ކުޅިވަރު

އަސަދުﷲ އެނބުރި އައި މެޗުން މާޒިޔާ އަށް މޮޅެއް

އަނިޔާގެ ސަބަބުން ނުވަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފައި ކެޕްޓަން އަސަދުﷲ އަބްދުﷲ އެނބުރި އައިސް ގޯލް ޖެހި މެޗުން، މިރޭ ކްލަބް ވެލެންސިއާ އަތުން 5-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ހޯދި މޮޅާ އެކު އެ ޓީމު ވަނީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ އެއްވަރަށް 16 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ ނިއު އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަނެއްކޮޅުން ވެލެންސިއާ އަދިވެސް އޮތީ މޮޅެއް ނުލިބި އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.

މިރޭގެ މެޗުގެ އުސްއައްޔަކަށްވީ ގައުމީ ޓީމުގެ ވެސް ފޯވާޑް އަސަދުﷲގެ އެނބުރި އައުމެވެ. މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުގެރޭ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲގެ ވާތު ކަކުލަށް ލިބުނު އަނިޔާ އަށް ފަރުވާ ކުރުމަށް ސެޕްޓެމްބަރު މަހު އޮޕަރޭޝަނެއް ކުރި އެވެ. ޖެނުއަރީ މަހުން ފެށިގެން ޕްރެކްޓިސްކުރަމުން އައި އަސަދުﷲ މިރޭ ކުޅެން އެރީ 72 ވަނަ މިނެޓުގަ އެވެ. އެރިތާ ހަ މިނެޓު ނުވަނީސް އޭނާ ވަނީ ފުރަތަމަ ގޯލް ޖަހައިފަ އެވެ. ގޯލް ޖެހުމުގެ އިތުރުން ވެސް އޭނާ ވަނީ އިތުބާރާކާ އެކު ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.

މިރޭގެ މެޗުގައި މާޒިޔާ އަށް 36 ވަނަ މިނެޓުގައި ލީޑު ލިބުނީ ވެލެންސިއާގެ މޫސާ ހަސަން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މާޒިޔާގެ ނާއިޒް ހަސަން (ދާދު) ކޯނަރަކުން ހުރަސްވި ބޯޅަ، މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ މޫސަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ފައިގައި ޖެހިފައި ގޯލަށް ވަނީ އެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ދެ ވަނަ ގޯލް ޖެހީ އާދަމް ނާސިހް (އާދަންނާ) އެވެ. އިސްމާއިލް އީސާ ޖައްސާލި ބޯޅަ އާދަންނާ ގޯލަށް ވައްދާލީ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ.

ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި މާޒިޔާގެ ތިން ވަނަ ގޯލް ޖެހީ މުހައްމަދު ޝަޚާއު އެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލް ބަދަލު ކުޅުންތެރިޔާ އަސަދުﷲ ޖެހީ ދާދު ނަގައިދިން ހުރަހަކުން ގޯލް ކުރިމަތިން ހުހަށް ހުރެ އެވެ. އެ ގޯލް ޖެހިތާ ތިން މިނެޓު ފަހުން އީސަ ވަނީ މާޒިޔާ އަށް ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ގޯލަށް ވައްދާލީ ވެލެންސިއާގެ ގޯލްކީޕަރު ޖުން ކުޗީ އަށް ފުރުސަތެއް ނުދީ އެވެ.

މެޗުގެ ފަހުކޮޅު އަސަދުﷲ އަށް އިތުރު ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރެވެ. މުޅި މެޗުގައި ވެސް ވެލެންސިއާ އިން ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔައީ 86 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ވަލޭރީ ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅަ މާޒިޔާގެ ގޯލްކީޕަރު މައުރޯ ބޮއެރްޗިއޯ މަތަކުރި އެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ދެ ވަނަ ބުރު ރަނގަޅަށް ފެށުނީތީ ވަރަށް އުފާވެއްޖެ ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅުވުމުގެ ރޫހާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ކެޕްޓަން ނުވަ މަސް ދުވަހަށް ފަހު އެނބުރި އައުމަކީ ވެސް ހިތްހަމަޖެހުމެއް. އައިސް އޭނާ ފުރަތަމަ މެޗުގައި އެ ޖެހި ގޯލަކީ ވަރަށް މުހިއްމު ގޯލެއް. ސަބަބަކީ ނަމްބަރު ނުވަޔަކަށް ކުޅޭ، ފޯވާޑެއްގެ އެންމެ މުހިއްމު ކަމަކީ ލަނޑު ޖެހުން ކަމަށްވެފައި ފުރަތަމަ މެޗުގައި ވެސް އެކަން ހާސިލްވުމުން،" އިންމަ ބުންޏެވެ.

ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ފުރަތަމަ 30 މިނެޓު ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ފަހުން ހެދުނު ގޯހަކާ އެކު ބަދަލުވީ ކަމަށެވެ. އަދި ވެލެންސިއާ އަށް ވަރަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އެކަންކަން ހައްލުކުރެވޭނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ކުރީގެ އެއް ވަނަ ފޯވާޑް ބުންޏެވެ.

2 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިކަލް

07 May 2018

ވެެެެލެންސިއާ ކޯޗު ޕްރެސްގެ އެއްވެސް އެޗަކުން އަގައިން ނުބުނަނީ ބައްސާމް ސްޕޮންސަރ އަނެއްފހަރު ސްޕޭން އަށް ދިޔައިމަތަ... ވެލެންސިއާ ރެލިގޭޓް ނުވާގޮތަށް ވެސް ނިންމީތާ. ޔޫ.ވީ މެންވެސް ތިބުނާ މޮޅު ކުޅިން ތެރިން ނެތް ހަމަ ކޯޗުގެ މޯޓިވޭޝަން އަދި ހިތްވަރ. ވެލެންސިއާ ކޯޗަށް ސަލާމް

The name is already taken The name is available. Register?

ފައުޒީ

07 May 2018

މަރުހަބާ އަސަކޮ އިދި މާޒިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454