16 އޮކްޓޯބަރ 2025 - 21:33
ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.
ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޑޮލަރު ލިބުމުގެ ދަތިކަމާ އެކު، ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ދެމުން އައި 400 އެމެރިކާ ޑޮލަރުގެ ލިމިޓު 150 އެމެރިކާ ޑޮލަރަށް ދަށްކުރިކަން އެ ބޭންކުގެ ކަސްޓަމަރުންނަށް އަންގާފައިވާ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް ހައި ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އެ މަޝްވަރާތައް އަމާޒު ކޮށްފައިވާ އެއް ދާއިރާއަކީ ދާދި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފުކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމެވެ.
އަދި މި މައްސަލައަށް ހައްލެއް ލިބެންދެން، ރެމިޓެންސް ޕްލޭން ކުރުމާއި އެމެރިކާ ޑޮލަރުން މުސާރަ ދިނުން އެދުމާއި އެސްބީއައި އަދި އިންޑިއާ ސަރުކާރުން މިކަމާ ގުޅިގެން ހިއްސާ ކުރާ މައުލޫމާތުތައް ގަވާއިދުން ހޯދައި ބެލުމަށް ހައި ކޮމިޝަނުން ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްދަ އާދަނު
18 October 2025
އިންޑިޔާ ބެންކުން ކޮން ވައްތަރު އުޅެނީ؟ ދިވެހި ރުފިޔާ ދިނީމަ އިންޑިއާ ރުޕީއިން އިންޑިއާއަށް ފޮނުވައިދޭންވީނު. ކޮން ޑޮލަރު ބޭނުން ވަނީ؟
raajje
18 October 2025
އިންޑިޔާމީހުންވެސް މުސާރަބޭނުންވާނީ ޑޮލަރުން ރުޕީސްއަކުންނޫންދޯ، ދިވެހިންވެސް ވާންއޮތްނަމަ މުސާރަބޭނުންވަނީ ޑޮލަރުން ރުފިޔާއަކުންނޫން، އެހެންވީމާ ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތަކަކީ ގިނަ އިންޑިޔާމީހުން އެހާބޭނުންވާ ހައްލަކަށްވާނެކަމަށް ނުފެނޭ، ހައްލަކީކޮބާ؟ ހައްލަކީ ޑޮލަރަށް ބަރޯސާވުން ކުޑަކުރުން، ޗައިނާ އިންޑިޔާފަދަ ގައުމުތަކުންވެސް ވިޔަފާރީގާ މާބޮޑަށް ޑޮލަރަށް ޑިޕެންޑުވަނީ
އަޅި އަލީ
18 October 2025
ރެމިޓެންސް ޓެކްސް ނަގަން ފައްޓަވާށޭ! 10% ރެމިޓެންސް ޓެކްސް!
ލޮލްޒ
18 October 2025
ކޮމެންޓުތަކުން ދިވެހިންގެ އިންސާނިއްޔަތުކަމާމެދު ސުވާލު އުފެދިއްޖެ. ދިވެހިންނަށް ހިދުމަތްކޮށްދީގެން ލިބޭ ލާރި ކޮޅު، އެމީހުންގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދަން ފޮނުވަން އެދޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫން. މިކަމުން އެމީހުންނަށް ލިބޭ ދެރަޔަށް އުފާ ފާޅުކުރުން ހަމަ ހަޑި.
ނުރަބޯ
18 October 2025
މިތާ ކޮމެންޓު މިކުރަނީ ވާނުވާގަ ތިބޭ ... އެސް،ބީ،އައި އިން އެޅުނީ ދިވެހި ރުފިޔާއިން ޖަމާކުރާ ލާރިން ޑޮލަރުގެ ގޮތުގައި ފޮނުވޭ އަދަދު ލިމިޓްކޮށްގެން. ޑޮލަރުން ޖަމާކުރާ މީހުންނަށް އެމީހަކު ބޭނުން އަދަދެއް ފޮނުވޭނެ އެކައުންޓުގަ ބެލެންސް ހުރިއްޔާ. ބީ،އެމް،އެލް އަކުންވެސް ވަކި ދިވެހި ރުފިޔާ އެކައުންޓަކުން އިންޓަނޭޝަނަލް ޓްރާންސްފާއެއް ނުހެދޭނެ 1 ޑޮލަރުވެސް.
raajje
18 October 2025
ނުރަބޯ: ބީއެމްއެލްގެ ދިވެހިރުފިޔާ އެކައުންޓުތަކުން 500 ޑޮލަރުހަމަވަންދެން ބޭރުގެ ޓުރާންސެކުޝަންތައްހެދޭ، ވިޔަފާރިކުރަންވިޔަސް މީހަކަށް ފޮނުވަންވިޔަސް
އޮަނަރަބްލް ރޯސް ކަޅުހަން ބަންކަރިން
18 October 2025
ހަލޯ ރޯސް ސައީދޫ....ހިކިކަނޑުމަހާ ރިހާކުރަށް އިންޑިޔާއިން ފިޔާ އަލުވި ބިސް ލިބޭ އުސޫލެއް ހަމަޖައްސަވާ ސަރުކާރު ފެކްޓަރީ މިފްކޯ ރިހާކުރާ މަސްދަޅުން މުސާރަ ދެވޭނެ އުސޫލެއް ލަސްނުކޮށް ހަމަޖައްސަަވާ ...
ކޮސް
17 October 2025
އިންޑިއާ ބޭންކުން މިއޮތީ " ޑޮލަރު ބަޤާވާތެއްކޮށްފަ" .މިކަން ދޫކޮށެއް ނުލާނަން. ....
ޑރ ވާންޗޯ
17 October 2025
އިންޑިޔާ މީހުނަށް ޑޮލަރު ފޮނުވާދޭންޖެހިގެން އަނެއްކާ ނޮވެމްބަރގެފަހުން ދިވެހިންނަށް ލިބެން ވައުދުވި ޑޮލަރކޮޅު ޗޮކުހުން ދިޔައީބާ؟.
ސުލްތާން
17 October 2025
އިންޑިއާ އަޢުލާދުންނަށް ޑޮލަރުން މުސާރަ ދޭނަމަ ދިވެހިންނަށް ޑޮލަރުން މުސާރަދިނުން މާ މުހިއްމު. ދިވެހިން ފަސްޓް ޕޮލިސީ. ދިވެހި އަދި އިންޑިޔާ ރުޕީސް ދެގައުމުގައި ބޭނުން ކުރެވޭނަމަ ދެން ކޮން ބަހަނާއެއް.
ޓޯޕޭ
17 October 2025
އިންޑިއާ މީހުން ވީމަ ވަކި ރަނގަޅު ގޮތް ހަދާކަށް ނުޖެހޭ. އެމީހުންނަށް ރަނގަޅު ގޮތް ހަދާ ދިނިއްޔާ މިތާ މަސައްކަތް ކުރާ ސްރީލަންކާ، ބަނގްލާދޭޝް މީހުންނަށް ތިޔަ ގޮތް ހަދާދޭން ޖެހޭނެ. އެއީ އިންސާފު ވެރި ގޮތަކީ. އަދި ހަމަ ބިދޭސީންނަށް ޑޮލަރު ކަންތައް ލުއި ކޮށް ދިނިއްޔާ ދިވެހިންނަށް ވެސް އެ ލުޔެއް ލިބެން ޖެހޭނެ. އެހެން ވީމާ ބައިބަޔަށް ތިކަން ނުކޮށް ރާއްޖެ ވަންނަ ޑޮލަރު ވަންނަ ތަނުން މާރު ކުރެވި ދިވެހި ރުފިޔާ އެތެރޭގެ ޚިދުމަތްތަކަށް ބޭނުން ކުރަން ހަދާ
ޢިރިމްން
17 October 2025
ވަރަށް ރަނގަޅު ވާހަކައެއް މިޤައުމުގެ ނެތީތަ ތިހާވަރު ނޭނގޭ ބައެއް، ރިސޯޓް ތަކަށްވެސް ޕޭއިކުރަން ޖެހޭނީ ދިވެހި ރުފިޔާއިން އެހެން ޤައުމު ތަކުގެ ވެސް ކަންކަން ކުރަނީ އެޤައުމުތަކުގެ ފައިސާއިން މިޤައުމުވެސް މިގޮތައް ކަން ކުރަން އެބަޖެހޭ.
raajje
18 October 2025
ޓޯޕޭ: ހަބަރު ރަނގަޅަށް އަދި ކިޔާލަބަލަ، އިންޑިޔާމީހުނަށް ޑޮލަރުގެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތްކުރަނީ "އިންޑިޔާގެސަރުކާރުން" އިންޑިޔާގެސަރުކާރުން ސާފުވެއްޖެތޯ؟ އިންޑިޔާގެސަރުކާރުން ދިވެހިސަރުކާރާ މަޝްވަރާކުރަނީ، އިންޑިޔާގެސަރުކާރުން ޖެހޭނެތަ ބަނގުލަޑޭސް އަދި ސުރީލަންކާ މީހުނަށް ޑޮލަރުގެމައްސަލަ ހައްލުކޮށްދޭންވާހަކަދަށްކަން؟