ޑައިރެކްޓަރު އަބިޝެކާ އެކު، ސާރާ: މައްސަލަ މިހާރު ވަނީ ކޯޓުން ބޭރުގައި ހައްލުކޮށްފައި.
01 ޖޫން 2018 - 09:24
ސާރާ އަލީ ހާން ސޮއިކުރި ފުރަތަމަ ފިލްމް "ކެދަރްނާތު" ގެ މަސައްކަތް ނުނިމެނީސް، އެހެން ފިލްމަކަށް ސޮއިކޮށް، އެ ފިލްމްގެ ޝޫޓިން އަށް ވަގުތު ދެވެން ނެތް ކަމަށް ބުނި މައްސަލާގައި ޑައިރެކްޓަރު އަބީޝެކް ކަޕޫރް ކޯޓަށް ހުށަހެޅި މައްސަލަ އެންމެ ފަހުން ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމް "ސިމްބާ" ގެ ޝޫޓިން މި މަހު ފަށަން ތާވަލުކޮށްފައިވާތީ، "ކެދަރްނާތު" އަށް ވަގުތު ދެވެން ނެތް ކަމަށް ސާރާ ވަނީ ކުރިން އަންގައިފަ އެވެ.
މި މައްސަލާގައި އަބީޝެކް ވަނީ އެއީ ސާރާގެ އެގްރިމަންޓާ ވެސް ހިލާފު ކަމެއް ކަމަށް ބުނެ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސާރާގެ އަތުން 5 ކްރޯޑް ރުޕީސް ނަގައި ދޭން އެދި ކޯޓަށް ހުށަހަޅައިފަ އެވެ.
ނަމަވެސް ކޯޓުން ބޭރުގައި މައްސަލަ ނިންމީ ދެ ފިލްމްގެ ޕްރޮޑިއުސަރުންނާއި ސާރާ އާއި އޭނާގެ ބައްޕަ ސައިފް އަލީ ހާން ވެސް ކުރި މަޝްވަރާތަކަށް ފަހު އެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ދެ ފިލްމްގެ ޝޫޓިން އެއްފަހަރާ ސާރާ ކުރިއަށް ގެންދެވޭނެ އެވެ.
We clean up pretty nice. 30th nov it is. #savethedate everyone #jaibholenath 🙏🙏#rsvp @RonnieScrewvala @pragyadav_ @gitspictures #kedarnath #kedarnaththemovie @itsSSR #saraalikhan pic.twitter.com/Ne34cl8rRX
— Abhishek Kapoor (@Abhishekapoor) May 8, 2018
"ކެދަރްނާތު" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފައި.
ފާހަގަކޮށްލެވޭ ކަމަކީ މިދިޔަ އަހަރު "ކެދަރްނާތު" ގެ ޑައިރެކްޓަރާއި ފިލްމްގައި ކުރިން ހިއްސާވި ކްރިއާޖް އެންޓަޓައިންމަންޓާ ދެމެދު މައްސަލަތައް ޖެހުނު އިރު، ފިލްމްގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާ ކަމެވެ. އެހެންވެ ބާކީ ނަގަން ހުރީ މަދު މަންޒަރުތަކެކެވެ.
"ކެދަރްނާތު" އަކީ 2013 ގައި އުއްތަރުކަންދު ސްޓޭޓަށް ކުރި ގަދަ ވިއްސާރައިގައި އެ ސްޓޭޓް ފެނުއަޑި އަށް ދިޔަ ހާދިސާގެ ތެރެއިން ހިނގާ ހިޔާލީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. ފިލްމަށް ނަން ކިޔާފައި ވަނީ ޓޫރިސްޓުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ އުއްތަރުކަންދްގެ ކެދަރްނާތު ފައްޅި އަށް ނިސްބަތްކޮށެވެ.
Sara Ali Khan govaoige Director Abhishek Kapoor Courtah
The most trusted news source in the Maldives
Mihaaru
"ކެދަރްނާތު" އަކީ ސާރާ ސޮއި ކުރި ފުރަތަމަ ފިލްމް.
ސާރާ އާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެނިގެންދާ "ކެދަރްނާތު" މިހާރު ޕްރޮޑިއުސް ކުރަނީ ރޯނީ ސްކްރޫވާލާ އެވެ. މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 30 ގަ އެވެ.
ރަންވީރް ސިންގްއާ އެކު ސާރާ ކުޅޭ "ސިމްބާ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 28 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy