އީޕީއެސް ސްކޫލު ހިންގި އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަފީއު (ކ) އަދި އައިލެންޑާސްގެ ޗެއާމަން އަބްދުއްރަޝީދު ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ--ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން
23 މެއި 2018 - 00:49
އީޕީއެސް ސްކޫލް ކުރިން ހިންގި އިމާރާތް އައިލެންޑާސް އެޑިއުކޭޝަނަށް 25 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ އިމާރާތުގައި ބިލަބޮންގް ސްކޫލް މިހާރު ވެސް ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ، އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް 25 އަހަރަށް ވެސް އީޕީއެސް އިމާރާތުގައި ބިލަބޮންގް ސްކޫލް ހިންގާނެ ކަމަށެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އައިލެންޑާސް އިން ސޮއިކުރެއްވީ ޗެއާމަން އަބްދުއްރަޝީދެވެ.
އީޕީއެސް ހިންގި އިމާރާތުުގަައިި ބިލަބޮންްގް ސްކޫލް މިހާތަނަށް ހިންގަމުން އައީ އީޕީއެސްއެސްގެ ފައުންޑަރުންނާއި އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންވެ، ބިލަބޮންގް ސްކޫލް ހިންގުމުގައި އައިލެންޑާސް އެޑިއުކޭޝަނުން ހަރަކާތްތެރި ވަނީ އީޕީއެސްއެސްގެ ފައުންޑަރުންނާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އިމާރާތް އީޕީއެސްއެސްގެ ފައުންޑަރުންނަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ އަހަރު އިއުލާން ކޮށްފަ އެވެ. އެ އިއުލާންގެ މުއްދަތު ހަމަވިއިރު، އެކަމަށް ކުރިމަތިލިން ތިން ފަރާތުގެ ތެރެއިން ބީލަން ކާމިޔާބު ކޮށްފައި ވަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ.
އީޕީއެސްއެސް ހިންގި އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް ކުއްޔަށް ދިން އިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތައުލީމީ ގޮތުން އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" ވެސް ރާއްޖޭގައި ހުޅުވަން އައިލެންޑާސް އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
11 February 2020
ރާއްޖޭގައި އިންޓަރނޭޝަނަލް ސްކޫލް ކިޔަނީ މިހިސާބުގެ އެހެން ޤައުމުތަށްހެން ވިޔާފާރިއަކަށް. އަދި އެހެން ޤައުމުތަކަށްވުރެ ރާއްޖޭގައި މިކަން ބޮޑު. އެހެން ތަންތަނުގައި އެފަދަ ސްކޫލުަކުން އިންގިރޭސިން ކިޔަވާ އެފަދަ ޓެސްޓް ހެދެނީ، އަދި ތަނުގެ ފެސިލިޓީ އެގާ ގިނަވާނެ. މިރާއްޖޭގައި ބޭރުގެ އެހީގައި އޅާފަ ހުންނަ ޕަބްލިކް ސްކޫލުތައް މިބަދަލުކޮށްލަނީ އިންޓަރނޭޝަނަލް ސްކޫލަށް.
ވިޔަފާރި ވެރިޔާ
23 May 2018
ވާގޮތަކީ ދިވެހިންއަށް ދިވެހިންގެ ފެންވަރު އޮޅެނީ. ކޮންމެ މަހަކު 5000 ރުފިޔާ ރެސްޓޯރަންޓްއިން ކެއުމަށާ ކޮފީ އަށް ޚަރަދު ކުރަން ވީމަ ބޮޑެއްނޫން އެކަމު ތައުލީމަށް 2000 ރުފިޔާ މަހަކު ދޭންވީމަ ބޮޑުވަނީ. އަހަރެން އަކީ ވެސް ލާރި ހުރި މީހެއް. ބުރަ މަސައްކަތުން ވިޔާފާރި ކޮށްގެން ލާރި ހޯދަނީ. އެ ލާރި ހޯދަނީ މަގޭ އަނބި ދަރިން އަށް އެންމެ މޮޅު ތަކެތި ހޯދުމާ ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދޭން. ލާރި އޮތީ އޭ ކިޔާފަ ދެން މަ ވީ އެ ހިފައިން ކައްވަޅަށް ދާންތަ މިތާ ފަގީރުން ޚަރަދު ކުރާނެ ލާރި ނެތީމަ؟ މިކަހަލަ ހަމަ ނުޖެހޭ މީހުން މިރާއްޖޭގަ އުޅޭތީ މިތަން ރަނގަޅު ނުވަނީ. ހަމަ ހަސަދަ ލުން ނޫން ކަމެއް ނޯވެ.
އަބްދުﷲ ޖަލީލު
23 May 2018
ހަގީގަތަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކޭ އެއްފަދައިން މިރާއްޖޭގެ ފައިސާގެ ގޮތުން ތަނަވަސް މީހުން ބޭނުމެއް ނުވޭ އެމީހުންގެ ދަރިން ފައިސާގެ ގޮތުން ތަނަވަސްކަމެއް ނެތް މީހުންގެ ދަރިން ކިޔަވަންދާ ސްކޫލުތަކަށް ފޮނުވަން. ވީމާ މިފަދަ ޕްރައިވޭޓް ސްކޫލު ތަކުން ކިޔަވައިދިނުމުގެ ފެންވަރު ދަށަށް އެމީހުން ބޭނުންވަނީ އެމީހުންގެ ގަދަރު ހިފެހެއްޓުމުގެ ގޮތުން މިސްކޫލްތަކަށް ފޮނުވަން.
ހެންވޭރު
23 May 2018
އަމީރު އަހުމަދު [ކުއްޔަށް] ދީފައިވަނީ ކިހިނެއްތޯ އެކަން އޭސީސީން ނުބެލެނީ ކީއްވެގެންތޯ؟ ދައުލަތަށް / ކުރީގެ ކައުންސިލަރުންނަށް ކިހާވަރެއް ލިބޭތޯ؟
ދީމާހު
23 May 2018
ތިޔައީވެސް ބަޔަކު ކުރާ ބޮޑު ވިޔަފާރި ގަނޑެއް. ނަތީޖާއެއް މާބޮޑު ނެތަސް މަތިމަތިން ކަންކަން އޮފްދާރުކޮށްލާ، ބޮޑެތި އަދަދުތަކުން ބެލެނިވެރިންގެ އަތުން ފީތައް ނަގަމުންދޭ
އިބްރާހިމް އަހުމަދު
23 May 2018
ތިޔަ ސްކޫލް ރަމަޞޯން މަހު ނިމޭގަޑި މެންދުރު ނަމާދު ވަގުތަށް ނޫން ގަޑިޔަކަށް ބަދަލުކޮއްުލުން ވަރަށް ރަނގަޅުވާނެ.
މުހައްމާ
23 May 2018
ތަޢުލީމު ކުރިއަރުވަނީތޯ ނުވަތަ ފަހަތަށް ގެންދަނީތޯ ދިރާސާއެއް ހެދުމަށް ފެނޭ. ޔަގީނުން އެނގޭ ކަމަކީ ރާއްޖޭގެ އެހެނިހެން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އެވްރެޖް ފެންވަރަށްވުރެ ތިޔަ ތަނުން ނުކުންނަ ދަރިވަރުންގެ އެވްރެޖް ފެންވަރު ދަށްކަން.
ދެކޮޅުވެރިޔާ
23 May 2018
ފެންވަރު ތިއީ ތިޔަހާ ފަސޭހައިން މިން ކުރެވޭ ކަމެއް ނޫން. މުހަމްމާ އަދި އެބަޖެހޭ ކިޔަވަން
12566
23 May 2018
މުއްސަދިންނަށް އަމާޒުކޮށްގެން ހިންގާ ސުކޫލަކަށް ސަރުކާރުގެ މަދަދު ދޭކަށް ނުޖެހޭ! ތިއައީ ގޯހެއް. އިމާރާތް ގަންނާނެ ފައިސާ އެމީޙުންނާ ބެލެނިވެރިންގެ އަތުގައި ހުންނާނެ.
ދެކޮޅުވެރިޔާ
23 May 2018
ރަގަޅު. ތައުލީމުގައި ވެސް ވިޔަފާރި އޮންނަންވާނެ. ގިނަ ފައިސާ ހުރި މީހުންގެ ދަރިންނަށް ފެންވަރު ރަގަޅު، ވަސީލަތްތައް ގާއިމުވެފައި ހުންނަ ސުކޫލުތައް ހުންނަންވާނެ. ނިކަމެތި އާދައިގެ މީހުންނަށް ސަރުކާރު ސުކޫލުތަކުން ފުރުސަތު އޮންނަންވާނެ. ރާއްޖޭގައި އޮންނަނީ ކޮމިޔުނިސްޓު ވެރިކަމެއް ނަމަ އެންމެން އެއްވައްތަރެއްގެ ސަމުސަލަކުން އެއްވައްތަރެއްގެ ތައްޓެއްގައި އެއް ކެއުމެއް ކާން ޖެހޭނީ. އިންޓަރނޭޝަނަލް ސުކޫލުތަކާއި ފައިސާ ނަގައިގެން ހިންގާ ސުކޫލުތައް ރާއްޖޭގައި ގިނަ ކޮށް ސަރުކާރު ސުކޫލުތަކާ ތަފާތުކޮށް މުޅިން ތަފާތު މާހައުލެއް ގާއިމުކުރުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަން ޖެހޭ، މިހާޜު ގިނަ ފަހަރަށް އިންޓަރނޭޝަނަލް ސުކޫލުތަކަށް އަގުބޮޑުކޮށް ފޮނުވީމާ ވެސް މި ލިބެނީ ހަމަ ސަރުކާރު ސުކޫލުތަކުން ލިބެން ހުންނަ ތަކެތި
ބޯހުދު
23 May 2018
މިހާރު ތައުލިމް އަކީ ބޮޑު ވިޔަފާރިއެއް ... މިއީކީ ރާއްޖޭގަ އެކަނި ވާކަމެއް ނޫން. ރާއްޖޭގެ ތަފާތަކީ ކޮރަޕްޝަންގެ އިތުރުން ފެންވަރު ވެސް ދަށީ ، ބެލޭނެ އޮނިގަނޑެއް ޤަވާއިދެއް ނެތުމުން ވިޔަފާރިވެރިންނަށް މިކަން ކުރަން ވަރަށް ފަސޭހަވެފަ ލިބޭ ފައިދާ ބޮޑުވޭ.
ހަމީދާ
23 May 2018
ރާއްޖޭގެ ތައުލީމީ ފެންވަރު ދަށް ކަމަށް ތިވިދާޅުވަނީ ކޮން މިންގަޑަކަށް ބަލާފަތޯ؟
ބޯހުދު
23 May 2018
ހަމީދާ ކިޔާލިންތޯ މިފަހުން މިނޫހުން ކިޔެވުމުގެ ފެންވަރާ ބެހޭގޮތުން ލިޔެފަ އޮތް ލިޔުމެއް. ކިޔަވާ ދެނީވެސް ވިޔަފާރިޔައް .. ކިޔަވަނީވެސް ހަމަ މަޤސަދެއްގަ. އެއްވެސް އިޙްލާސްތެރި ކަމެއް ނެތް ... މުޅި ޤައުމު މިއޮތީ ހަލާކުވެފަ.