ހުޅުމާލޭގެ ފްލެޓެއް ކައިރީގައި ޕާކިން ސިސްޓަމެއް ހެދުމަށް ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި. - ފޮޓޯ: މިހާރު
24 މެއި 2018 - 11:50
ކާރު ޕާކް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
ކާރު ޕާކް ކުރާ ސިސްޓަމްތަކެއް ގާއިމު ކުރަން އެޗްޑީސީން ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ނުވަ ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އެންމެ ކާރުބާރު ބޮޑު ބައެއް ސަރަހައްދުތައް ވެސް ހިމެނެ އެވެ. އެޗްޑީސީން ވަނީ ޕާކިން ސިސްޓަމްތައް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ބަހައްޓާ ނުވަ މެކޭނިކަލް ސިސްޓަމުގައި 318 ކާރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ. މި ޕާކިން ސިސްޓަމްތައް ބޭނުން ކުރާ މީހުންގެ އަތުން ފީއެއް ނެގުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ޕާކިން ސިސްޓަމްތައް ގާއިމު ކުރާ ތަންތަނަކީ ރޯހައުސް "މަށި"، ފްލެޓު 7، ފްލެޓް 5، ރޯހައުސް "ސަނދުރަ"، ފްލެޓު 122، ފްލެޓު 137، ގާޒީ ސްކޫލް، ރެޑްކްރެސެންޓް ބިލްޑިން އަދި 175 ނަންބަރު ފްލެޓު ކައިރި އެވެ. މީގެ ތެރެއިން ގާޒީ ސްކޫލް ސަރަހައްދު ބައެއް ގަޑިތަކުގައި މިހާރު ވެސް ވެހިކަލްތަކުން ތޮއްޖެހެ އެވެ.
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމު ކުރަން ނިންމި އިރު، މާލޭގައި ދުއްވާ އެއްޗެހި ގިނަވެ، ޕާކް ކުރާނެ ޖާގަ ނެތުމުން ހައުސިން މިނިސްޓްރީން ދަނީ ޕާކިން ސިސްޓަމްތަކެއް މާލޭގައި ބަހައްޓަމުންނެވެ. އެގޮތުން ވެލާނާގޭ ކައިރީގައި ކާރު ޕާކް ކުރާ ސިސްޓަމެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ހީނާމާގޭގައި ވެސް ޕާކިން ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭގެ އިތުރުން ގާކޮށީގައި އިމާރާތްކޮށްފައިވާ މާލޭ ސްކޮޔާގެ އިރުން އޮތް ހުސް ބިމުގަޔާއި، މާފަންނު އަސަރީ ކެފޭ ހިންގި ބިމުގައި ވެސް މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންއިޓް
24 May 2018
ހުޅުމާލޭގައި މެކޭނިކަލް ޕާރކިންގް ސިސްޓަމް ބަހައްޓަން ނިންމި ނިންމުން އެއީ ރަނގަޅު ކަމެކެވެ. އެކަމަކު ތިޔާއީ ދާއިމީ ހައްލެއް ނޫނެވެ. މެކޭނިކަލް ޕާރކިންގް ސިސްޓަމް އަކީ މެއިންޓެނެންސް ކޮސްޓް ބޮޑު އަދި މަދުން ކާރު ލެވޭ ސިސްޓަމް އެކެވެ. އެއާއި ޚިލާފަށް ހުޅުމާލޭގައި މިވަގުތު ހުސް ބިން އޮތްވާ އެޗްޑީސީން ލޯނެއް ނަގައިގެން ޗައިނާ ގެ ކޮންޓްރެކްޓަރ އަކަށް ނުވަތަ އެމްޓީސީސީ އަށް ދީގެން 50 ބުރިއަށް ކޮންކްރީޓް ސްޓްރަކްޗަރ އެއް ހަދަންވީ ކާރ ޕާރކިންގް ބިލްޑިންގް އެއް ގޮތަށް. އަދި ހުޅުމާލޭގައި މިހާރު އެސްޓީއޯ އިން ހަދާފައިވާ ހޮޓާ ބޭނުން ނުކޮށް އެގޮތަށް ބެހެއްޓުމުގެ ބަދަލުގައި އެހޮޓާ އިމާރާތް ކުޑަ ކުއްޔަކަށް ދޫކޮށްލަންވީއޭ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެކްސްޓެންޝަން އެއް ހަދަން މަމެންނަށް ޔަގީނޭ ޓްރީޓޮޕް އޯވަރ ފްލޯ ވާނެ ކަން 2019 ވަނަ އަހަރު ނިމޭއިރު. ވެން އިޓް ކަމްސް ޓު ޕާރފެކްޓް މެޑިކެއަރ ދެއަރ އިޒް ނޯ ލިމިޓް އިން އިޓް...
ޚިޔާލް123
24 May 2018
ހެޔޮނުވާނެ، ދުނިޔޭގެ މީހުން ކަންކުރާގޮތަށް ކޮއްބަލަ، ތިފަދަ މެކޭނިކަލް ސިސްޓަމްތަކަކީ، ޕަބްލިކްލީ ބޭނުން ކުރުމަށްވުރެ، ބޮޑެތި ކުންފުނިތަކާ ހޮސްޕިޓަލްތަށް ފަދަ ތަންތަނުގައި ޖާގަނެތިގެން ބޭނުންކުރަން ހަދައިފައި ހުންނަ ސިސްޓަމްތަކެވެ. އޭގެ ބަދަލްގައި ޕާކިން ހެދޭގޮތަށް ބިލްޑިންގތަށް ހުޅުމާލޭގައި ހެދިނަމަ ތިޔަކުރާ އިންވެސްޓަށްވުރެ 100 ގުނަ ރަގަނޅުވާނެއެވެ. އަދި އިތުރު މާބޮޑު މެއިންޓެނެންސެއްވެސް ނިހިގާނެއެވެ. މިހާރު މާލޭގައި ހީނާމާގޭގައި އެޖަހައި ސަކަރާތަށްވުރެ އެބިމުގައި ޕާކިން ބިލްޑިންގް އެއްއެޅިނަމަ ސަތާކަ ގުނަރަގަނޅުވާނެއެވެ. ހާދަ އެބަހީވެއޭ ތިޔަސިސްޓަމްތަށް ސަޕްލައި ކޮއްދިނުމުގައި އަޑިނޭގޭ ބާރުގަދަ ބޭފުޅަކު ހުރިހެން..
އެޗްޑީސީ
25 May 2018
100% ތާއީދު..
މަންސޫރު
24 May 2018
ކާކު ވިއްކާ އެއްޗަކީތަ މިއީ؟ މުއިއްޒޫ މީއްޗެއް ގަންނަން މިޖެހެނީ އަޅެފަހެ ކީއްވެތަ؟
ތެދު
24 May 2018
މޮޅު ކޮއްލަން މެކޭނިކަލް ޕާރކިން ސިސްޓަމްތައް ހަރުކުރާއިރު ބާލާލުން މުހިންމު މި ޑިވައިސްއަކީ ރާއްޖެއައް ކިހާ ބޭނުންތެރި އެއްޗެއްތޯ.. ސްވުޗަކުން ފިއްތައިގެން އެނބުރޭ އުނދޯޔެއްގަ ސައިކަލުތައް މި ޕާރކު ކުރަނީ... އިރު އިރު ކޮޅާ ސައިކަލު ތިރިކޮއް މަތި ކުރުމަކީ މި ޑިވައިސައްވެސް ކުޅަދާނަ ކަމަކައް ނުވާނެ... މިއިން ޑިވައިސްއެއްްގަ ޕާރކު މި ކުރެވެނީ އެންމެ ގިނަވެން 20 ސައިކަލު.. މީގެ 5 ޑިވައިސްގަ ޖުމްލަ 100 ސައިކަލު ވަރު... މާލޭ 20000 ވުރެއް ގިނަ ސައިކަލް އެބަ އޮތް....
ދިމުއިއްޒު
24 May 2018
މާލޭގަ ހީނާމާގެ ޕާކިންގް ޒޯނު ބޭނުން ނުކުރެވޭ ގޮތަށް ބަންދު ކޮއްގެން ތިޔަ ސިސްޓަމެއް ހަރުކުރާތާ ކިހާ ދުވަހެއްވެއްޖެ މިހާރު؟ ހަރުކޮއްފަ ހުރި ސިސްޓަމް ބޭނުމެއްނުކުރޭ. ތި ސިސްޓަމެއް ނެތި ތިތަން ޕާކުކުރަން އޮތް އިރު ތިތަނުގެ ބޭނުން ރައްޔިތުން ނަށް ކުރެވޭ. މިހާރި ތިއީ މުއިއްޒު ސްޓަންޓް ޖައްސަން ބޭނުން ކުރާ ބިމެއް.
ރަށްއިތުމީހާ
24 May 2018
ހީނާމާގޭ ހުރި ފާކިންސިސްޓަމްގަ ގަސްފަޅާފަ. މުއިޒް ކުރާކަމެއް ދެވަނަ ފަހަރަަށް ނުކޮށް ވޭތަ. ބަލަ މަޖީދީމަގު ސްވިންފޫލެކޭ ނެތް ތަފާތެއް. އިއްޔެ އޭ ބޮޑް ހަރަދް ކޮށްފަ ގާ އެޅީ
ފަލަޑޭ
24 May 2018
ދުނިޔޭގެ ތާކު ޓެކުނޮލޮޖީއެއް އޮތީއްޔާ އޭތިގެނެވޭތޯ ބަލާތި. ކީއްތަވާނީ ބިލްޑިންތައް ހުޅުމާލޭގަ ހެދިއިރު ޕާކިން ބޭނުންވާނެކަން ވިސްނައިގެންހެދިއްޔާ؟؟؟
އާރީ
24 May 2018
ހުޅުމާލޭގް ފާކުކުރާނި ތަންނެތީތަ މެކޭނިކަލް ފާކިން ސިސްޓަމް ބަހަށްޓަނީ. ތި އުޅެނި ރުފިޔާ ކޮޅެއް ޖީބަލަށް ލާނި ގޮތެއް ނޭގިގެން. މާލޭގަވެސް އެ ހެރަ ހުރެގެން ދަބަރަަށް ވަނީ ތި ބުނާ މެކޭނިން ސިސްޓަމް.
ޝާއްނާ
24 May 2018
މާނައަކީ ހުޅުމާލެވެސް މާލެފަދައިން ހަލާކުވެގެން ދަނީއޭ ، މާލޭއަކީވެސް މިހާރު ކޮންކުރީޓް ފެއިލްޑް ސިޓީއެއް ، ކޮންޖެސްޓްވެފައިވާ ޖަންގައްޔެއް ، ސައިކަލާޢި ކާރުގެ ޝޯރޫމެއް ، ހުރިހާ މަގުތަކެއްގެ ދެފަރާތް ފުރިބާރުވެފައި ، ހިނގާފައި އުޅުމަކީވެސް މިހާރު މާލޭގައި އެހާފަސޭހަކަމެށްނޫން ، އަޅުގަނޑު ހީއްކުރީ ހުޅުމާލޭ ސަލާމަތުން އޮންނާނެކަމަށް ،،، ސަރުކާރުގެ ސިޔާސަތު އެގޮަތަށް ބައްޓަންކުރާނެކަމަށް ، ނަމަވެސް އަޅުގަނޑަށް މިހާރު ޔަގީން ހުޅުމާލެވެސް ދާނީ ހަލާކުވެގެންކަމަށް ، ސަރުކާރުތަށް ހިނގުމާއި މިހަވާލުވަނީކީ އަސްލުގައި މާކަދުރުވިސްނުން ހުރިބައެއްނޫން ، ކޮންމެބަޔަކުވެސް ސިޔާސީ މޮޅުހުވަފެނާޢި ވާހަކަދައްކާފައި އެބައެއްގެ އަނބޮޑިބޮޑުކުރެވޭތޯ މިބަލަނީ ، ރޮނޑަކުން ހަނދަމާލައިގެން ގައުމު މިދަމާލަނީ ، ކޮންމެއަކަސް އަޅުގަނޑު ވަަރަށް ހިތާމަކޮއްފިން ،
ވިސްނާށ
24 May 2018
ބަލަ ތީކީ ހައްލެއް ނޫނޭ. ކޮން މެކޭނިކަލް ޕާކިން ސިސްޓަމްތަކެއްހޭ. ތަން ނެތިގެން އުޅޭ އިރު ތި ސިސްޓާމް ބަހައްޓަންވެސް އެބަ ތަން ބޭނުންވޭ ދޯ. ދެން އެތަންކޮޅޫ ނަގައިގެން އޭގެ މައްޗަށް ބުރިބުރިއަށް ނަގާފައި ހާހުން އެއަށް ވެހިކަލް ލީމާ ދެން އެތަކެތި އަބަދު އުޅޭނެ ދޯ މަގުމަތީ ގިނަވެގެން. މަގުމައްޗަށްދޯ ބާރު ބޮޑުވާނީ. އެއްމެން އެނަގައިގެން ދުއްވަން ފެއްޓީމާ މަގުގެ ނޯންނާނެ ދޯ ތަންކޮޅެއް ކުރިއަށްދާކަށް އެކަކުވެސް. ދެން ޓްރެފިކް ޖޭމްވެ ގަޑިއިރަށް ދެމިގެންދޯދާނީ. އެހެންވީމަ ތީކީ ކުރަން ނުވާނެކަމެއްކަން އަޅެފަހެ ނޭނގެނީހޭ. ކިހާ ދެރަކަމެއްހޭ. ކޮްނމެ ގޭބިސީއަކަށް ދީބަލަ އެއް ސައިކަލް. ނިމުނީނުން އެހިސާބުން. މިއާއެކު އާބާދީ ކޮންޓްރޯލް ކުރީމާ ނިމުނީ. އާބާދީ އެބަޖެހޭ ކޮންޓްރޯލް ކުރަން. އެކަން ނުކޮށް އެއްކަމަކަށްވެސް ނެތް މިގައުމަކު ހައްލެއް.