ދުނިޔެ / އުތުރު ކޮރެއާ

ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ވ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ސަލާމް ކުރެއްވުމަށް ފަހު އަތް މައްޗަށް ނަންގަވައިގެން. --ފޮޓޯ:އޭއެފްޕީ

ޕަންމުންޖޮން (އެޕްރީލް 27) - ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ހަދަން ނޯތު ކޮރެއާ އާއި ސައުތު ކޮރެއާގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ބޭއްވި ތާރީޚީ ސަމިޓަށް ފަހު ނެރުނު ބަޔާނުގައި ވަނީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުމަކަށް ގެނައި އެއްބަސްވުން މި އަހަރު ތެރޭ ސުލްހައިގެ މުއާހަދާއަކަށް ހަދާނެ ކަމަށް ބުނެފަ އެވެ.

ދެ ކޮރެއާއާ ގުޅޭ ބޯޑަރުގައި ބޭއްވި ސަމިޓަށް ފަހު ކިމް ވިދާޅުވީ މާޒީގައި ކުރި ހިތި ތަޖްރިބާތައް ތަކްރާރު ނުކުރަން ދެ ކޮރެއާ އިން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

"ވޭން ތަހައްމަލް ނުކޮށް ކާމިޔާބެއް ނުހޯދޭނެ،" ކިމް ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ވ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ގުޅިފައިވާ ބަޔާން ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ދެ ކޮރެއާގެ ވެރިންގެ ސަމިޓުގެ މުހިންމު ނިންމުންތައް:

* ދެ ގައުމުން ވެސް އަދާވާތްތެރިކަމުގެ އަމަލުތައް ހުއްޓާލުން

* ދެ ގައުމު ބައިކުރާ ޑެމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) އަކީ "ސުލްހައިގެ ޒޯނަކަށް" ބަދަލު ކުރުން

* ސަރަހައްދުން ހަތިޔާރު މަދުކުރުން

* ޗައިނާ އާއި އެމެރިކާ ހިމަނައިގެން މަޝްވަރާތައް ބޭއްވުމަށް ބާރު އެޅުން

* ކޮރެއާ ހަނގުރާމައިގައި ވަކިވެފައިވާ އާއިލާތައް އަލުން ބައްދަލު ކުރާނެ އިންތިޒާމް ހަމަޖެއްސުން

* ބޯޑަރު ސަރަހައްދުގެ މަގުތަކާއި ރޭލްވޭ ތަރައްގީ ކުރުން

* ކުޅިވަރު ހަރަކާތްތަކުގައި ދެ ކޮރެއާ ގުޅިގެން ބައިވެރިވުން

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ވ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ދެ ކޮރެއާ ގުޅޭ ބޯޑަރު ހުރަސް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ސަމިޓް ބޭއްވުނީ ކިހިނެއް؟

ދެ ކޮރެއާގެ ވެރިންގެ ސަމިޓް އޮނަ ގާޑަކާ އެކު ބާއްވާފައި ވަނީ ސައުތު ކޮރެއާގެ ސަރަހައްދުގަ އެވެ. ސަމިޓް ބޭއްވީ ދެ ކޮރެއާ ގުޅޭ ޑީއެމްޒެޑްގައި އޮންނަ ޕަންމުންޖޮމް އަވަށުގެ ޕީސް ހައުސްގަ އެވެ.

ދެ ކޮރެއާގެ ވެރިން ވެސް ވަނީ ބޯޑަރު ހުރަސް ކުރައްވާ އެއްގައުމު އަނެއް ގައުމަށް ވަދެވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. ބޯޑަރު ހުރަސް ކުރެއްވި އިރު ދެ ގައުމުގެ ވެރިން ތިއްބެވީ އަތުގުޅުވާ ލައްވައިގެންނެވެ. ކިމް އަކީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ސައުތު ކޮރެއާ އަށް ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ވ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ގަހެއް އިންދެވުމަށް ފަހު ރަމްޒީ މޮނިއުމެންޓެއް އިފްތިތާހު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މެންދުރަށް މެދުކަނޑާލުމަށް ފަހު ފަރިއްކޮޅަށް ކިމް ވަޑައިގެންނެވީ ނޯތު ކޮރެއާވީ ފަޅިއަށެވެ. އޭގެ ފަހުން ވަނީ ގަހެއް އިންދަވައި "ސުލްހައިގެ ރަމްޒީ މެސެޖެއް" އިފްތިތާހު ކޮށްދެއްވައިފަ އެވެ.

ސަމިޓަށް ފަހު ރަސްމީ ފަރިއްކޮޅު އޮންނާނީ ސައުތު ކޮރެއާވީ ފަޅީގަ އެވެ. ކިމް އަށް ފަރިއްކޮޅަށް އަރުވާނީ ސްވިސް ޕޮޓޭޓޯ ޑިޝްއެކެވެ. ދެން ނޯތު ކޮރެއާގެ މަޝްހޫރު ކޯލްޑް ނޫޑްލްސް އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ކ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ދެ ކޮރެއާ ގުޅޭ ސަރަހައްދުގެ ބްރިޖެއްގެ މަތީގައި ބެންޗެއްގައި ތިއްބަވާ މަޝްވަރާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

2 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 5%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީމަން

28 April 2018

ހިތްގައިމު ވަހަކައެކެވެ.

The name is already taken The name is available. Register?

ތަމީމް

27 April 2018

ތިޔައީ "އިޒްރާއީލީ" ޔަހޫދީ އިސްތިއުމާރީންގެ ހިތްތަކަށް ހަމަޖެހުން ގެނުވާނެ ކަމެއް ނޫން! އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕް އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމަށްފަހު ނޫނީ އެކަމުގެ އެއްވެސް ކަމެއް ފާޅެއް ނުކުރާނެ. އެކަމުގެ ހެއްކެއް އުތުރާއި، ދެކުނުގެ ވެރިން ދައްކުވައިދިން އެއްބައިވަންތަކަމަށް އެމެރިކާއާއި، އެމެރިކާގެ ބައިވެރިން ކަމުގައިވާ އިނގެރޭސީންނާއި، ފަރަންސޭސީ އަދި ސައުދީ އެކަމަށް "ތަރުހީބު" ދީފައި ނުވުން... ބެލެވޭގޮތުގައި ރަޝިޔާ، ޗައިނާ، ޖަޕާން، އުތުރު ކޮރެއާ، ދެކުނު ކޮރެއާއިން ގުޅިގެން ބަައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތް ކުރާނެ ވަގުތު އައިސް މި ޖެހުނީ!.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454