ކ. ތިލަފުށީގައި ހުންނަ މޯލްޑިވް ގޭހުގެ އެލްޕީޖީ ފިލިން ޕްލާންޓުގައި މީހަކު ފުޅިތަކަށް ގޭސް އަޅަނީ. ފޮޓޯ: މޯލްޑިވް ގޭސް
10 މެއި 2018 - 16:00
މޯލްޑިވް ގޭހުން ވިއްކާ 10 ކިލޯގެ ގޭސް ފުޅިއަކުން 50ރ. މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ހެޔޮކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ކުންފުނިން މިއަދު ބުނީ، އަންނަ ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް 10 ކިލޯގެ ގޭސް ފުޅިއަކުން 50ރ. ހެޔޮކޮށްފައިވާ ކަމަށެވެ. އެއާ އެކު 10 ކިލޯގެ ގޭސްފުޅިއެއް 150ރ. އަށް ލިބޭނެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން މިއަދު ވިދާޅުވީ ގޭހުގެ އަގު ރޯދަ މަހާ ދިމާކޮށް ހެޔޮކުރަން ނިންމީ އެ މަހުގައި ގޭހުގެ ޑިމާންޑު ބޮޑުވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިދުމަތް ލިބޭ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ މި ފަންސާސް ރުފިޔާގެ އިނާޔަތް. ހަމައެއާ އެކު އަތޮޅު ތެރޭގައި ތިއްބަވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ހިދުމަތް އެންމެ ގާތުން ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭހުން ބުނީ މާލޭގެ އިތުރުން ރަށްރަށުގައި ވެސް އެޖެންޓުން މެދުވެރިކޮށް ގޭސް ގަންނަން ލިބޭ އަގުން 50ރ. ކުޑަވާނެ ކަމަށެވެ.
އެ ކުންފުނިން މިދިޔަ އަހަރުގެ ރޯދަ މަހު 10 ކިލޯގެ ގޭސް ފުޅިއަކުން 25ރ. ހެޔޮކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަފްޞާ / މާލެ
10 May 2018
ރަމަޟާން ސޭލް! ޝުކުރިއްޔާ!