ޚިޔާލު

އޮޅުންބޮޅުން: ހަރުކަށި ވިސްނުން ހުއްޓުވިދާނެ ބާ؟

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި.

އަހުމަދު އަބްދުﷲ

08 މެއި 2018 - 09:03

8 comments

ރާއްޖެ މަޑުމަޑުން ދަތުރު ކުރަމުން ދަނީ އިސްލާމީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅުމާ ދިމާއަށެވެ. މިހެން ވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގައި އިސްލާމީ ކަންކަމާ ބެހޭ ގޮތުން ކުރިއަށް ދާނެ، ސަރުކާރު ގަބޫލުކުރާ ހަރުދަނާ ސިޔާސަތެއް ލިޔެ ކިޔުމުން ފެންނަން ނެތުމެވެ. ސަރުކާރުގެ ސިޔާސަތެއް ކަމަށް އަމަލީ ގޮތުން ފެންނަން އޮންނަނީ ސަރުކާރުން ކުރާ ކަންތައްތަކަށް ޢާއްމު ތަންތާގައި ފާޑުނުކިޔާ ކޮންމެ ދީނީ ޢިލްމުވެރިއެއް، ނުވަތަ ދީނުގައި އޮންނަ ގޮތޭ ކިޔައިގެން އަޑު އުފުލާ ކޮންމެ މީހަކު، ދީނުގައި އޮންނަ ގޮތް ކަމަށް ބުނެ ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅާނުލުމެވެ. އަދި ސަރުކާރުގެ ސިޔާސަތު ސާފުކޮށް ދިނުމަށް މަސައްކަތް ކޮށްދޭ، މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތަކުން ވެސް އެފަދަ ވާހަކަތައް ފަތުރަ އެވެ. ދީނީ ޢިލްމުވެރިންނާއި ބަސްދީގަތުން ބާއްވާއިރު ބައެއް ފަހަރު، ބައެއް ޢިލްމުވެރިން ސަރުކާރުގެ ސިޔާސަތާ ސީދާ އިދިކޮޅު ޚިޔާލުގެ ވާހަކަތައް ވެސް ދައްކަ އެވެ. ދީނުގައި އޮންނަ ގޮތް ކަމަށް ބުނެ އެވެ.

މިސާލަކަށް ދަންނަވާ ނަމަ އިސްލާމްދީނުގައި އަންހެނުންނާ މެދު ކަންތައް ކުރަން އޮންނަ ގޮތް ކަމަށް ބުނެ، ދީނީ ނަޒަރުން ވާހަކަ ދައްކާ ބައެއް ފަރާތްތަކެވެ. މިގޮތަށް ވާހަކަ ދައްކާ ބައެއް ފަރާާތްތަކުން އެ ގޮތަށް އެ ފަދަ ވާހަކަތައް ދައްކަނީ މުސްލިމުންގެ ތެރޭގައި އެެ ގޮތް ރަނގަޅު ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅޭތީވެ ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް އެ ވިސްނުމާއި ސަރުކާރުން އަންހެނުންނާ މެދު ގެންގުޅޭ ސިޔާސަތާ ފުށުއަރާ ނަމަ އެފަދަ މަޢުލޫމާތު މުޖްތަމަޢުގައި ފެތުރުމަށް، އެންމެ ކުޑަމިނުން ސަރުކާރުގެ މީޑިއާ އިން އެހީތެރިވެ ނުދިނުމުގެ ސިޔާސަތެއް ގެންގުޅެވިދާނެ އެވެ. ސަރުކާރުގެ މީޑިއާ މެދުވެރިވެގެން އެފަދަ ވާހަކަ ދެއްކުމަށް، އެފަދަ މީހުންނަށް ފުރުސަތު ނުދިނުމަކީ ނުވަތަ ފުރުސަތު ހަނިކުރުމަކީ ވަރަށް ފަސޭހަ އިން ކުރެވިދާނެ ކަމެކެވެ. އެ ފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު ނޭޅެނީ ނޭނގިގެން ކަމަށް ޤަބޫލު ކުރަން އުނދަގުލެވެ. އެހެން ނަމަވެސް ބަނދެވިގެން ކަމަށް ޤަބޫލުކުރަން ފަސޭހަ އެވެ. އެ ފަދަ ސިޔާސަތަކީ ރާއްޖެއާ އެކުވެރި އަދި ފައިސާގެ އެހީ އެންމެ ގިނައިން ދޭ ބައެއް ގައުމުތަކުން ރާއްޖޭގައި ބާއްވަން ބޭނުންވާ ސިޔާސަތެއް ކަމަށް ވާ ނަމަ ސަރުކާރުން މާލީ ފައިދާއެއްގެ ބޭނުމުގައި އަނެއް ފަރާތަށް ބަލަހައްޓައިގެ އޮތުމަކީ ވެސް ވެދާނެ ކަމެކެވެ. ސަރުކާރުގެ މީޑިއާ އިން ފޮނުވާ ކުރިން ދެންނެވި ފަދަ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ، ދީނީ ހަރުކަށި ވިސްނުމުގެ ވާހަކަތައް ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެކަމަކު އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ. ފުރަތަމަ ކަމަކީ ބަސްދީގަތުން ކުރިއަށް ގެންދަން އިންނަ ނޫސްވެރިޔާ އަށް އެ ކަމެއްގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ރަނގަޅަށް އެނގިފައި އޮތުމެވެ. ނުވަތަ ސަރުކާރުގެ ސިޔާސަތާ ފުށުއަރާފާނެ ކަންތައްތައް ވެސް އޮޅުން ފިލާފައި އޮތުމެވެ. މަޢުލޫމާތު ފަތުރާ ދާއިރާތަކުން މުޖްތަމަޢަށް ނެރޭ ޚަބަރުތަކާއި ޕްރޮގްރާމްތަކަކީ އެކަކަށް ވުރެ ގިނަ ފަރާތްތަކުން ބަލައި ޗެކް ކުރެވިގެން ނެރެވޭ ޕްރޮގްރާމްތަކަކަށް ވާން ވީ އެވެ. އެ ކަމެއް ދަންނަ، އެ ކަމެއްގެ ތެރެއަށް ރަނގަޅަށް ވަދެފައި ތިބި ބައެއްގެ ބެލުމުގެ ދަށުންނެވެ.

ބޭރުގެ ގިނަ ގައުމުތަކުގައި އޮންނަ ގޮތަށެވެ. އެތައް ބަޔަކު ބަލައި ޗެކްކޮށް ހަދާއިރު ވެސް ބޭރުގެ ބައެއް ގައުމުތަކުގައި ވެސް މަޢުލޫމާތުގެ ސައްޙަކަމާއި "ހަރުކަށި" ކަމާ މެދު މައްސަލަތައް އުފެދެ އެވެ. މައްސަލަ ދިމާވާ މަޢުލޫމާތު ބަލައި ޗެކް ކުރަން ހުންނަ ފަރާތުގެ ވަޒީފާ ގެއްލިފައި ވެސް އެބަ ހުއްޓެވެ.

ރާއްޖޭގެ ރައްޔިތުން ދީނީ ހަރުކަށި ވިސްނުމަށް ލެނބުނަ ނުދިނުމަށް ކުރަން ޖެހޭ ބައިވަރު ކުދިކުދި ކަންތައްތައް އެބަ ހުއްޓެވެ. އެ ކަންތައްތައް ކުރަމުން ގެންދާތާ އެތައް އަހަރު ފަހުން ބޭނުންވާ ނަތީޖާ ނެރެވިދާނެ އެވެ. ދީނީ ހަރުކަށިކަން ގެނައުމަށް މަސައްކަތް ކުރާ ބަޔަކު ވެސް އެ ކަމެއް ކުރާ ކަމަށް ލަފާ ކުރެވެނީ މަޑުމަޑުންނެވެ. ވަންހަނާވެ ތިބެގެންނެވެ. ކަމެއް ދިމާވާއިރު ސަލާމަތްކަން ލިބުމުގެ ގަރަންޓީ ވެސް ހޯދައިގެންނެވެ.

މިސާލެއްގެ ގޮތުން ޙަޤީޤީ ވާހަކައެއް ދަންނަވާލާނަމެވެ. ރާއްޖޭގައި ބުރުގާ އެޅި އަންހެނުން މަދު ދުވަސްވަރެވެ. މެންދުރުގެ ވަގުތެވެ. ވަރަށް ޢިލްމުވެރި ބޭފުޅަކު، ޒުވާނުންނާ ވަރަށް ގުޅުން އޮންނަ މަސައްކަތްތަކެއް ހިންގާ، ރާއްޖޭގައި ވަރަށް މަޝްހޫރު، ވަރަށް ގިނަ މީހުން ދަންނަ، ކަނބަލަކަށް ފޯނުކުރި އެވެ. ދެ މީހުންނަކީ ވެސް އެ ދެ މީހުންގެ ފަންނުގައި މަޝްހޫރު ދެ މީހުންނަށް ވުމާ އެކު، ދެ މީހުންނަށް ވެސް އެކަކު އަނެކަކުގެ ނަން އެނގެ އެވެ. ދުވަހަކު ވެސް ބައްދަލުވެފައި ނުވެ އެވެ. ޢިލްމުވެރިއާ ބުނި ކަމުގައި ވަނީ އެ ކަނބަލަކީ ވަރަށް މަޝްހޫރު ކަނބަލަކަށް ވެފައި ކުރާ މަސައްކަތުގެ ގޮތުން ޒުވާނުންގެ ބޮޑު ތަރުޙީބެއް ލިބޭތީވެ ބުރުގާ އެޅުމަށެވެ. އަދި ބުރުގާ އެޅުމާ ބެހޭ ކުޑަ ތަޢާރަފެއް ވެސް ދިން ކަމުގައި ވެ އެވެ. އޭނާ ބުނި ކަމުގައި ވަނީ އެ ކަނބަލުން ބުރުގާ އެޅުމުން އެ ކަނބަލުންގެ ފަހަތުން ބުރުގާ އަޅާނެ ބައިވަރު މީހުން ތިބޭނެ ކަމަށެވެ. އެ ކަނބަލަކީ ނަމޫނާއެއް ކަމަށް ދެކިގެންނެވެ. މިހާރު ރާއްޖެ އަށް ބައްލަވާށެވެ. އިޚްލާޞްތެރިކަމާ އެކު ކުރެވުނު ހިމޭން ކެންޕޭނެއްގެ ނަތީޖާ ކަމަށް ވެސް ވެދާނެ އެވެ.

ސަރުކާރުގެ އިސް ބައެއް ފަރާތްތަކަށް ހީކުރެވޭ ގޮތަށް މީސްކޮޅެއް އެއްކޮށްލާފައި ދީނީ ހަރުކަށި ވިސްނުން ރާއްޖޭގެ ފަސްގަނޑުން ނައްތައިލާނަމޭ ބުނާހާ ފަސޭހަ އިން އެ ކަމެއް ނުކުރެވޭނެ އެވެ. އެ ކަމަށްޓަކައި އާ ޤާނޫނެއް ހެދިޔަސް ބޭނުންވާ ގޮތަކަށް އެ ޤާނޫނެއް ތަންފީޒު ނުކުރެވޭނެ އެވެ. ރާއްޖޭގައި ޓްރެފިކްގެ ކަންތައް ކޮންޓްރޯލް ނުކުރެވިގެން އުޅެނީ ޤާނޫނެއް ނެތިގެންތޯ އެވެ؟ ޑެމޮކްރަސީ ގައިމު ނުކުރެވިގެން ނުވަތަ ހަރުދަނާ ނުކުރެވިގެން އުޅެނީ ރަނގަޅު ޤާނޫނުއަސާސީއެއް ނެތިގެންތޯ އެވެ؟ ޤާނޫނުގައި ބުނާ ގޮތަށް މުސްތަޤިއްލު މުއައްސަސާތައް މުސްތަޤިއްލު ކަމާ އެކު ނުހިންގެނީ ޤާނޫނުގައި އުނި ކަމެއް އޮވެގެންތޯ އެވެ؟ ޤާނޫނުގައި ބުނާ ގޮތަށް ކަރަޕްޝަން ނުހުއްޓުވިގެން އުޅެނީ ކަރަޕްޝަން ހުއްޓުވުމާ ބެހޭ ޤާނޫނާއި ގަވައިދު ނެތިގެންތޯ އެވެ؟ ނަޒާހަތްތެރި ކަމުގެ މުހިއްމު ސޮއިކޮށްގެން ވެސް ކަރަޕްޝަން ހުއްޓުވުމަށް މާ ބޮޑު އަސަރެއް ކުރި ހެނެއް ހީއެއް ނުވެ އެވެ. ސަރުކާރުގެ ސިޔާސަތަށް ނުފޫޒު ފޯރުވޭ ހިސާބުގައި މަސައްކަތް ކުރާ، ދީނީ، ހަރުކަށި ވިސްނުމުގެ މީހުން ސަރުކާރުގެ ތެރެއިން އެ މީހުންގެ ޚިޔާލު ފެތުރުމަށް މަސައްކަތް ކުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޤާނޫނާއި ޤަވައިދު ހެދިފައި ހުއްޓަސް، ތަންފީޒު ކުރަން ތިބޭ ބައެއްގައި، ކެރުމާއި ހިތްވަރާއި އިޚްލާސްތެރިކަމާއި ހަމައެކަނި ޤާނޫނަށް ތަބަޢަ ވުމުގެ ރޫޙު ނެތް ކަމަށް ވާ ނަމަ ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ އެވެ. މަޢާފް ކުރައްވާއެކަނި ޤާނޫނެއް ފާސްކޮށްގެން ކަންކަމެއް ނުހިނގާނެ އެވެ. ފޮތެއް އޮތަސް އެދުރު ނުވާނެއޭ ބުނާ ގޮތަށެވެ. މިހާރު ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ކައިރި މުސްތަޤުބަލެއްގައި ވެސް ރާއްޖޭގައި ފާސްކުރާ ޤާނޫނުތައް ޤާނޫނުގައި އޮންނަ ގޮތަށް ހިންގޭނެ ކަމަކަށް ނުދައްކަ އެވެ. ބަސްމޮށުންތެރި ކަމުގެ ބޭރަށް ހިނގުން ޖެހިފައި ތިބި ސިޔާސީ މީހުން ބޮޑު ބައެއް ފޮރުވައިގެން، ނުވަތަ މުޅި މަންޒަރު ނުދައްކަން ވެގެން ކަނުބަނދެގެން ރައްޔިތުން ހިންގަވާ މަގުން ހިނގަން އާދަވާން ވީ އެވެ.

އިތުރު މަގަކުން ކުރިއަށް ދެވިދާނެތޯ އެވެ؟ ކޮންމެ މަގަކުން ވެސް އަޅުގަނޑަށް އަދި ފެންނަނީ ހުރަސްތަކެވެ. ކުރިއަށް ދިޔަ ނުދިނުމަށް މަގުގައި ބަަހައްޓާފައި ހުރި ހުރަސްތަކެވެ.

8 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 8%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަރްބް

28 May 2018

އިސްލާމް، ކަލޭގެ ތިކޮމެންޓުން ދޭހަވަނީ މުސްލިމުންނަކީ ސުލްޙަ ބޭނުންވާ ބައެއްނޫންކަން. ސުލްހަކިޔާ އެއްޗެއް ނުވެސް ދަންނަކަން. ތިކަހަލަ ވިސްނުމާއި ވާހަކަ ތަކުގެ ފާއިދާ އެންމެ ބޮޑަށް ކުރާނީ ދީނުގެ ޢަދާވާތްތެރިންނަށް.

The name is already taken The name is available. Register?

އެކަމަކު

08 May 2018

"އެ ކަމެއް ދަންނަ، އެ ކަމެއްގެ ތެރެއަށް ރަނގަޅަށް ވަދެފައި ތިބި ބައެއްގެ ބެލުމުގެ ދަށުން.." ދެން މިމީހުންގެ ހިޔާލު ބަދަލުވެގެން މިމީހުންނަށް ލިބިފަ އިންނަ ކްރެޑިބިލިޓީ ނަހަމަގޮތުގަ ބޭނުންކުރަނީ ކިހާވަރަކަށްބާ؟

The name is already taken The name is available. Register?

މަގޭ ހިޔާލު

08 May 2018

ޢަސްލު އެންމެ ފުރަތަމަ ވީ ޕާކިސްތާނުކަހަަލަ ހައްދު ފަހަނައަޅާފައިވާ ގައުމުތަކުގައި އިސްލާމީ ތައުލީމު ހޯދަން ދާ ދިއުން ބަންދު ކޮށް ސަރުކާރުން އެކްރެޑިޓް ކުރާ ރަނގަޅު ޔުނިވާސިޓީތައް ފާހަގަކޮށް އެތަންތަނުން އެކަނި ކިޔެވޭ ގޮތައް ހަދަންވީ.

The name is already taken The name is available. Register?

އިސްލާމް

08 May 2018

އިސްލާމު ދީނުގެ އެއް އަސާސަކީ ކާފަރުންނާ ހަންގުރާމަކޮށް އެ އެމީހުން ފަތަހަ ކުރުން.... މިކަމަމުގެ މާތް ކަން މާތްﷲ އެތަށް އެތަށް އާޔަތެއްގައި ވަހީކުރައްވާފައިވޭ... މުސްލިމުންގެ މިޝަނަކީ އިސްލާމްދީން މުޅި ދުނިޔޭގައި ފެތުރުން.... މިއީ ހަރުކަށިކަމެއް ކަމަށްވާނީ ކާފަރުންނަށް.... މުސްލިމުންނަށް ނަސްރުލިބޭނެ!!! ﷲ އަކްބަރު!!!! ޝަހީދުންނަށް ހާދަ މަތިވެރި ނިޔުމަތްތަކެކޭ ސުވަރުގޭގައި ލިބެނީ...

The name is already taken The name is available. Register?

އިބްރާހީމު

08 May 2018

'އިސްލާމް' ތި ބުނީ ތެދުފުޅެއް. މުސްލިމުންގެ ރަންޒަމާނުގައި މުސްލިމުން ކުރިއަރާ ދިޔަ ކަންކަމަށް ވިސްނާލާ. މުސްލިމުންގެ ރަން ޒަމާން އަނބުރާ އިއާދަކުރަން އަހަރުމެން ގަދަ އަޅާ މަސައްކަތްކުރަމާ. އަހަރުމެންގެ ރަންޒަމާނުގައި ކާފަރުން ތިބީ އަހަރުމެން ދެކެ ބިރުންނޭ! އަހަރުމެން ދިޔައީ ކާފަރުން ފަތަހަ ކުރަމުން. ފަތަހަވާ ޤައުމުތަކުގެ އަންހެނުން އަހަރުމެންގެ ޖާރިއާ އިންނަށް ވި. އެމީހުންގެ ޅަ ދަރިން އަހަރުމެންގެ އަޅުންނަށްވި. އެމީހުންގެ ފޮތްތަކާއި، މުދަލާއި ފައިސާފަދަ ރިސޯސަސްތައް އަހަރުމެންގެ މިލްކަކަށްވި. އަހަރުމެންނަށް ހާދަ ބޮޑެތި ކުރިއެރުންތަކެއް ލިބުނޭ އެ ޒަމާނުގައި. ﷲ އަކްބަރު!

The name is already taken The name is available. Register?

ނަޒީރު4

08 May 2018

ކަލޯ މި ކޮމެންޓްތައް ކިޔަން މަމީނީ ތަލިން ކުޅު ހިކިފައި. ޖަހާފައި ބަހައްޓާ. ލައްކަ ކަންތައް އިނގޭނެ. އައިޝަތު ޝިހާމްގެ މަސައްކަތުގެ ކާމިޔާބީއާ އެކު.

The name is already taken The name is available. Register?

އާތިކާ

08 May 2018

މި ކޮމެންޓަށް ބަލާލާއިރު އަސްލު އިސްލާމް ދީނަކީ ކޮބާކަން އެނގި ސާފުވެއްޖެ.

The name is already taken The name is available. Register?

އާޝިޔާ

08 May 2018

ހަރުކަށި ވިސްނުމަކީ އިސްލާމީ ވިސްނުމޭ ނުބުނެވޭނެ. މިސާލަކަށް އަންހެން ކުދިން ޚިތާނު ކުރުމަކީ މުސްލިމް ގައުމުތަކަށްވުރެ ގިނައިން އެފްރިކާގައި ކުރާކަމެއް. އެފްރިކާގެ ކްރިސްޓިއަން ގައުމުތަކުގައިވެސް އެކަން ވަރަށް ގަދަޔަށް އޮންނާނެ. ރަސޫލާ ކުރަން އަމުރު ކުރެއްވި ކަމެއްނޫން. ދެން މިކަން ކޮށްފައި އެއާ އިސްލާމްދީނާ އެޅުވުމަކީ ބޮޑު އުޅުވާލުމެއް. އެއަށް އިސްލާމީ ހަރުކަށި ވިސްނުމޭ ކިއުމަކީވެސް ބޮޑު އޮޅުވާލުމެއް. އޮތީ އިސްލާމް ދީން. ހަރުކަށްޓާ ހަރުމަޑާ އެއީ އެއަށް އިންސާނުން ޖައްސަން އުޅޭ ކުލަ. އެފަދަކުލަތަކުން ސަލާމަތްވެ ގުރުއާން ގިނަ ގިނައިން ކިޔަވަންވީ މާނައާއެކު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454