މަތީ ފެންވަރުގެ ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހެދި "ކުޑަދޫ" ރިސޯޓު: މިއީ ޅ. އަތޮޅުގައި ހެދި އެންމެ ފެންވަރު މަތި ޕްރައިވެޓް އައިލެންޑް. ފޮޓޯ: ކުޑަދޫ
27 އެޕްރީލް 2018 - 17:24
ޅ. އަތޮޅުގައި ހަދާ މަތީ ފެންވަރުގެ ޕްރައިވެޓް އައިލެންޑް، "ކުޑަދޫ ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި" މިއަހަރު ފަހުކޮޅު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓުން ހިތްގައިމު ޑިޒައިންތަކަށް ހަދާ ޕްރައިވެޓް އައިލެންޑްގައި 15 ލަގްޒަރީ ވިލާ ހުންނާނެ ކަމަށެވެ. މި ޕްރައިވެޓް އައިލެންޑް އޮންނަނީ އެ ކުންފުނިން މިދިޔަ އަހަރު ހުޅުވި ހުރަވަޅި ރިސޯޓު ކައިރީގަ އެވެ. އެ ރިސޯޓުން ކުޑަދޫ އަށް ފަސް މިނެޓުން ދެވެ އެވެ.
ކުޑަދޫ ޕްރައިވެޓް އައިލެންޑް ޑިޒައިންކުރީ ދުނިޔޭގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ ޖަޕާނުގެ ޔޫޖީ ޔަމަސާކީ އެވެ. އެ ރަށަށް އަންނަ ގެސްޓުންނަށް ހުރަވަޅިން ލިބެން ހުންނަ ހުރިހާ ހިދުމަތެއް ވެސް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެ އަތޮޅުގައި ހުރަވަޅީގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓުގެ ހިއްސާވާ ދެ ރިސޯޓެއް ހިންގަ އެވެ. އެއީ ކުރެއްދު އާއި ކޮމަންޑޫ ރިސޯޓެވެ. އަދި ކުޑަދޫގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްތަކެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަމުން އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
29 April 2018
ޗަންޕާއާއި ގާސިމްއާއި ސިޔާމުއާއި އުމަރުމަނިކު މުއްސަނދިވީ ދެއަތް އުރައިގެން ތިއްބައެއް ނޫން.
އިބަ
28 April 2018
ރާްއްޖޭގަތަނަވަސްކަން ކުޑަ ކޮން މެ އާއިލާއަކަށް ފަޅެއް ނުވަތަ ފަޅުރަށެއް ދޭންވީ ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ތަރައްގީކުރަން.އިންޑިޔާފަދަ ގައުމުތަކުގަ ޕެޓްރޯލް ޕަންޕު ފަދަތަން ތަން ދޫކުރަނީވެސް އެގޮތަށަް.މިގައުމުގަ ހުރިހާ ތަނަވަސް ކަމެއް ހޯދުމުގެ ފުރުސަތު ވެސް އެއްބަޔަކަށް
ޒިންދަގީ
27 April 2018
އެކި ގުަނަވަންތަކަށް ދެއްތޯ ތިޔަތަނުގެ ނަންތައް ނިސްބަތްވަނީ؟؟
އަޙްމަދް
27 April 2018
މުޅި ފާދިއްޕޮޅު ޗަންޕާ އަށް އެކަމުން ފާދިއްޕޮޅަށް ކުރާ އެއްވެސް ފައިދާ އެއް ނެތް މީހުން އުޅެނީ އެއްމެ4 ރަށުގާ
ވިސްނާދައި
27 April 2018
އެއްބަޔަކަށް ރާއްޖޭގެ ރައްތަށް ދިނުން ހުއްޓާލަން ވެއްޖެ ނު... އެމީހުން ކަމެއް ނުކޮށްދީ ބޮޑާ ދެއްކިޔަސް ވަރިހަމަ ނު.
ހުސެން އަނަސް
27 April 2018
އުފާވެރި... ޢެކަމަކު ހާދަ ދެރައޭ އުފަން އަތޮޅުގަ ރިސޯޓެއް ނެތީމަ .. ޢަހަރަކު އެއްފަހަރު ރަށަށް ދެވެނީ.. އެކުއުޅޭ ރައްޓެހިން ތައް ކޮންމެ ހަފުތާ އޮފަކު ރަށަށް ދާތަން ބަލަން ހުންނަން ވަރަށް ހިތް ދަތިވޭ .. ނިކަމެތި ހދ މީހުން
ނަރެލް
27 April 2018
ރިސޯރޓެއްގައި ވަޒީފާ އަދާކުރާ ކޮންމެމީހަކަށް އެމީހާ އުޅޭރަށާޖެހިގެން އެންމެ ކައިރީގައޮންނަ ރަށުގަ ރިސޯރޓެއް ނުހެދޭނެ ބޮޑެތި ފިރެހެނުން ތިހާ ރަށުބަލިޖެހިފަތިބެނޏާ ފިރެހެނުންނަށް ހުތުރު ތިހާހިއްވަރެއް ނެތިއްޔާ ހުސެން އަނަސް ރަށުގަ މަޑުކޮށްލާފަ އަންހެނުން ރިސޯރޓަކަށް ޖޮބަށް ފޮނުވަންފެނޭ.
އޭނަ
28 April 2018
ނަރެސް އަސްލު ވާގޮތަކީ އެއީއެއް ނޫން. މިހާރު ތިބުނާ ގޮތުންވިއްޔާ ކޯޗަކަށް ތިވީ.. :ޕ
ޚިއްފާ
27 April 2018
މުޅި ފަތުުރުވެރިކަން ކޮންޓްރޯލް ކުރަނީ 5 ވަރަަކަަށް މަހުޖަނުން