އެސްޓީއޯ އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނާއި ބޯޑު މެމްބަރުން ބައިވެރިވަނީ: އެ ކުންފުނިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން ވަނީ ނިންމާފައި.
30 އެޕްރީލް 2018 - 16:13
އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގައި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ބޭހުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ އަކީ 7.5 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިއީ 18 ޕަސެންޓްގެ ކުރިއެރުމެކެވެ.
މާލީ ހިސާބުތައް އާއްމުކުރުމަށް ފަހު، އެސްޓީއޯ އިން ބުނީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށެވެ. މިއީ 3.8 ޕަސެންޓުގެ ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީ ނަމަވެސް، ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯ އަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނިގޮތުގައި، ޓެކްސް އަށް ކެނޑުމަށް ފަހު މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ ލިބުނުއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 26 ޕަސެންޓްގެ ދަށްވުމެކެވެ. އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 55ރ. ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެ ކުންފުނިން ވިއްކި ތެލުގެ އަގަށް ބަދަލު ގެނައުމާއި ތެޔޮ ވިއްކި އަދަދު އިތުރުވެ އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްޖާދު އަލީ
01 May 2018
ރަނގަޅު. މާބޮޑު ފައިދާއެއް ޖައްސާނެކަމެއްނެތް. އަސާސީ ހިދުމަތްތައް.
ކުޑީ
01 May 2018
ހަގީގަތުގައި އެސްޓީއޯ ކުންފުންޏަށްވީ ގެއްލުން. 212މިލިއަން ފައިދާވީ އެސްޓީއޯ ގުރޫޕަށް. މިގޮތުން ބަލާއިރު އެސްޓީއޯއަށް 2017ވަނަ އަހަރު 25.3މިލިއަން ރުފިޔާގެ ގެއްލުންވިއިރު މިފްކޯއަށް 52.1މިލިއަން ރުފިޔާގެ ގެއްލުންވި. 2016އާއި އަޅާބަލާއިރު މިފްކޯގެ ގެއްްލުން ބޮޑުވީ. 2016ގައި މިފްކޯއަށް 15.7މިލިއަންގެ ގެއްލުންވި. އެސްޓީއޯ ގުރޫޕުގެ ފައިދާއަކީ، މޯލްޑިވް ގޭސް، އެލައިޑު އަދި އެފް.އެސް.އެމުން ނެރުނު ފައިދާ. (2017 އަހަރީ ރިޕޯޓުގެ ނޯޓު ނަމްބަރު 6 ބައްލަވާ)
ޙޭހެ
01 May 2018
މާބޮޑަށް ތި އިނގެނީ
ކިތާބު
06 May 2018
ފައިނޭންޝަލްސް ރަނގަޅަށް ކިޔަން އިގޭބާ! ގެއްލުން ވިނަމަ އިންނާނީ ނެގެޓިވް ފިގަރ އެއް ދޯ. ދެތިކި ޕީ