ވިލާ އިން ތިލަފުށީގައި ހިންގާ ގޭސް ޕްލާންޓް.
10 މެއި 2018 - 20:21
ރޯދަ މަހާ ދިމާކޮށް ވިލާ އިން ވެސް 10 ކިލޯގެ ގޭސްފުޅިއަކުން 50ރ. ކުޑަކޮށް، 150ރ. އަށް ވިއްކަން ފަށައިފި އެވެ.
ވިލާ ގޭހުގެ އޮފިޝަލަކު ވިދާޅުވީ އެންމެ އާންމުކޮށް ބޭނުންކުރާ ގޭސް ފުޅީގެ އަގު ހެޔޮކުރަން ނިންމީ އާންމުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ގޭސް ފޯރުކޮށްފިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އަގު ހެޔޮކޮށް ގޭސް ވިއްކަން ފަށާނީ ރޯދަ މަސް ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ވިލާ ގޭހުން މި މަހު އެއް ވަނަ ދުވަހު ވަނީ "އެކްސްޕްރެސް ޑެލިވަރީ"ގެ ޚިދުމަތް ފަށާފަ އެވެ. އެކްސްޕްރެސް ޑެލިވަރީގެ ޚިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ 11:00 އިން ރޭގަނޑު 6:00 އަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ ގަޑިތަކަކީ އާންމުކޮށް ގޭސް ޑެލިވަރީ ކުރާ ގޮތަށް ޕިކަޕުގައި ގޭސް ގެންދިއުން މަނާ ކޮށްފައި ވާތީ، އެކްސްޕްރެސް ޑެލިވަރީ ކުރާނީ ކޮންމެ ފުޅިއެއް ވަކިން ގެންދާ ގޮތަށެވެ.
އެކްސްޕްރެސް ޑެލިވަރީގެ ޚިދުމަތަށް 30ރ.ގެ ފީއެއް ނަގާނެ ކަމަށާއި، ނަމަވެސް ރޭގަނޑު ހައެއްގެ ފަހުން އާންމު ޑެލިވަރީ ފެށޭނެ ކަމަށާއި އެ ޚިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޯދަ މަހާ ދިމާކޮށް މޯލްޑިވް ގޭހުން ވެސް ވަނީ 10 ކިލޯގެ ފުޅިއަކުން 50ރ. ހެޔޮކޮށް، 150ރ. އަށް ވިއްކަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ހުޅުމާލެ
11 May 2018
ނޫން ވިލާއިން އަގު ހެޔޮކުރީ މަޖުބޫރުން އެސްޓިއޯއިން އަގުހެޔޮކުރީމައި... ނޫންނަމަ މިއޮތް ހުރިހައިދުވަހު ހުޅުމާލޭން ވިއްކީ ޕެޓްރޯލާއި ޑީސަލުން ތިހެނޭ ކިޔާފައި އަގު ހެޔޮކުރީސް، ހަމަ އެސްޓިއޯނިސްބަތްވާ ކުންފުނިން ޝެޑެއް ހުޅުވައި ޙިދުމަތް ދޭންފެށީ އަގުހެޔޮކުރީ.. ދެން ބުނަންވީ ހަމަ އާންމުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ކުރާ މަސައްކަތުގެ ތެރެއިނޭ އެވެސް ހެޔޮކުރީ؟؟؟
ވާލުސޮރު
11 May 2018
10 ކިލޯގެ ގޭސްފުޅިއެއް 122ރ އަށް ވިއްކިޔަސް ބޮޑު ފައިދާއެއް އޮންނާނެ. އެކަމަކު ކީއްކުރާނީ "އުހުދު ފަރުބަދަ ރަނަށް ވިޔަސް" ބައެއް އިންސާނުންގެ ހިތެއްނުފުރޭނެ ކަމަށްވޭ.
ޝާއްނާ
11 May 2018
އަޅުގަނޑު މެންގެޔަށް މިބޭނުންކުރަނީ 10 ކިލޯގެ ފުޅިއެކުން މަަސްދުވަހު ،،، އެއީ 4 އިރަށް ބޭނުންކޮއްގެން ،، ދެން ރޯދަމަހު ބޭނުންކުރާވަރު މަދުވާންޖެހޭތާ ، ދެން އަނެއްކޮޅުން 50 ރުފިޔާއަކީ ހޮޓެލްޖެންގެ ޓެރަސް ފްލޯރއިން އެންމެ ކޮފީއެއްތާ ،،، ސިވިލް ނޫނީ މެރާކީ ކަހަލަތަނަކުން 50 ހަކަށް ބޮވޭނެ ރަގަޅު ކޮފީއެއްވެސް ނޯންނާނެ ، ވީމާ ތިޔައަގުހެޔޮ ކުރުމަކީ އެއްވެސް ފައިދާއެއް އަނެއްހެންކުރާނެ ކަމެށްނޫން ، ސަބަބަކީ ރޯދަމަހު ކޮފީބޮވޭވަރު މާމަދުވެފައި އެފައިސާއިން ސަލާމަތްވާވަރު ބޮޑުވާނެ ، އެހެންވީމައި ތިޔައަގިހެޔޮކުރުން ތާކުން ތާކުނުޖެހޭ ކަމަށް ދަންނަވަންޖެހެނީ
އޭނަ
12 May 2018
އެހާވަރު އަގު ހެޔޮވިޔަތީވެސް ޝުކުރު ކޮށްބަލަ . މުއްސަނދިންނަށް އެއްޗަކަށް ނުވާނެ 50 ކީކުރަން 100 ވެސް.