ގޭތެރެއަށް ބޭނުންވާ ތަފާތު އުފެއްދުންތައް ވިއްކާ ލިޓަސް ހޯމް ސެންޓަރު: ރޯދައާ ދިމާކޮށް މިފަހަރު ކުރިޔަށްގެންދާ ޕްރޮމޯޝަން ވަރަށް ތަފާތު.
09 މެއި 2018 - 14:00
މި އަހަރުގެ ރޯދަމަހާ ދިމާކޮށް މުޅިން ތަފާތު ޕްރޮމޯޝަނެއް ލިޓަސް ހޯމް ސެންޓަރުން ފަށައިފި އެވެ.
ގޭތެރެއަށް ބޭނުންވާ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ފިހާރަ އިން މި ފަހަރު ފެށީ "ހަރަދަށް 2،000، އަތަށް 1،000" ކިޔާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި 2،000ރ. ޚަރަދު ކުރުމުން 1،000ރ. ގެ ލިޓަސް ކަރަންސީ ވައުޗަރެއް ދޫކުރެ އެވެ. އަދި އެ ކަރަންސީ ވައުޗަރު ބޭނުން ކޮށްގެން ދެވަނަ ފަހަރަށް ވިޔަފާރި ކުރާއިރު 1،000ރ. އާ އެއްވަރުގެ ވިޔަފާރިއެއް އެތަނުން ކުރެވެ އެވެ.
"އެ ކަރަންސީ ވައުޗަރު ދެން ޖެހިގެން އަންނަ ފަހަރު ކުރާ ވިޔަފާރީގައި ބޭނުން ކުރެވޭނެ. މިއީ ކަސްޓަމަރުންނަށް އަންނަ ރޯދަމަހާ ދިމާކޮށް ގޭތެރޭގައި ބޭނުންކުރާ ސާމާނު ބަދަލުކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ލިޓަސް އިން ބުންޏެވެ.
"ލިޓަސް" އިން މާލޭގައި ހުޅުވި ލިޓަސް ހޯމް ސެންޓާ ޝޯރޫމްގައި ބަހައްޓާފައިވާ ބެކޯ ބްރޭންޑްގެ އުފެއްދުންތަކެއް.-. ފޮޓޯ:ނިޝާން އަލީ/މިހާރު
ލިޓަސް އިން ބުނިގޮތުގައި، އަންނަ ޖޫން މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ މީހަކަށް ނަވާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އުމްރާ ދަތުރެއް ދޭނެ އެވެ.
ލިޓަސް ހޯމް ސެންޓަރުން ވަނީ ގޭތެރެ އަށް ބޭނުންވާ ތަފާތު ތަކެތި އުފައްދާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ބެކޯ"ގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަމުންނެވެ. މީގެ އިތުރުން، އިޓަލީގެ "ނޮވާ ކަލާ" ވެސް ވިއްކަ އެވެ. އަދި މެލޭޝިއާގެ މަޝްހޫރު ޕެނަސޮނިކްގެ އުފެއްދުންތައް ވެސް ވަރަށް އަވަހަށް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ލިޓަސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯބަލް
09 May 2018
ސާބަހޭ ތިތަނުގެ މާކެޓިން ބޭފުޅުން
ރިކް
09 May 2018
ޢެކުދިން ޢެމް.އެން،ޔޫ ބިޒްނަސް ސްކޫލް އިން ކިޔެވީމަ ފެންނަ ތަފާތު. މޮޅުވާނެ އަދި ސްމާޓްވެސް ވާނެ.