އެސްބީއައިގެ މާލޭ ބްރާންޗް ހިންގާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް: އެ ބޭންކަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށް. ފޮޓޯ: މިހާރު
01 މެއި 2018 - 10:46
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިދިޔަ އަހަރު ރާއްޖެ އިން ލިބުނު ފައިދާ 109.6 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.
ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ބޭންކުން އިއްޔެ އާއްމުކުރި އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 334.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އެ ބޭންކަށް 2016 ވަނަ އަހަރު 443.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްބީއައި މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވި ނަމަވެސް، ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ކޮންމެ އަހަރަކު ހޯދަނީ އެ ބޭންކުންނެވެ.
އެ ބޭންކަށް މިދިޔަ އަހަރު އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި ޖުމްލަ 415.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި ލޯނުން އިންޓަރެސްޓާއި ފީގެ ގޮތުގައި ލިބުނު 327.1 މިލިއަން ރުފިޔާ ހިމެނެ އެވެ. އިންޓަރެސްޓް އިންކަމްއަކީ ބޭންކުން ދޫކުރާ ލޯނާއި އޯވަ ޑްރާފްޓް އަދި އެހެނިހެން ފެސިލިޓީތަކުން އިންޓަރެސްޓްގެ ގޮތުގައި ލިބޭ ފައިދާ އެވެ.
އެސްބީއައި އިން ހާމަކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 100 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ރާއްޖޭގައި ތިން ބްރާންޗް ހިންގާ ބޭންކުން ނެގި ލޯނުތައް ފައިސާ ނުދައްކައިގެން 23 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުމުރީ
02 May 2018
ހާސްކަނޑާލާ، ދިވެހީންގެ ހިތްތަކުގެ ވިންދު އިސާހިތަކު ވެރިކަމާއި ހަވާލުވެ އެއާޕޯޓު ޖީއެމްއާރުއަށް ހިބަކޮށްދީ ރާއްޖެއަށް ލިބޭހުރިހާ ޑޮލަރެއް ތިޔަބޭންކަށް ވައްދަންފަށާނެ. އެހިސާބުން ސަތޭކަމިލިއަން ދަށަށްދިޔަތަން އެއްހާސް މިލިއަން މައްޗަށް ޖެހިލާނެ.
ޝޮކްތެރަޕީ
01 May 2018
މިބެންކު ހުރެގެން ރާއްޖެއަ ލިބޭނީ ބޮޑެތިގެއްލުން.
އެސްބީއައި
01 May 2018
ތީ މީގެ އަހަރުތަކެއް ކުރިން 100 މިލިއަން ޑޮލަރު ހޯދީ ބޭންކެއް. ވަރަށް ރަނގަޅު ލިބޭ ފައިދާ ކުޑަވާކަން. އިންޑިއާގެ ބަލާވެރިކަން ކުޑަވާނެ ވިއްޔާ އޭރުން.
ޢައްޔޫ
01 May 2018
އެސްބީއައި އިން ހިސާބު އާންމު ކުރުމަކީ ވަރަށް ރަގަޅު ކަމެއް، ކީއްވެބާ ރާއްޖޭގައި ހުންނަ އެހެނިހެން ޕްރައިވެޓް ބޭންކް ތަކުން ހިސާބު އާންމު ނުކުރަނީ؟؟؟؟