީ ވަރަށްބޮޑަށް ވިސްނާ ގޮތެއްނިންމަންޖެހޭ މެޗެއް. ސަޕޯޓަރުން މެޗްބަލަން ވައްދާނީ ކިހިނެތްތޯ ބަލާ ދިރާސާއެއް ކުރަންބޭނުން. އަދި ގަލޮޅުދަނޑަށް ވަދެވޭ ޓިކެޓުގެ ތެރެއިން ތިންބައިކުޅަ ދެބައި ރާއްޖެއަށް ޚާއްސަކުރަންބޭނުންވޭ. އަދި ރާއްޖޭގެ ސަޕޯޓަރުން ދަނޑުފުރާލަންޖެހޭ. އެހެންނޫނީ އެމީހުންގެމީހުން އަރާ ފުރާލާނެ. މީ ދުރާލާ ވިސްނާލަން ޖެހޭވަރުކަމެއް.
ހޯރަ
26 April 2018
ޔަގީނޭ އަހަރަމެން ކޯޗު ގެންދަށް ބެންގަލޫރުން ހިފާނެކަށް ޒިޔާދުސަރ ހަމަހިލާ ކޯޗު ގެންދިޔަޔަކު ނުދޭތި 5 އަހަރަށް ކޯޗު ލައްވައި ސޮއި ކޮށްލާ އަވަހަށް ތީ ލިބިފައޮތް ޖަވާހިރެއް ރަންގަޑެއް ތިފަދަ މޮޅު ކޯޗަކު ނިއުގަ ހުރީތީ ވަރަށް ފަހުރުވެރިވޭ..
އައްމި
26 April 2018
އިންޑިޔާގެ ނޫސްވެރިޔަކު ވެސް ލިޔެފައ އޮތެއްނު އޮސްކާއި އާއި އެކު ނިއު އަށް ސައުތުއޭސިޔާގެ ގަދަބާރަކަށް ވެވި ދާނޭ. އޮސްކާ އެ ދައްކުވައި ދެނީ ދިވެހިންގެ ފުޓްބޯޅައިގެ ހުނަރު ހުރީ މިރީޖަނުން ބޭރުގަކަށް. ތަރުކާރީއާއި ފުރުޓްކައިގެން ތި އަށްނަޓީމް ތައް ކައިރީ ގަރުދިޔަ ބަތް ކާ ދިވެހިން ހަދާނި ހަދާނެ އެއްޗެއް ކަށް. ސުކުރިއްޔާ ކޯޗު. ސުކުރިއްޔާ ޒިޔާދު. ސުކުރިއްޔާ ބުލޫ ކުދިންކޮޅު..
ސަޕޯޓަރު
26 April 2018
އަބަހާނީ މެޗު ނިއުއަށް ހޯމް މެޗަކަށް ވާނީ ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެގެން. ބަންގާޅު ސަޕޯޓަރުން ދަނޑު ފުރާލިޔަދީގެން ނުވާނެ.
ޭައަހްމަދު
26 April 2018
ކޯޗްގެ ވާހާކަ ރަގަޅު. އަޅުގަނޑުމެން ސަޕޯޓަރުން ވެސް މިތިބީ ހަމަބިމުގަ
އާރީ
26 April 2018
ކޯޗު އެއްމެ ފުރަތަމަ ނިއު އައި ހަވާލު ވެފަ ބުނީ 2 ވީކުސް ދޭށޭ އޭނާގެ ގޭމް ފުލޭނަށް ޓީމް ބަށްޓަށް ކުރަށް ކުޑަ ދުވަސް ކޮޅެއް ތެރޭ އެކަށް ކޮށްފި. ދެން ބުނީ ސައުތު އޭޝިޔާގެ ގަދަބާރަކަށް ނިއު ހަދާނަމޭ ސައުތު އޭޝިއާގެ އެއްމެ ބޮޑު ޓީމް ބަލިކޮށް ނިއު ތާރީހުގެ ތެރެއަށް ވަންދައިދިން ކޯޗަށް ވވވ ބޮނޑަށް ޝުކުރިއްޔާ. ތީ ހިތްތިރި މޮޅު ކޯޗެއް.