ޚަބަރު / ޒުވާނުން

ފްލެޓް ގަތުމަށް ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ރިއަލް އެސްޓޭޓް އުސޫލުން ވިއްކުމަށް އިމާރާތް ކުރަމުންދާ ފްލެޓް އިމާރާތްތަކެއް. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހުޅުމާލެއިން ފްލެޓް ގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި އެވެ.

އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، "ޔޫތު ޕްރޮޑަކްޓް"ގެ ނަމުގައި ފެށި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު 21-35 އަހަރުގެ ޒުވާނުންނަށް ވަނީ ހުޅުވާލައިފަ އެވެ.

މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ.

ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ލޯނު ދޫކުރާ އެ ކުންފުނިން ބުނިގޮތުގައި "ޔޫތު ޕްރޮޑަކްޓް"ގެ ދަށުން ލޯނު މި ދޫކުރަނީ އެ ތަނުން ދޭ އެހެން ލޯނުތަކަށް ވުރެ އިންޓަރެސްޓް ރޭޓު ކުޑަކޮށެވެ. އެގޮތުން އިންޓަރެސްޓް ރޭޓުގެ ގޮތުގައި 10.5 ކަނޑައަޅާފައިވާއިރު އޯނާސް އިކިއުޓީގެ ގޮތުގައި ދައްކަން ޖެހެނީ ލޯނުގެ 15 ޕަސެންޓެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ލޯނުގައި އަމިއްލަ ހިއްސާ ވީހާ ވެސް ކުޑަކޮށް، އާއްމުންނަށް އެފޯޑަބަލް ގޮތެއް ހެދުން. މި ސްކީމުގެ ދަށުން އަޅުގަނޑުމެން ލޯނުގެ 85 ޕަސެންޓް ކަވަރު ކުރާނެ،" އެޗްޑީއެފްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދާ މި ލޯނު އަނބުރާ ދައްކަން ޖެހެނީ 30 އަހަރުގެ ތެރޭގަ އެވެ.

އެޗްޑީއެފްސީން މި ފުރުސަތު ހުޅުވާލި އިރު ސަރުކާރުން އެންމެ ފަހުން ތައާރަފްކުރި 7،000 ފްލެޓް މަޝްރޫއުގައި ޒުވާނުންނަށް ތިން ކެޓަގަރީއެއް ހާއްސަކޮށްފައިވެ އެވެ. އޭގެތެރޭގައި އަލަތު ކައިވެނި ކުރާ މީހުންނަށާއި އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ވަކި ކެޓަގަރީއެއް ހިމެނެ އެވެ.

ޖުމްލަ 17 ކެޓަގަރީއަކަށް ބަހާލައިގެން، ހުޅުމާލޭން ދޫކުރާ މި ފްލެޓްތަކަށް އަންނަ ޖުލައި 31ގެ ނިޔަލަށް ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޖުލައި 31 އަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ.

22 ކޮމެންޓް, 106 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 5%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަލީމް

09 May 2018

މާލޭ މީހުންނަށް ނުވަތަ މާލެ ކައިރީ މީހުންނަށް ތިފަދަ ފުރުޞަތުުތައް ދެނީ ވަކި ކީއްވެހެއްޔެވެ. އަޅުގަނޑަކީޯ ސަރުކާރު ވަޒީފާގައި 25 އަހަރު ވެފައިވާ މީހެކެވެ. ގޯތި ލިބުނުތާ 18 އަހަރުވީއެވެ. ކުދިންކޮޅަށް ކިޔަވައިދެމުން ދިރިއުޅޭނެ ގެގަނޑެއް ނޭޅި އުޅެނިކޮށް ކުދިންބޮޑެތިވީއެވެ. އެކަމަކު ލިބޭމުސާރަކޮޅު ކުޑަކަމުންނާއި ރަހުނު ކުރާނެ އެއޗެއ ނެތުމުން ލޯނެއްވެސް ނިލިބުނެވެ. ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނު ކުރެވެނީވެސް މާލޭ ސަރަޙައްދުން ގެގަންނާށެވެ. މިއީ އިންސާފު ހެއްޔެވެ. ރާއްޖެތެރެއަށް ގޮތެއް މާލެއަށް ގޮތެއް އޮންނާން ޖެހޭހެއްޔެވެ. ބޮޑުމުސާރަލިބި ފުދިގެން އުޅޭމިހުން މިކަމާ ދޭތެރޭގައި މާބޮޑަކަށް ނުވިސްނާކަން މިފަހަރު އެޑްމިން ސްޓާފުންނަށް ބޮޑުކުރި 700ރ ގެ އެލަވަންސުންވެސް އެނގެއެވެ. 9 އަހަރުފަހުން މުސާރަކޮޅު ރަނގަޅުވާނެކަމަށް އުއްމީދުކޮށްގެން ހުއްޓައި ބޮޑުވީ ބޮޑެތީންގެ އެއްއިރު ކޮފީއަށް ވާވަރުގެ އަދަދެކެވެ.

The name is already taken The name is available. Register?

މުހަންމަދު އަޒުމީލް

09 May 2018

ޒުވާނުންނަން މިހާގިނަ ފުރުސަތު ހުޅުވިފަ އޮތްއިރު ކީއްވެތަ ލިޔުންކިޔާލުމުން ގިނަބަޔަކު ރުޅި އަންނަކަމަށް މިފެންނަނީ ހިހިހީާ

The name is already taken The name is available. Register?

ހޭކެނޑޭ

09 May 2018

ލޯނޭ! މަވާ ސަލާމް. ތިޔަތަނުން ޖަވާހިރު ބަހަމޭ ބުންޏަސް މި ސަރުކާރަކަށް ދޭނެ ވޯޓެއް ނެތް.

The name is already taken The name is available. Register?

ޒުވާނެއް

09 May 2018

ލޯނުގެ އިކުއިޓީ : 150،000 އިޓަރަސްރޭޓް އާއެކު: 210،5000 30 އަހަރަށް ބެހީމާ މަހަކު 5847.22 އަދި ކޮބާ ދިރިއުޅުމުގެ ހަރަދުތައް؟ ޤައުމު ދަރުވާލާފަ އަދި ނުވިތާކަށް ޤައުމުގަ ތިބިހާ ޒުވާނުން ދަރުވާލަންތޯ ތި ވިސްނަނީ؟ އިހްލާސްތެރި ކަމެއް ހުރިއްޔާ ދިރިއުޅުމުގެ އަގު ތިރިކޮށްފަ ތިޔަކަހަލަ ލޯނާ އަނެއްކައްޗަކާ އެއްޗެހި ތައާރަފް ކުރާނީ! ހޭބަލިވެދާނެ!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

08 May 2018

ފްލެޓް ގަތުމަށޭ! ނާހަމަ ތެދެއް، 8 މެއި 2018ވަނަ ދުވަހު އެޗްޑީއެފްސީއަށް އަޅުގަނޑު ދިޔައީ މީހަކު ފޮނުވައިގެން މައުލޫމާތު ސާފުކޮށްލަން، ވެށިފަހި ޕްރޮގްރާމްގެ ދަށުން ސަރުކާރުން ވިއްކާ ތަންކޮޅެއް ގަންނަންވެގެން އެކަން ވެދާނެތޯއާ ކިހިނެއްތޯ ހަދަންވީ ބަލަން، މައުލޫމާތު ލިބުނީ، އެތަނަކީ އެއްވެސް ގޮތަކަށް ގޯތި ގެދޮރު ފްލެޓް ގަންނަން ލޯނު ދޭތަނެއް ނޫނޭ، ހަމަ އެކަނި ގެދޮރު އިމާރާތްކުރަން ލޯނުދޭ ތަނެކޭ، ކިހިނެއްބާ މިވަނީ! މީހަމަ އަސްލުވެސް ބޮޑު އޮޅުވާލުމެއްބާ!؟

The name is already taken The name is available. Register?

ކަލޯބިޢާ

09 May 2018

ނާފިޒު ގެ މައުލޫމާު ރަގަޅެއްނޫން، އެޗްޑީއެފްސީ އިންފުލެޓް ގަތުމައް ލޯނުދޭނެ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

08 May 2018

ދެވަނަ އެއްވެސް ކަމެއްނެތް، ފްލެޓޭ، ލޯނޭ، ޒުވާނުންނޭ ކިޔައިގެން ރައްޔިތުން ވާވައްދާ އޮޅުވާލުން ނޫން އެހެން އެއްވެސް ކަމެއް ތިކަމުގަ ނެތް، އެއްވެސް އިޚްލާސްތެރިކަމެއްނެތް، ހަތްހާސް ފްލެޓްގެ ބިންގާ އެޅުނު ތާރީޚަކީ ކޮބައިބާ، ފްލެޓްތައް ނިމޭނީ ކޮން ތާރީހެއްގާބާ! ކުރިމަތީ އޮތީ އިންތިޚާބު ވީމަ އަނބުރާ ގޭސް، ހެޔޮ ވަރިހަމަ ކިތައްމެ ފޯރިއެއްނެގިއަސް ވޯޓެއް ނުދޭނަން، މިތިބީ އެކަމަށް ނުކުމެ.

The name is already taken The name is available. Register?

ޓިނު

08 May 2018

ފުރަތަމަ ތި ލޯނު ދެއްކޭނެ ގޮތެއް ހޯދަ ދޭންވީނު؟

The name is already taken The name is available. Register?

ޔޔޔޔ

08 May 2018

1 މިލިޔަނަށް ވިއްކާ ފުލެޓް ހުރީ ހުޅުމާލޭ ކޮންތާކު؟

The name is already taken The name is available. Register?

ވިސްނާ މީހާ

08 May 2018

ފްލެޓް ގަތުމަށް ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި :މީގެ އަސްލު ބަލާލަމާ ލޯން ލިބޭނީ މަހަކު މަދުވެގެން 23000 މުސާރަ ލިބޭ ޒުވާނުން އަށް ލޯނު އަނބުރާ ދައްކަން ޖެހެނީ 30 އަހަރު ނަމަ މަހަކު 9،147ރ (30 އަހަރު ނިމޭއިރު މުޅި ޖުމްލަ 3،293،061ރ) ލޯން އިންޓަރެސްޓް : 2،293،061 ލޯން ދައްކާ ނިމޭއިރު މީހާގެ އުމުރު 51 - 65 އަހަރު. މާލޭ/ހުޅުމާލެ/ވިިލިމާލެ 1 ރޫމް އެޕާޓްމެންޓް އެންމެ ދަތް އަގު: 1،450،000ރ

The name is already taken The name is available. Register?

ގދ އަތޮޅު ޒުވާނުން

08 May 2018

ގޯތި ނުދެންޏާ ވޯޓެއް ނުދޭނަން. ހަމަ އަސްލުވެސް. ދަރަންޏެއް ބޮލުގައި އަޅުވާފައިފިއްޔާ އަދި އަމުދުން ވޯޓެއް ނުދޭނަން. އަހަރެމެންނަކީ މުސްލިމުން. ދަރަނި ބޮލުގައި އަޅައިގެން ހައްޖަކަށްވެސް ނުދެވޭނެ. މަރުވިޔަސް އެހެންމީހުންނަށް ވާނީ ބޮޑު އުދަގުލަކަށް. އަމިއްލަ މަސައްކަތުން ގެ އެޅިދާނެ. ދަރަނިވެރި ނުވިޔަސް. މަސްވެރިކަން ކޮށްލިއަސް ނިމުނީ. މަހަކު ލައްކައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454