ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން
21 ޖޫން 2025 - 15:50
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިސް ނަގައިގެން މި އަހަރުގެ ޔޯގާ ދުވަސް ރިސޯޓެއްގައި މިއަދު ފާހަގަކޮށްފި އެވެ.
ސަރުކާރުގެ އެހީތެރިކަމާ އެކު، މި ފަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތްތައް އިންޑިއާ ހައި ކޮމިޝަނުން ބޭއްވީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.
އެ ރިސޯޓުގައި ބޭއްވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.
މި ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.
ތާޖު ރިސޯޓުގައި ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތްތަކުގައި އިންޑިއާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އަދި އެ ހަރަކާތުގެ ޝަރަފުވެރި މެހުމާން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
އިންޑިއާއިން ކުލަގަދަކޮށް ފާހަގަކުރާ ޔޯގާ ދުވަހާ ގުޅިގެން ރާއްޖޭގައި ވެސް އެކަން ކޮންމެ އަހަރަކު އިންޑިއާގެ އެމްބަސީން އަންނަނީ ފާހަގަކުރަމުންނެވެ.
ތާޖު ރިސޯޓުގައި މިއަދު ޔޯގާ ހަރަކާތް ބާއްވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
ނަމަވެސް، 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި، ހަމަނުޖެހުން ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ތާޖު ރިސޯޓުގައި މިއަދު ޔޯގާ ހަރަކާތް ބާއްވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
އެ ހަމަނުޖެހުމާ ގުޅިގެން 18 މީހެއްގެ މައްޗަށް މިދިޔަ ސަރުކާރުގައި ދައުވާ އުފުލިއިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭގެ ތެރެއިން ގިނަ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލި ދައުވާތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްޑޫޅް +
22 June 2025
ޔޯގާ އަކީ ހިންދީ ދީނުގެ އަޅުކަމެއް. ކިރިޝްޓިޔަން ދީނުގެ، އަޅުކަމުގެ ދުވަހެއް ބޭއްވިދާނެތަ؟ ޕޮސް!
ގޯޅި
22 June 2025
ސަލަފްގެ އިސްވެރިންގެ އަނގަ ވަނީ ބަންދުކޮށްފަ، ގިނަ މީހުންނަން ރަގަޅު ވަޒީފާތައް ވަނީ ދެވިފަ. މި މީހުން ކައިރީ ކެތް ނުވެގެން އަލީ ރަމީޒުވެސް މިހާރު ވަނީ މި މުއްލާ ގުރޫޕް ދޫކޮށްލާފަ.
މަހާޒް މޫސާ
22 June 2025
ޔޯގާ ދުވަސް ފާހަގަ ކުރުން ރަނގަޅު ކުރަނީކީނޫން. އެކަމަކު އެމީހުންގެ ދުވަސް ފާހަގަ ކުރަން ރިސޯޓުގަ ބޭވުން މާލޭގަ ބޭވުމަށްވުރެ ރަނގަޅު
ކުކުރު
22 June 2025
މިފަހަރު އޮތީ އިސްލާލީ ހަލާލު ޔޯގާތޯ ނުވަތަ ރިސޯޓުގަ ބޭވީމަ ހަލާލުވަނީތޯ ރިސޯޓުގަ ރަލާ އޫރުމަސް ހަލާލުވާގޮތައް
ލައްމާން
22 June 2025
ޔޯގާ ރިސޯޓުގަ ބާއްވައިގެން މައްސަލަޔަކަށް ވަންޏާ، ރިސޯޓުގަ ތިބެގެން ޓޫރިސްޓުންނަށް ރިސޯޓުގަ ތިބެގެން ރާވެސް ނުބޮވޭނެ. ކޮސްވާހަކަ ނުދައްކާ،
ވަދީއު
22 June 2025
ރިސޯޓެއްގަ ބޭވުމަކުން ޖެހޭނެ މައްސަލައެއް ނޯންނާނެ. އެމްޑީޕީ މީހުން ކިތަންމެ ވަރަކަށް އޭރު އެމްޑީޕީން ކުރި ކަންތަކާ މިކަމާ އެއްވަރެއް ނުކުރެވޭނެ
ާއުނިމާ
22 June 2025
މާލޭގަ ހަރާމްވި ކަމެއް ރެޒޯޓުގަ ހަލާލުވީތޯ، ކީކޭ ދެން ބުނާނީ.
ޔޔޔޔޔ
22 June 2025
ކުރެވޭނެ ،
ކޮބައިތަ ސޭކު އާދަމް ނިޝާން އާއި ފަޒްލޫން؟
22 June 2025
ސަރުކާރަށް އާދޭސް ކޮށްގެން، ދެ ސޭހުންގެ މައްސަލަ އަނބުރާ ގެންދިއުމުން ދެމީހުން ބީރު މަންމަނުންނަށް ވީހެއްޔެވެ؟
ކިއްލާ2222
22 June 2025
ބަލަ ޔޯގާ އަކީ ހަށިގަޑަށް ފައިދާ ހުރި ކަސްރަތު ތަކެއް! އުމުރުން ދުވަސްވިޔަސް ހެލި ފެލި އުޅުމަށާ ބެލެންސް އަދި ހަށިގަޑުގެ ފލެކްސިބިލިޓީ ވަރުގަދަ ކޮށްދޭ ކަސްރަތެއް އަދި ސިކުޑީގެ ހަމަޖެހުން ގެނެސްދޭ އުކުޅު ތައް ހިމެނޭ އެއޗެއްވެސް މެ! ސިކުޑިގެ ހިމޭން ކަމަކީ ވެސް ނުހަނު ބޭނުނތެރި ކަމެއް އެހެނީ ސިކުޑިން މުޅި ހަށިގަދޫ ހިންގަނީ! ގަބީލާ ޒަމާނުގަ ނޫޅެ ނިކަން ސިކުޑި ހުޅުވާލަބަލަ!
ތޫބާ އާޒިމް
22 June 2025
މިދިޔަ ސަރުކާރުން ޕަބްލިކްގަ ބޭއްވި ގޮތައް ނުބާއްވާތީ ރަނގަޅު
2025
22 June 2025
ދެންހުރިހާކަމެއް ބޮޑުކަމަކަށް ނަހަދަބިޔަ ޔޯކާގާތީ ހުއްދަ ކަސްރަތެކޭ ދެންމާ ދީނީ ވެގެންއުޅޭނެ.....ބޮއިހަލަކިި
އައްޒުވީ
23 June 2025
އިންޑިއާ މީހުން ތީތި އެމީހުންގެ ބާރާއި ނުފޫޒު އޮންނަ ހުރިހާ ތަނެއްގައި ވެސް ބާއްވަނީ ކަސްރަތެއްގެ ގޮތެއްގައެއް ނޫނެވެ. އެކަމަކު އެމީހުންގެ ދީނީ ސަގާފަތެއް ފެތުރުމުގެ ގޮތުންނެވެ. ފުރަތަމަ މައި މަގުސަދަކީ އެއީއެވެ. ދެން ދެވަނަ އަށް ކިޔާނެ ތި ކީ ބަނދިވަރު. ސިކުނޑި އަށް ހިމޭންކަން ގެނައުމަށް ކޮންމެހެން އެހެން ބައެއްގެ ދީނީ ސަގާފަތެއްގެ ގޮތުގައި ކުރާ ކަމެއް މި ރާއްޖޭގައި ކުރާނެ ބޭނުމެއް ނެތް. އެމީހުންގެ ބޭނުމަކީ ރާއްޖޭގެ އިސްލާމީ ސަގާފަތް ކިލަބުކުރަން