އައިޝްވާރިޔާ އާއި ސޯނަމް: ސޯނަމްގެ ކައިވެނީގެ ހަފުލާގައި އޭޝް ބައިވެރި ވާނެ.
07 މެއި 2018 - 06:17
ބަތަލާ ސޯނަމް ކަޕޫރްގެ ކައިވެނީގެ ހަފުލާ މާދަމާ މުމްބާއީގައި އޮންނާނެ އެވެ. މިއަދު ކުރިއަށް ދަނީ އެ ހަފުލާ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ރީނދޫ ހޭކުމާއި ހީނާފަތް އެޅުމުގެ ކަންތައްތަކެވެ. މުޅި ބޮލީވުޑް އެއްކޮށްހެން ސޯނަމްގެ ކައިވެނީގެ ހަފުލާގައި ބައިވެރި ވާނެ ކަމަށް ބެލެވެ އެވެ.
މިހާރު ވަނީ ދައުވަތު ކާޑު ވެސް ބަހައިފަ އެވެ. އެކަމަކު ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދަން ސޯނަމް ބޭނުންވެގެން، ދައުވަތު ފޮނުވީ ޑިޖިޓަލް ކޮށެވެ. ޗާޕްކޮށްގެން ކާޑެއް ނުބަހަ އެވެ.
ހަފުލާގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، މިހާރު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އަކީ ސޯނަމް އަމިއްލަ އަށް ގުޅާފައި ބަތަލާ އައިޝްވާރިޔާ ރާއީ އަށް ދައުވަތު ދިން ވާހަކަ އެވެ.
މި ދެ ބަތަލާއިންނަކީ ކޮންމެ އަހަރަކު ވެސް ކާންސް ފިލްމް ފެސްޓިވަލްގައި އިންޑިއާ ތަމްސީލުކުރާ ދެ ތަރިންނެވެ. ދެ މީހުންނަކީ ފްރާންސްގެ ބްރޭންޑެއް ކަމަށްވާ ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރުން ވެސް މެ އެވެ.
ސޯނަމްގެ ކައިވެނީގެ ދައުވަތު: ކައިވެނީގެ ހަފުލާ އޮންނާނީ އަންގާރަ ދުވަހު.
ރިޕޯޓްތައް ބުނާ ގޮތުން ސޯނަމް ސީދާ އައިޝްވާރިޔާ އަށް ފޯނުން ގުޅާފައި ކައިވެނީ ދައުވަތު ދިނީ ދެ މީހުންގެ މެދުގައި ކުޑަ ވަރެއްގެ ކުންޏެއް ކުރިން ޖެހިފައިވާތީ، ގުޅުން އެހާ ރަނގަޅު ނޫންވީމަ އެވެ. މައްސަލައަކަށްވެފައި އޮތީ ތަންކޮޅެއް ކުރިން ސޯނަމް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ އަށް "އާންޓީ" ކިޔާފައިވާތީ އެވެ. ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއަކާ ދިމާއަށް ސޯނަމް އޭރު "އާންޓީ" އޭ ކިޔައިގެން ވާހަކަ ދައްކާފައިވާތީ ބައެއް މީހުން މަލާމާތް ވެސް ކޮށްފައިވެ އެވެ.
އެކަމަކު ބައެއް މީހުން ބުނެފައި ވަނީ ސޯނަމްގެ ބައްޕައާ އެކު ފިލްމްތައް ކުޅެފައިވާ ބަތަލާއަކާ ދިމާ އަށް ސޯނަމް އާންޓީއޭ ކިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަނިލް އާއި އައިޝްވާރިޔާ އެކުގައި އެންމެ ފުރަތަމަ ކުޅުނީ ތާލް (1999) އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" އިން ވެސް ދެ ތަރިން ފެނިފައިވެ އެވެ.
ޖުލައި 13 ގައި ރިލީޒް ކުރާ "ފޭން ހާން" އިން ވެސް އަނިލް އާއި އައިޝްވާރިޔާ ފެންނާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސޯނަމް މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ވާނީ ފިރިމީހާ އާނަންދް އަހޫޖާއާ އެކުގަ އެވެ. އަދި ދެ މީހުން ހަނީމޫނަށް ރަސްމީކޮށް ދާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލް ބުދަ ދުވަހު ފަށާނެ އެވެ. އަދި ފެސްޓިވަލް މި މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 1 ގައިި ރިލީޒް ކުރާ "ވީރޭ ދީ ވެޑިން" އިންނެވެ. އަދި ހަނީމޫން ނޮވެމްބަރަށް ލަސްކޮށްލި މައިގަނޑު ސަބަބައަކީ ބައްޕަ އަނިލްއާ އެކު ކުޅޭ ފިލްމް "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އޮކްޓޯބަރު 18 ގައި ރިލީޒް ކުރަން ނިންމާފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޝްވާރިޔާ
08 May 2018
އޭނަ ނުޖެހޭ ކޮންމެހެން ދައުވަތު ދޭކަށްވެސް މަވެސް މަގޭ ކައިވެންޔަށް އޭނަޔަށް ދައުވަތު ނުދެންވިއްޔާ އޖައިބެއް ސަހާދައިތް. އަދި މަ ކޮންމެހެން ނޫޅެން އޭނަގެ ޕާޓީ އަކަށް ނުދެވިގެނެއްވެސް. މަމީ ބައްޗަންގެ ދަބުދަރިޔޭ.
ަައަބީ
07 May 2018
ފޫހި އޭނަ މިހާރު
އިޙްސާންތެރިޔާ
07 May 2018
މަށަށް ހީވަނީ ކާޑުފޮނުވައިގެން ދައުވަތު ދިނުމަށް ވުރެ ގުޅައިގެން ދައުމަތު ދެވުނީމަ މާގާތްހެން.
އަމީތާބު
07 May 2018
ކިތަންމެ ބޭނުން ނުވިއަސް އާންޓިވެސް ކިއާނެ އަދި މުނިމާމަ ވެސް ކިއާނެ
ސޯނަމް
07 May 2018
ފޮނުވާހަށް ނުޖެހޭ.. އެދެން ކާކުތަ، ހިތުން މާ މޮޅު މީހަކަށް ވެގެން، އިންޑިޔާގެ ރައީސަށް ވުރެ އޭނާގެ ހިތްމޮޅު.. ހާދަ ފޫއްސެއް ވެޔޭ.. ދައުވަތު ކާޑު ފޮނުވާނީ ބޭނުން މީހަކަށް.. ދެން ލަލަލާ
އައިސީއައިސީ
07 May 2018
ސޯނަމްގެ ކައިވެންޏަށް އައިޝްވާރިޔާ އަށް ދައުވަތު ކާޑެއް ނުފޮނުވާ ސީދާ ޑައިރެކްޓް ކޮށް ގުޅާ ފައި އައިޝް އަށް ދައުވަތު ދިން ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ. ބޮލީވުޑް އިން ދެން އައިޝްވަރިޔާ ގެ ނަން ފަނޑު ކޮށް ނުލެވޭނެއެވެ. އައިޝް ވަރިޔާ ބޮލީ ވުޑްގެ ފިލްމްސް ތައް ކުޅެން ހުރި ނަަމަ ލިބޭނެ ޗާންސް ތައް. އެއީ ޔަގީން ކަމެކޭ. ބޮލީ ވުޑް ގައި ތިބި އެކްޓްރެސް ތަކުގެ ތެރޭން ޑިސިޕްލިން އެންމެ ރަނގަޅު އަދި އާއިލާ އަށް ކަމޭ ހިތާ ފިރިމީހާ އާއި އެކު 11 އަހަރު އެކީގައި ހޭދަ ކޮށް އަދި ދަރިފުޅު ބެލުމުގައި ނަމޫނާ ދައްކާ ފައިވާ ހަމަ އެކަނި އެކްޓްރެސް އަކީ އެއީ އައިޝްވަރިޔާ އެވެ. މިފަދަ އެކްޓްރެސް އަކަށް ސޯނަމް ގެ ކައިވެންނަށް ދައުވަތު ދިނުން އެއި ހެޔޮ ފާލެއް ކަމަށް މަމެން މިދެކެނީ. ބަޓް ޔޫ ނޯ ވީ ހޭޓް ޓު އެޓެންޑް ވެޑިންގް ޕާރޓީސް..