ލައިފްސްޓައިލް / މަރިޔަމް ސައީދު

މަރިޔަމް ސައީދު އަވަހާރަވުން: ދިވެހި ޅެންވެރިކަމުގެ ދައުރެއްގެ ނިމުން

މަރިޔަމް ސައީދު ޒުވާން އުމުރުފުޅުގައި (ކ) އަދި ފަހުގެ ތާރީހެއްގައި ނަންގަވާފައިވާ ފޮޓޯއެއް.

ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ އައްނަބީލާ މަރިޔަމް ސައީދު އަވަހާރަވުމަކީ، އެކަމަނާގެ އަސަރުންފުރިފައިވާ މަޝްހޫރު ޅެން "އަސްރު ދިޔައީ ގެއްލިގެން" ގައި ބަޔާންކުރައްވާފައި ފަދައިން، ޒަމާނެއް ގެއްލިގެން ދިއުމެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ އެންމެ ވަސްމީރު ދައުރުގެ ނިމުން އައީ އެވެ. އެކަމަނާ އަކީ ޅެންވެރިކަން އާލާކުރައްވަން ކުރީގެ ރައީސް މުހައްމަދު އަމީން އުފެއްދެވި ޅެންވެރިންގެ ގުލްޒާރުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ހުންނެވި ޅެންވެރިޔާ އެވެ.

އެ ގުލްޒާރުން ނެރުއްވި "ނޫރާނީމާ" ޅެންފޮތްތަކުގައި އެކަމަނާގެ ޅެންތައް ޝާއިއުކޮށް، ގުލްޒާރުގެ މެމްބަރަކަށް އުމުރުފުޅުން އެންމެ 14 އަހަރުގައި ވެ ވަޑައިގެންނެވި މަރިޔަމް ސައީދު ދިވެހި ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އިބްރާހިމް ނާސިރު ރާއްޖޭގައި ބޮޑުވަޒީރުކަން ކުރެއްވި އިރު އެކަމަނާއާ ކައިވެނިފުޅު ބައްލަވައިގަތެވެ. އެއީ ޅެންވެރިކަމުގެ ޚާންދާނަކަށް އުފަންވެވަޑައިގެންނެވި ޝާއިރާއެކެވެ. ބައްޕާފުޅަކީ ދިވެހި އަދަބިއްޔާތު ދުށް އެންމެ ކުޅަދާނަ އަދީބު އައްޝައިޚް ހުސެއިން ސަލާހުއްދީނެވެ. އެއްބަނޑުއެއްބަފާ ބޭބޭފުޅަކީ، އެ ބޭފުޅެއްގެ ހަނދާނުގައި ދިވެހި ޅެންވެރިންގެ ދުވަސް ފާހަގަކުރެވޭ، ދިވެހި ޅެންވެރިކަމުގެ ޝާއިރުއްޝަބާބް އިބްރާހިމް ޝިހާބެވެ. އެފަދަ ދެ ވަނައެއް ނެތް، މޮޅު ވާހަކަދެއްކުންތެރިއެއް ވެސް މެ އެވެ. ދައްތާފުޅު ފާތިމަތު ސައީދަކީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލެވެ. ވަސްމީރު އެތަކެއް ޅެންތަކެއް ގުލްޝަނަށް ދޫކުރެއްވި އެވެ. މައިފުށުން ނިސްބަތްވެވަޑައިގަންނަވަނީ ޝާހީ އާއިލާއަކަށެވެ. މަންމާފުޅަކީ ހުރަވީ ރަސްދަރިކޮޅުގެ ގޮމައެކެވެ.

"Asru dhiyaee gehligen": Hithuge himanaaraa kulheli!

"Asru dhiyaee gehligen": Hithuge himanaaraa kulheli!

The most trusted news source in the Maldives

Mihaaru

މަރިޔަމް ސައީދުގެ "އަސްރު ދިޔައީ ގެއްލިގެން" މި ޅެމާ ބެހޭގޮތުން މިހާރު ނޫހުގައި ކުރިން ޝާއިއުކޮށްފައިވާ ލިޔުމެއް.

މަރިޔަމް ސައީދުގެ ނަންފުޅު ގިނަ ބަޔަކު ހަނދާންކުރަނީ 1973 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ "އަމާޒު" މަޖައްލާގައި ޝާއިއުކުރެއްވި އެކަމަނާގެ މަޝްހޫރު ޅެން "އަސްރު ދިޔައީ ގެއްލިގެން" މި ޅެމުންނެވެ. އެއީ އެހާ ވެސް ރިހުމާއި އަސަރުހުރި ޅެމެކެވެ. އެއީ އެކަމަނާގެ ކުރީގެ ފިރިކަލުން އިބްރާހިމް ނާސިރަށް ހިތްޕުޅުގައި އޮތް ލޯބި ބަންޑުންކުރައްވާފައި އޮތް ޅެމެއް ކަމަށް ވާހަކަދެކެވުނު ނަމަވެސް އެކަމަނާ އެކަން ކަށަވަރުކޮށްދެއްވައިފައެއް ނުވެ އެވެ. އެއީ ކޮންމެ ހާދިސާއަކާ ގުޅުން ހުރި ޅެމަކަށް ވިޔަސް، އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ)ގެ އަޑުން ރެކޯޑްކޮށް ލަވައެއްގެ ސިފައިގައި އަޅުގަނޑުމެންނާ ހަމަޔަށް އައި އެ ޅެމާ އެކަމަނާގެ ހަޔާތްޕުޅާ ގުޅުވިދާނެ އެވެ. ނާސިރު އެކަމަނާ ވަރިފުޅުކުރެއްވުމުން، ހަޔާތަށް ކުރިމަތިވެވަޑައިގެންނެވި ބަނަދުވަސްތައް، ތޫފާނަތަކަށް ބަދަލުވީ ދެ ދަރިކަލުން ވެސް ޒުވާން އުމުރުފުޅުގައި މި ދުނިޔެ ދޫކުރެއްވުމުންނެވެ. އެ ހުރިހާ ހިތާމަތަކާ އެކު ވެސް އުމުރުފުޅު އަސްރުން ތިރިވި ވަގުތު އަމިއްލަ ވަޒަނާ ދުރުގައި ހުންނަވަން ޖެހިވަޑައިގަތަސް ފަހު ދުވަހާ ހަމަޔަށް އެކަމަނާ ދެއްކެވި ހިތްވަރުފުޅު އެއީ ޅެމުގެ ފަހުބައިގައި ބަޔާންކުރައްވާފައިވާ ފަދަ އަޒުމްހުރި ބަސްތަކަކަށް ބާރު ލިބިދޭ ކަންކަމެވެ.

"މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިން އާއްމުކޮށް ޅެންހަދާ އުޅޭ އިސްޓައިލަށް ވުރެ ފުން އިސްޓައިލަކަށް ޅެން ހެއްދެވި ބޭފުޅެއް. އެކަމަނާގެ ޅެންތަކުގައި ރިހުން އެކުލެވިގެންވޭ. ފުރަތަމަ ކިޔާލާއިރު މާބޮޑު އެއްޗެއް ހިތަށް ނުވަދެދާނެ. އެކަމަކު ވިސްނާލައިގެން ކިޔާލީމާ ޅެންތަކުގައި ހުރި ރިހުންތައް އިހުސާސްކުރެވޭނެ،" ޅެންވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރައްވާފައިވާ އުތީމު އާދަމް ޢަބްދުއްރަހްމާން (އުތީމު އާދަމްބެ) ވިދާޅުވި އެވެ.

"އަމާޒު" ގައި ޝާއިއުކުރި މަރިޔަމް ސައީދުގެ "އަސްރު ދިޔައީ ގެއްލިގެން" .

މަރިޔަމް ސައީދުގެ ޅެންތައް އެ ދުވަސްވަރު ރާއްޖޭގައި ނެރުނު ހުރިހާ ނޫސްމަޖައްލާތަކެއްގައި ކަހަލަ ގޮތަކަށް ޝާއިއުކުރިއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ވަނީ "މަލަސް"ގެ 83 ވަނަ އަދަދު އެކަމަނާގެ ޅެންތަކަށް ހާއްސަކޮށްގެން ޝާއިއުކޮށްފަ އެވެ. މީގެ އިތުރުން ނޮވެލްޓީން ވަނީ އެކަމަނާގެ ހަތަރު ޅެން ފޮތެއް ޝާއިއުކޮށްފަ އެވެ.

ދިވެހި ޅެންވެރިކަމަށް މަރިޔަމް ސައީދު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ ޅެންވެރިކަމުގެ ރޮނގުން އާއްމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 1983 ވަނަ އަހަރު އެކަމަނާ އަށް ދެއްވައިފަ އެވެ.

މަރިޔަމް ސައީދު ފާހަގަކުރެއްވެނީ ވަރަށް ފަސޭހަކަމާ އެކު ޅެންބައިތުތައް އަތުރާލެއްވި ޝާއިރާއެއްގެ ގޮތުގަ އެވެ. އެކަމަށް ބާރު ދެއްވައި ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) ވިދާޅުވީ އެކަމަނާ އަކީ "ކުޅަދާނަ އަދީބާއެއް އަދި މޮޅު ލިޔުއްވުންތެރިޔެއް" ކަމަށެވެ.

"އެކަމަނާ އަވަހާރަވުމަކީ ދިވެހި އަދަބިއްޔާތަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެއް. ދިވެހި އަދަބުން ގެއްލިގެން އެދިޔައީ ކުޅަދާނަ ލިޔުންތެރިޔެއް އަދި ޅެންވެރިއެއް،" ސޯދުބެ ވިދާޅުވި އެވެ.

މަރިޔަމް ސައީދު (ކ) ދަރިކަލުންނާ އެކު.

މަރިޔަމް ސައީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ ލިޔުންތެރިޔާ ހަބީބާ ހުސައިން ހަބީބު ވިދާޅުވީ މަރިޔަމް ސައީދުގެ ޅެންތައް މުތާލިއާ ކުރާއިރު ފާހަގަކުރެއްވުނީ އެހެން ޝާއިރާއިންނާއި ޝާއިރުންގެ ޅެންތަކާ ބަލާއިރު އެ ޅެންތަކުގެ މާނަ ފުންވުން ކަމަށެވެ.

"މަރިޔަމް ސައީދުގެ ޅެންތައް ވަރަށް ފުން. އޭގެ އެތެރޭގައި އެތައް މާނަތަކެއް ހިމެނޭ މާނައިން ފުރިގެންވާ ޅެންތަކެއް އެއީ. ކޮންމެ ކޮންމެ މީހަކަށް ނޭނގި ހިނގައިދާނެ އޭގައި ފޮރުފައިވާ މާނަ. އެގޮތުން ބަލާއިރު އެކަމަނާ އަކީ އަދަބީގޮތުން ލާމަސީލު ޝާއިރާއެއް،" ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ "މިހާރަ"ށް ވިދާޅުވި އެވެ.

ގައުމާ ދުރުގައި ހުންނެވި ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން ވެސް ޅެން ހެއްދެވި އެވެ. އަދި ބައެއް ޅެންތައް ނޫސް މަޖައްލާތަކުގައި ވެސް ޝާއިއު ވެސް ކުރި އެވެ. މީގެ ދެ އަހަރު ކުރިން ދިވެހި ޅެންވެރިންގެ ވަފުދެއް ލަންކާ އަށް ކުރި ޒިޔާރަތެއްގައި އެކަމަނާއާ ބައްދަލުކުރެއްވުމުން ވަރަށް އުފާފުޅުކުރެއްވި އެވެ. އެބޭފުޅުންނާ އެކު ސައިފޮދު ހިއްޕަވައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވި އެވެ.

އެ ވަފުދުގައި ހިމެނިވަޑައިގެންނެވި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ "މަރިޔަމް ސައީދަކީ ދިވެހި އަދަބުގެ ފަތިހުގެ ތަރީގެ އުޖާލާ އަލިކަމުގެ ތެރެއިން، ޅެންވެރިކަމުގެ ގުލްޝަނުގައި ފަރިވި އެންމެ ވަސްމީރު އެއް މާ" ކަމަށެވެ.

"އެކަމަނާ އަވަހާރަވުމަކީ ދިވެހި އަދަބަށް ލިބުނު ފުން، ފުން ހިތާމައެއް. އަދި އެ މުއްސަދި ޅެންވެރިކަން ދިވެހި ޅެންވެރިކަމުގެ އުދަރެހުގައި އަބަދުވެސް މުތީތަކެއް ފަދައިން ވިދަވިދާ ހުންނާނެ،" އަޝްރަފް ވިދާޅުވި އެވެ.

މަރިޔަމް ސައީދު (ވ) އިބްރާހިމް ނާސިރުގެ އަރިހުގައި.

އަޝްރަފް ފާހަގަކުރެއްވި ގޮތުގައި މަރިޔަމް ސައީދާ ބައްދަލުވެވަޑައިގެންނެވިއިރު، އެކަމަނާ އުމުރުފުޅުން ދުވަސްވެފައިވީ ނަމަވެސް އިންނެވީ ޅެންވެރިކަމާއި އަދަބީ މަސައްކަތްޕުޅުގައި ސާބިތުވެވަޑައިގެން ކަމަށެވެ. ތިރީހަކަށް އަހަރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައިވީ ނަމަވެސް ފާހަގަކުރެއްވުނީ ބަސްމަގުގައި ހުރި ރީތިކަމާއި ސާދާކަން ކަމަށާއި އެކަމުން ސާބިތުވީ އެކަމަނާގެ ހިތްފުޅުގައި ދިވެހި ބަހަށް އޮތް ލޯބި ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމާ ބެހޭގޮތުން ސުވާލު ދެންނެވިން. ވިދާޅުވި ދިވެހި ބަހަށް އިހުތިރާމްކުޑަކުރުމަކީ ތިމަންނާގެ ބައްޕާފުޅާއި ގައުމަށް އިހުތިރާމްކުޑަކުރެއްވުން ކަމަށް. ބައްޕާފުޅުގެ ފަރާތްޕުޅުން ދަރުސްވެވަޑައިގެން ހުންނަވައި ދިވެހި ބަހާއި އެހެން ބަސްބަސް މަސްހުނިކުރެއްވުމުން އެ ނަންގަވާލެއްވެނީ ބައްޕާފުޅުގެ އިހުތިރާމް ނޫންތޯ ވިދާޅުވި،" އަޝްރަފް ވިދާޅުވި އެވެ.

އެންމެ ފަހު ނޭވާއާ ހަމަޔަށް ވެސް ހިތްފުޅުގައި ދިވެހި ބަހަށް ގަދަރާއި ލޯބި އޮންނާނެކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ އެ ބަހަށް އިހުތިރާމްކުޑަކުރެއްވުމަކީ ބައްޕާފުޅާއި ގައުމަށް ވެސް ވެވޭ ބޭއިންސާފެއް ކަމަށެވެ.

އަޝްރަފް ފާހަގަކުރެއްވި ގޮތުގައި މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިކަމުގެ ބުސްތާނުގެ އެންމެ ރީތި ދުވަސްތައް ދެކެވަޑައިގެންފައި އިންނެވި ބޭފުޅެކެވެ. އަދި ޅެންވެރިކަމުގައި އަމިއްފުޅު ތަޚައްލުސެއްގެ ގޮތުގައި ނިސްރީން (ހުދު ފިނިފެންމާ) އަދި ނީލް (ވެސްނޫމާ) ބޭނުންކުރެއްވުމުން ސިފަކުރެއްވެނީ އެކަމަނާގެ، އެއްވެސް މިލައެއް ކިލައެއް ނެތް ސާފުތާރިހު ޅެންވެރިކަން ކަމަށް އަޝްރަފް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި މަރިޔަމް ސައީދު (ކ) ބޭބޭފުޅު އިބްރާހިމް ޝިހާބާ އެކު: އެ ސްކޫލުގެ އެއް މުއައްސިސަކީ އެ ދެ ބޭފުޅުންގެ ބައްޕާފުޅު ހުސެއިން ސަލާހުއްދީން.

"އެކަމަނާގެ ޝަޚުސިއްޔަތުން ވެސް ފެންނަނީ ޅެންވެރިކަމުގައި ހުރި ސާފުތާހިހުރިކަމާ ނަލަކަން. ކޮންމެ ޅެމަކީ ވެސް ދިވެހި އަދަބަށް ހަދިޔާކުރައްވާފައިވާ މުތީއެއް. އެކަމަނާގެ ޅެންވެރިކަމަކީ ދިވެހި އަދަބުގެ މުއްސަނދިކަން ވަރަށް ބޮޑަށް ހާމަވާ ޅެންވެރިކަމެއް،" އަޝްރަފް ވިދާޅުވި އެވެ.

މަރިޔަމް ސައީދުގެ ޒިކުރާ އާކުރުމުގެ ގޮތުން ފެށޭ ހަފުތާގެ ތެރޭގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައި އަދި ތައުބީނުގެ ޖަލްސާއެއް ބޭއްވުމުގެ އިންތިޒާމް ދިވެހި ބަހުގެ އެކަޑަމީން އަންނަނީ ކުރަމުންނެވެ.

މަރިޔަމް ސައީދުގެ ހަނދާންތައް މިއަދު މި އާކުރީ ދިވެހި ޅެންވެރިކަމުގެ ދައުރެއް ނިމިގެން ދިއުމުގެ ހިތްދަތިކަމާއި މޮޅިވެރިކަމުގައި ތިބެ އެވެ. އެކަމަކު އެ ހަނދާންތައް އަޅުގަނޑުމެންގެ ސިކުނޑީގައި އަބަދަށްމެ ހަރުލާފައި ހުންނާނީ ޝުކުރުގެ އިހުސާސްތަކާ އެކު އެވެ. "މަރުގެ އުއްމީދު" މި ނަމުގައި އެކަމަނާ ހައްދަވާފައިވާ ޅެމުގައި ބުނެފައިވާ ފަދައިން ފިސްފިސްވެ ވެއްޔާ އެކީ މޮޑެވިގެން ދިޔަޔަސް ހެޔޮ އަމަލުތައް އަބަދަށްމެ ދިރިދިރި ހުންނަ އުސޫލުންނެވެ.

17 ކޮމެންޓް, 158 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 94%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުނު މުޙައްމަދު

28 April 2018

ހަމްދޫނަކީ، ކުޅިވަރަށް ހާއްސަ ލިޔުންތެރިއެއް ނަމަވެސް މި ފަންނުގައި އޭނާ ފަހަކަށް އައިސް ގެނެސްދެއްވާފައިވާ، ރިޕޯޓުތައް ވަރަށް ފުރިހަމަ، ވަރަށް މައުލޫމާތު މުއްސަނދި، ވަރަށް މަސައްކަތް ކުރައްވާފައިވޭ. ތާރީފު ހައްގު. ކާމިޔާބީއަށް އެދެން. ހަޔާތުގެ ހުރިހާ ރޮނގެއްގައި ވެސް....! އަދިވެސް.... މިފަދަ އެހެން ލިޔުންތަކަށް އިންތިޒަރު ކުރެވޭ! ފެންނާނެ ކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ފިލޯސަފަރު

28 April 2018

މަށަށް ހީވަނީ މަރިޔަމް ސައީދުގެ ހިމޭން ހިތާމަ ދިވެހިންނަށް އިހްސާސްވޭހެން. އޭގެ ބައެއް މަންޒަރު ޅެންތަކުން ފެންނަހެން. އެވާހަަކަ ސާފު ބަހުން ނުބުނެވި ގައުމުން ބޭރުގައި ފާޑަކަށް އަރުވާލެވިގެން ހުރެ ނިމިދިޔާމައި ދިވެހިން ދެރަވަނީހެން. ދަރިއަކު ނޭނގި ގެއްލުނީމާ ދެރަވާހެން. ޕިކްޗަރ އަބީ ބާކީހޭ ހިތައްއަރައިގެން ތިއްބާ ޕިކްޗާރ ދި އެންޑްވީމަ ކަޑަވީ!

The name is already taken The name is available. Register?

އެ ކަޑަ މީ

28 April 2018

މިޒަމާނުގައި އުފެދުނު ދިވެހި އެއްމެ މޮޅު (އެއް) ޅެންވެރިޔާ އަކީ މަރުހޫމް މުޚްތާރު ފަހިމީ އެވެ.ދިވެހި ޅެންވެރި ކަމުގެ ބާނީ މައުލާނާ ހުތް އަލީދީދީގެ ކާފަ ދަރި ފުޅެކެވެ.. އެ ބޭފުޅާޅާއަކީ ގިނަ ޝާއިރުން ޚިޔާރު ނުކުރައްވާ ގޮތަށް ޅެން ބަހުގެ އައީޑިއާސް ތަށް ކްރިއޭޓް ކުރައްވާ ޝާއިރެކެވެ.މިސާލަކަށް "މަރުވިއްޔާ ޝަރަފުގާ މަރުވާނަން މަރުވާ ވަރަށް ވެސް ލޯބިވޭ" ކިހާ ރީތި ތޯއެވެ؟."އޮތުން މޮޅު ކޮންމެ ވެރިކަމަކަށް މަތިން ދެއްވާނެ ގަދަ ބާއެއް" އަދި: ބޮންތައް އެ ނުގޮވީ ކީއްވެގެން ،ބިންތަށް ކަރާމާރް ތެރިވެގެން" ފަދަ "މަސްލަހަތު ނެތް އަނބިންނޭ" ފަދަ "ސަޅި" އެތަށް ބައިވަރު ޅެމެއް ހެއްދެވި ކުޅަދާނަ ޝާއިރު މިހާރު ވަނީ މި ދުނިޔެ އާއި ވަކި ވެފައެވެ.މާތް ﷲ އެ މަރުހޫމުގެ ފުރާނަ ފުޅަށް ހެޔޮ ރަހްމަތް ލައްވާން ދޭވެއެވެ.އާމީން

The name is already taken The name is available. Register?

އިޙްސާންތެރިޔާ

28 April 2018

ކިޔާނިމުނުއިރުވެސް އެކަމަނާ 30އަކަށް އަހަރު ދިވެހިރާއްޖެއިން ބޭރުގައި މިޤައުމަށް ނައިސް އުޅުނީތޯ ނުވަތަ ނޫންތޯ އަދި ސަބަބަކީ ކޮބާތޯ އެނގެން ބޭނުންވިޔަސް ނޭގުނު. އިނގޭކުއްޖަކު ނިކަން މިހާރު އަށް ކިޔައިދީބަލަ..

The name is already taken The name is available. Register?

ހުސެއިން ފަރީދު މުހައްމަދު.

28 April 2018

އެކަމަނާ ރާއްޖޭން ބޭރުގައި ދިރިއުޅުއްވި ވަކި ހާއްސަ ސަބަބެއް ނެތް. މިހާރު ނޫހުން ކުރިން ގެނެސްދީފައިވާ ލިޔުއްވުމުގައި އެބައޮތް، ބޭފުޅުންނާ އެކު ލަންކާ އަށް ދިރިއުޅުއްވަން ބަދަލުކުރި ގޮތަށް އެކޮޅުގައި މަޑުކުރެއްވީ ކަމަށް. https://mihaaru.com/lifestyle/28161

The name is already taken The name is available. Register?

ޖުހާ5

28 April 2018

ބައްޔެއްނު. މި ބަހުގެ އެކަޑަމީ މީ ކީއްކުރާ ބައެއްތަ. ޕްރައިވެޓް ބުކްޝޮޕް ތަކުން ފެއަރ ބާއްވާއިރު މިމީހުން އަރާމުގައި ނިދަން. މުސާރަ ފުޅު ކައިގެން. ވަރަށް ރަގަޅު ފޮތް ފޮތް އެބަހުރި މި ބޭކަލުން ލިއުއްވާފައި. އަދި އެވިއްކާ ފައިސާ ލިބޭނީ ދައުލަތަށް. ވިއްކާކަށް މާ ބޮޑު މަސައްކަތެއް ނުކުރޭ. މީޙުންނަށް ނުވެސް އެނގޭ ވިއްކަން ހުންނަ ކަމެއްވެސް.

The name is already taken The name is available. Register?

ަސދއ

28 April 2018

އެކަމަނާގެ ކުޅަދާނަކަމަކާއި ދެބަސް ނުވަން. ނަމަވެސް މަޝްހޫރު މީހަކު ނުވަތަ މީހުންގެ ލޯބި ލިބިފައިވާ މީހަކު އާދައިގެ އެއްޗެއް ލިޔެގެންވެސް ކުޅަދާނަ އަދި ފަންނީ ގޮތުން މޮޅު މަސައްކަތަކަށް ނުލިބޭ ވަނަ ތަކާއި ޝަރަފް ލިބުމަކީ ދުނިޔޭގެ އާދަ.

The name is already taken The name is available. Register?

ފާތުމާ

28 April 2018

ކޯޑިނޭޓަރެއް ދޯ؟ ޔަގީން.

The name is already taken The name is available. Register?

މމމގގގގ

28 April 2018

ކައުނުގައި އަނދިރީގެ ސާލެއް ފަތުރަމުން ހަމަ އަސްލުވެސް ފަރުދާ ވެއްޖެ!

The name is already taken The name is available. Register?

66666

28 April 2018

ބައޯގްރަފީއެއް ލިއަންވީނު. މިކަހަލަ މީހުންގެޔޭ އަސްލު ލިއަންވީ. ލައްކަ ވާހަކަ ދައްކަން ހުންނާނެތާ. ނުލިޔެ ވަކިވީމާ މަ މިހުންނަނީ ވަރަށް ދެރަވެފައި!

The name is already taken The name is available. Register?

ޝަހާމު ޝަރީފް

28 April 2018

މަރިޔަމް ސައީދަކީ ވަރަށް ފުރިހަމަ ޅެންވެރިއެއް. ހިތައް އަރާ ކިހިނެތް ވެގެން ތޯ އޭ އެކަމަނާ އެހާ ދުވަސްވަންދެއް ރާއްޖެ ދޫކުރައްވާ އެކަހެރި ދިރިއުޅުއްވުމެއް ކޮޅުނބުގައި އެ ހޭދަކުރެއްވީކީ! ގައިމު މާލޭގައި ބޮޑެތި މަތީ ފަންތީގެ އާއިލާތަކުގައި ގާތްތިމާގެ މީހުންނާއި، ވާރުތަވާ މުދާތައް އޮތް އިތުރު އެތަކެތި ދޫކުރައްވާ އެތާ އެހުންނެވި ސަބަބަކީ ކޮބާ! އަވަހާރަވެވަޑައިގެންނެވި އިރު، މާކުރިން އަވަހާރަވެވަޑައިގެންފައިވާ 2 ދަރިކަލުންގެ އާއިލާއެއް ނުވަތަ މާމަ ކުދިން ތިބިތޯވެސް އެބަޖެހޭ ސުވާލު ކޮށްލަން. މިހުރިހާކަމަކަށްވެސް އާޓިކަލްގައި ޖަވާބު ހޯދާލިނަމަ ޝައުގުވެރިވެފައި ކާމިޔާބުވާނެ.

The name is already taken The name is available. Register?

65627

28 April 2018

ވަރަށްވެސް ފުރިހަމަ ލިޔުމެއް. މަރިޔަމް ސައީދުގެ ފުރާނަފުޅަށް ރަހުމަތް ލައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454