މާފުށީ ޖަލުގެ އާ އޮފީސް އިމާރާތް އަޅާ ތަން ސާފު ކުރުމުގެ މަސައްކަތް މުވައްޒަފުން ކުރަނީ: ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ފާސް ކުރާ މައްސަލަ ވަނީ އަނެއްކާ ވެސް އެޗްއާރުސީއެމް އަށް ހުށަހަޅާފައި.-- ފޮޓޯ: ކަރެކްޝަނަލް ސާވިސް
25 ޖުލައި 2016 - 14:28
މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ހުއްޓުވައިދޭން އެދި އަނެއްކާ ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.
ޖަލުގެ މުވައްޒަފެއްގެ ފަރާތުން އޭނާގެ ވަކީލު އެޗްއާރުސީއެމަށް ފޮނުއްވި ސިޓީގައި ބުނި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީން މާޗު 26 އަށް އޭނާ ޑިއުޓީ އަށް ޖަލަށް ވަތް ކޮންމެ ފަހަރަކު އޮރިޔާންކޮށްގެން ބަލައި ފާސްކޮށްފައިވެ އެވެ. އަދި ބުނީ މިހާރު ވެސް ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރަމުން ދާ ކަމަށެވެ.
ސިޓީގައި ބުނި ގޮތުގައި އެކަން ކުރަނީ ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް އެނގިގެން ކަމަށް ވާތީ، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް އެ މައްސަލަތައް ހުށަހަޅާފައި ނުވަނީ އެވެ.
"މާފުށީ ޖަލުގައި ހިންގަމުން ގެންދާ މި ނޭއްގާނީ އަމަލު ހުއްޓުވައި ދެއްވުން އެދި އަޅުގަނޑުގެ މުވައްކިލުގެ ފަރާތުން ދަންނަވަމެވެ،" ސިޓީގައިވެ އެވެ.
އޮރިޔާންކޮށްގެން ބަލައި ފާސްކުރާ މައްސަލަ މިދިޔަ އަހަރުގެ މާޗު މަހު އެންމެ ފުރަތަމަ އެޗްއާރުސީއެމް އަށް ހުށަހެޅީ ކަރެކްޝަންސްގެ ސަމާލުކަމަށް ގެނެސްގެން ވެސް ހައްލެއް ނުލިބުމުންނެވެ. ކަރެކްޝަންސުން އޭރު ދިން ޖަވާބަކީ އެކަން ކުރަނީ ޖަލުތަކާ ބެހޭ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެ މާއްދާގައި ބުނަނީ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށް ޑައިރެކްޓަރު އޮފް ޕްރިޒަންސް އަށް ފެނިއްޖެ ނަމަ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލު އޮފިސަރުން ނުވަތަ އެ ނޫން ވެސް މުވައްޒަފުންނާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރެވިދާނެ ކަމަށެވެ. އެކަމަކު، އެ މާއްދާގައި އެ ބުނާ ގަވާއިދު އަދި ހަދާފައެއް ނުވެ އެވެ.
ސިޓީގައި ބުނި ގޮތުގައި އެޗްއާރުސީއެމް އަށް ލާފައިވާ މައްސަލައިގައި އެ ކޮމިޝަނުން އެދުނު މައުލޫމާތު ކަރެކްޝަންސުން ދީފައެއް ނުވެ އެވެ. އެއީ އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން ކުށަކަށް ވިޔަސް، އެކަމާ މެދު އެ ކޮމިޝަނުން އަދި ފިޔަވަޅު އަޅާފައި ނުވާކަން ވެސް ފާހަގަކުރި އެވެ.
"އަޅުގަނޑުގެ މުވައްކިލު ހުށަހަޅާފައިވާ މަތީގައި ބަޔާން ކުރެވުނު މައްސަލަ ބައްލަވައި އެ މައްސަލައިގައި ނިންމަވާ ގޮތެއް އަންގަވައި ދެއްވުން އެދެމެވެ. އަދި އެ ކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި ދެއްވަން [އެދެމެވެ]،" ސިޓީގައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasanu
25 July 2016
އެކަހަލަ ކައްތައް ކުރައްވާނީ ހެދިފައިވާ ގާނޫން ތަކުގެތެރެއިން. ޤާނޫން ހެދިފަނެތުން އެއީ ތިޔަތަނުގެ ނުކުޅެދުންތެރިކަން
އަލިފުއަލިފު
25 July 2016
ޢިންސާނީ ކަރާމަތަށް އަރައި ގަނެގެން ނުވާނެ.މިނޫންެއެހެން ގޮތަކަށް މިކަން ކުރުރެވެން ވާނެ.
ޖޭޑް
25 July 2016
ދެން އޮރިޔާން ނުކުރާ ވަޒީފާއެއް ހޯދަންވީނު ތީހާދަ ބޮޑު މޮޔައެކޭދޯ
ޢިބްރާހިމް
25 July 2016
ތިޔައީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް.އެއީ ޖަލަށް ވައްދަން ނުޖެހޭ ބާވަތުގެ ތަކެތި ވައްދަނީ އެމީކަމަށް ވެދާނޭތީއެވެ.
ހާމަ
25 July 2016
ފާސްކުރަން އުޅޭ ޤާނޫނު ފާސްވީމަ މިކަހަލަ ޚަބަރެއްވެސް ނުޖެހޭނެ. ދެން ހަމައެކަނި ޖެހޭނީ ރައީސް ކޮންމެވެސް ތަނެއް ހުޅުއްވައިދެއްވި ވާހަކަ އެކަނި
Adam
25 July 2016
ފުރަތަމަ ބަލާބަލަ ބަރަހަނާކޮށް ކުރަން ޖެހުނު ސަބަބު.. މަސްތުވާ ތަކެތި ފޮރުވައިގެން ގެންގުޅޭ ފުރަގަސް ފަރާތުގަ. ޢެހެންވީމަ ބަލަންޖެހެނީ... ޤައިދީންގެ 60% މީހުން ހުންނަނީ ޕައިލްސް މައްސަލަ ދިމާވެފަ މި ގޮތައް ފުރަގަސް ފަރާތައް ތަކެތި ޖަހާ ޖަހާ....
ކުޑަގޮޅި
25 July 2016
ބަލަންޖެހޭ ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި އެއްޗެހި ވައްދާތީ ތިހެންވަނީ.
ހަސަނު
25 July 2016
އެއްގޮތަކަށް ލަދު ގަންނާނެ ކަމެއް ނެތް.. މިރާއްޖޭގައި އެންމެން މި ތިބެނީ އޮރިޔާންވެފަ... އެންމެ ބޮޑު މީހާއިން ފެށިގެން ހުސް އޮރިޔާން...
ސީ.ޕީ
25 July 2016
ކޮންމެ ކަމެޢް ކުރަންވެސް އުސޫލްތަަަަކެއް އޮންނާނެ ދޯ ..
ޢަބްދުﷲ
25 July 2016
މިކަމަކީ ކުރަން ރަނގަޅުނޫން އެކަމަކުވެސް ބައެއް މުވައްޒަފުންގެ ޢަމަލުތައް ހުންނަގޮތުން އެކަންކުރަންޖެހެނީކަމަށް ފެންނަނީ، އެއީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަނިކޮށްނާއި ފޯނުފަދަ ތަކެތި އެތެރެކުރަނިކޮށްވަނީ އަތުލައިގެންފައި އެހެންވީމާ މިކަންކަމަށްވެސް ހައްލެއްހޯދަންޖެހޭ!