އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓާ އަދުލީ އަދި އެޑުކްލަސްޓާ ފިންލޭންޑްގެ ޑައިރެކްޓާ ރީކާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް ތައާރަފް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
04 މެއި 2018 - 17:25
އައިލެންޑާސް އެޑިއުކޭޝަން ގުރޫޕްގެ ދަށުން ހިންގަމުން އަންނަ އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުން އަންނަ އަހަރު ރާއްޖޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާ ގުޅޭ ގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭން ޚާއްސަ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާނީ ރާއްޖޭގެ ފުރަތަމަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް ބަދަލު ކުރަން ޕްލޭން ކުރަމުން އަންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޑްރީމް ކެމްޕަހުގައި ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް ޚާއްސަކޮށް، މާދަމާ އެވެ.
އައިލެންޑާސް އިން ބުނީ މާދަމާ ބާއްވާ ބައްދަލުވުމުގައި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ތަޖުރިބާކާރުން އެ ސްކޫލްގެ ކަރިކިއުލަމާއި ސްކޫލް ސްޓްރަކްޗާ، ފީ އަދި ރެޖިސްޓްރޭޝަންގެ މައުލޫމާތުތައް ދޭން ހަމަޖެހިފައިވާ ކަމަށެވެ. ރެޖިސްޓްރޭޝަން ފުރަތަމަ ހުޅުވާލާނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޑްރީމް ކެމްޕަހުގެ ގްރޭޑް1-4 ގެ ދަރިވަރުންނަށާއި، ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ އެސްކޭޖީ ދަރިވަރުންނަށެވެ.
ލޮނުޒިޔާރަތް މަގުގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޑްރީމް ކެމްޕަސް އަންނަ އަހަރަށް ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް ބަދަލު ކުރަން ޕްލޭން ކުރަން ނިންމާފައިވާކަން އައިލެންޑާސް އިން މިހާރު އޮތީ ބެލެނިވެރިންނަށް އަންގައިފަ އެވެ.
އައިލެންޑާސް އިން ބުނީ 2020 ވަނަ އަހަރަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ މަސައްކަތްތައް ވެސް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން، އެ ސްކޫލް އަޅަން ބޭނުންވާ ބިން އެޗްޑީސީން ދޫކޮށް، އެޑުކަނެކްޓާ އެކު ލީޒް އެގްރީމަންޓެއްގައި ސޮއި ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޑުކަނެކްޓް އިން ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖޭގައި ހުޅުވަނީ، މަޝްހޫރު ޖޭވާސްކީލާ ޔުނިވާސިޓީގެ ދަށުން ހިންގަމުން އަންނަ އެޑުކްލަސްޓާ ފިންލޭންޑް އާއި ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދައްރިސް
05 May 2018
ތަނެއް އިންޓަނޭޝަނަލްވަނީ އެތަނެއްގައި އެހެން ޤައުމެއްގެ މީހުން މަސައްކަތްކޮށްގެންތަ? ދިވެހިންގެ ތެރޭގައި ވެސް ވަރަށް ރަނގަޅު މުދައްރިސުން އެބަ ތިބި. އަދި ކެންގަރޫކިޑްސް ގައި ވެސް އެހެން ޤައުމު ތަކުގެ މުދައްރިސުން ކިޔަވައިދޭ!
ބެލެނިވެރިޔާ
05 May 2018
ފީގެ އަގު 2000 އިން 6000 އަށް ބޮޑުވާނެ ވާހަކަ ހާމަ ކޮށްލި ނަމަ ސަޅި ވީސް މި ލިޔުން
ޢަލީ ހަސަން
06 May 2018
އަޅުގަނޑަކީ އެތާގައި އިންމީހެއް. ތިޔަވަރަކުން ނޫން ފީ ބޮޑުވީކީ. މިކަހަލަ ސްކޫލަކަށް ފީކުޑަ! ރަނގަޅުކަމަކަށް ހުރަސްއެޅުން ނޫން ކަމެއް ނޯވޭތޯ.
ޖިމީ
04 May 2018
އައިލެންޑާސް ގެ ކެންގަރޫ ސްކޫލަކީވެސް އިންޓަނޭޝަނަލް ތަނެކޭ ކިޔާތީ އިވެޭ. އެކަމަކު އުަޅެނީ ހަމަ އެހެން ނާސަރީ ސްކޫލްތަކުގައިވެސް އުޅޭ ދިވެހި ޓީޗަރުން. ތފާތަކީ ތަނުގެ ފީ ބޮޑުކަން
ރާއްޖެ
05 May 2018
ދިވެހި މުދައްރިސުން ވީމަ އިންޓަރނޭޝަނަލް ނުވަނީތޯ؟
ޖިމީ
05 May 2018
ނޫނޭ ކީމަ ކިޔޭނެ ކޮންމެ ނަމެއްވެސް! ދިވެހިންގެ ތެރޭގައި ތިބި ރަނގަޅު ޓީޗަރުންވެސް ހަރުލާނީ ރަނގަޅު މުސާރައެއް ދީގެން..
އަހްމަދު
04 May 2018
އެހެން ގައުމެއްގެ ތައުލީމީ ކުރިއެރުން ބްރޭންޑް ކޮށް އެ ބްރޭންޑެއް ގޮތުގަ މި ކުޑަގައުމަށް ވިއްކަން އުޅުމަކީ ވަރަށް ޒިންމާދާރު ކުޑަކަމެއް. ތައުލީމީ ނަޒަރަކުން ބަލަނީނަމަ ސްކޫލް ސިސްޓަމް ތަކަކީ ގައުމުގެ ކުރިއެރުމާއި، އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމާއި ގުޅިގެން ކުދިންނަށް ދެވޭ ތައުލީމެއްގެ މަންފާ ކުރާނެކަމެއް. އެހެން ކަމުން ފިންލެންޑް ސްކޫލެކޭ ކިޔާފަ ގެނެސް މި ކުޑަކުޑަ ގައުމުގަ އަދި އިގްތިސާދީ ގޮތުން އެއްވެސް ގޮތަކުން އަޅާނުކިޔާނެ ވަރުގެ ގައުމެއްގަ 'އިންދޭނެ' ގޮތެއް ނެފެނޭ. މިކަންކަން ތަންދޮރު ދަންނަ އެއްވެސް ބަަޔަކު ބަލައެއް ނުގަންނާނެ.
ހަރަމޫނު
04 May 2018
މޮޔަ ނުވޭ. ރާއްޖެ ތަރައްގީނުވެގެން މި އުޅެނީ މިތާ ތައުލީމީ ނިޒާމު ބައްޓަންވެފަ އޮތް ގޮތުން. މިކަން މަޖިިލިސްތެރެއަށް ބަލާލީމަވެސް ފެންނާނެ.
ތާރިއު
04 May 2018
އައިލެންޑާސް އެޑިއުކޭޝަން ގުރޫޕެއް ނޫން. އައިލެންޑާސް ގުރޫޕް.