ފްލެޓަށް އެދޭ ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި: ފޯމު ބަލައިގަތުމަށް ކިއުބީ އެޕްލިކޭޝަނުން ނަމްބަރު ދޫކުރާ ގޮތަށް ހަމަޖެއްސީ ކިޔޫގައި ނުޖެހި ފަސޭހަ އިންތިޒާމެއް ހަމަޖައްސަން ކަމަށް މިިނިސްޓްރީން ބުނޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު
02 ޖޫން 2018 - 22:37
ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7،000 ފްލެޓަށް އެދި ފޯމު ހުށަހަޅަން ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތައް 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ. އެ ފޯމުތައް މާދަމާ އިން ފެށިގެން އަންނަ ޖުލައި 31 ގެ ނިޔަލަށް ބަލައިގަތުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ ފްލެޓަށް އެދޭ ފޯމު، ކިއުބީ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެއްސީ، އާއްމުން ކިއޫގައި ނުޖެހި ވީހާވެސް ފަސޭހަ އިން ފޯމު ލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ. ފޯމު ބަލައިގަތުމުގެ ނަމްބަރު ދޫކުރަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެންނެވެ.
ސްމާޓް ފޯނުތަކަށް، ކިއުބީ އެޕްލިކޭޝަން ޑައުންލޯޑް ކުރޭވޭނެ އެވެ.
ކިއުބީން އަމިއްލަ އަށް ނަމްބަރު ނެގޭއިރު، ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރާނެ އެވެ.
"ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރާނީ ކިއުބީ ސިސްޓަމްގެ ތެރެއިން. ބޭނުމަކީ ފޯމު ހުށަހަޅަން ތޮއްޖެހި، ތަކުލީފު އުފުލަން ނުޖެހޭނެ ލުޔެއް ހޯދައި ދިނުން. ކޮންމެ ދުވަހަކު ވެސް ފޯމުތައް ބަލައިގަނެވޭ މިންވަރަކަށް ފޯމު ދޫކުރާނީ،" ފަޒާލް ވިދާޅުވި އެވެ.
ރޯދަ މަހު، ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:30 އިން މެންދުރު 1:30 އަށް، އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަަށް ދަރުބާރުގެ އިންނެވެ.
QueueBee - Apps on Google Play
Bored and tired of long queue in waiting area? It is time to change the way you queue. QueueBee Mobile Queue allows you to get a queue number using your smartphone. It’s the perfect way to monitor & track your real time queue status remotely using only smartphone without the need to be physically ch…
އެންޑްރޮއިޑް ފޯނަށް ޚާއްސަ ކިއުބީ އެޕްލިކޭޝަން
ފަޒާލް ވިދާޅުވި ގޮތުގައި ކިއޫގައި ނުޖެހި ފޯމު ހުށަހެޅޭނެ މުއްދަތު ހައުސިން މިނިސްޓްރީން ވަނީ ދީފަ އެވެ. ޖުލައި 31 އާ ހަމައަށް ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވާއިރު، އެ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފޯމު ނަގަނީ އުމުރުން 18-40 ދެމެދަށް ޚާއްސަ ކުރި ކެޓަގަރީންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.
އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާސް
03 June 2018
ތިޔަ ފުލެޓް ތަކެއް އަޅާފައިހުރީ ކޮންތާކުތޯ ބަލާ ރައިއްޔަތަކު މިރާއްޖޭގައި އެބަ އުޅޭބާވައޭ ހިތަށް އަރާ ބިންހަމަނުޖެހިގެން އުޅޭ އިރު ފުލެޓްދީ ތިޔޮއްގެން ނިންމަނީ ހުށް ގުނބޯލި
އެދުރު
03 June 2018
ފޯމް އޮންލައިންކޮށް ލިބޭކަށް ނުހުރޭތަ؟ އޮނަލައިންކޮށް ނަމްބަރު ދޫކުރީމަ ނިމުނީކީ ނޫން ދޯ ފަޒާލް؟
ސިނާން
03 June 2018
ފޯމް އޮންލައިން ކޮށް ވެސ ލިބޭ
22222
03 June 2018
ގޯތި ނުދެންޏާ ވޯޓު ނުދޭނަން. ތިޔަ ފްލެޓް ދިނަސް ވޯޓެއް ނުދޭނަން.
ކިއު
03 June 2018
ކިއުގަ ޖެހެންޖެހޭނީ ނަންބަރު ނަގަން ލޮލްސް. ކިޔުއަށް ދާންޖެހޭނީ ކިއުބީ އެޕް ރެސްޕޯންޑު ނުކުރާތީ.
ޖިންސް މަނިކް
03 June 2018
މަނިކުބެ ބޮޑުވަމުން އައިރު ހުވަފެނުން ބެލީ ބިންމަތީގައި ގެއަޅައިގެން މޭވާގަހާއި ގޮދަނުގެ ބާވަތްތައް އިންދާ ބޮކަރު ތެޔޮހާކައިގެން ފެންޑާނުގަ އަނބިގޮއްޔާއި ދެމީހުން އުދޯލި ހެއްލާ އަދި ކުދިންކޮޅު މެދުއަތީގައި ކުޅެނަގާ މަންޒަރު ބެލުމުގެ ހުވަފެންތަކެވެ. ކަމަކުދާކަތްނެތެވެ. މިއަދު ސިޑިން އަރާ ގޮޅި ގޮޅީ ތާށިވެ މީހާގެ ލޭމިވަނީ މައްޗަށް އެރިހެން މަތިވެ ތިރިނުކުރެވި އަދި މިފެންނަނީ ހައެއްކަ މޮޔަމީހުން ކުލަޕާޓީ ހަދާ މިކުލަތަކުގެތެރޭ މީހުންތާށިވެ މޮޔަބަޔަކަށް މުޅިގައުމުވެ ނިމި މީހުންގެ ލޮލުވިހައިގަޖެހި ގައުމު ތަންމަތިވެ ރަށުގޯތި ވީރާނާވެ ޅައިރު އުޅުނު މަގުތައް އަސަރުން ގޮވާ ނަަގަމުންދާ ހަގީގީ ހުވަފެންތަކަކަށެވެ.
ފިކްސްއިޓް
03 June 2018
ފްލެޓް ފޯމު ހުށަހަޅަން ނަމްބަރު ނަގަން ޖެހެނީ ކިއުބީ އިން ކަމަށް ހައުސިންގް މިނިސްޓްރީން އެންގުން އެއީ އުފާވެރިކަން ލިބިގެން ދާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ މިފަހަރު މާލެ ސަރަހައްދުން ފްލެޓްސް ތައް ބޭނުންވާ އެންމެންނަށް ފްލެޓްސް ތައް ލިބިގެންދާނެ ކަމަށް މާލެ ސަރަހައްދުން ފްލެޓްސް ބޭނުންވާ އެންމެންނަށް ސަރުކާރުން މަހަކު 1 ހާސް ރުފިޔާ ކުއްޔެއްގެ ގޮތުގައި ދީފިނަމަ މަމެންނަށް ޔަގީނޭ ދެން ރާއްޖޭގައި އިންފްލޭޝަން ދަށްވެ އަޑި ޑޮލަރުގެ އަގުވެސް ދަށް ވެގެން ދާނެ ކަމަށް ޑޮލަރެއް 10 ރުފިޔާ އަށް ދާނެ އެވެ. ރާއްޖޭން ވިޔަފާރި ތަަކަށް ޑޮލަރު ބޭރުކުރާ ވަރަށް ވުރެން މަދެއް ނޫން ރާއްޖޭން ބޭރަށް މެލޭޝިއާ އަށް އަދި ލަންކާ އަށް އަދި އިންޑިއާ އަށް އަދި ސިންގަޕޯރ ގައި ދިރިއުޅޭ މީހުންނަށް ދާ ފައިސާ. މިފައިސާ އަކީ އެއީ ނިކަމެތި ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ހޯދާ ފައިސާ އޭ މިފައިސާ މަޖްބޫރުން އެމެން ލައްވާ މާލޭގެ ބިންވެރިންނަށް ދިނުމުން ނިކުންނަ ނޭދެވޭ ނަތީޖާއޭ މީ މިކަން ހައްލުކުރާށޭ ސަރުކާރުން.
ޙުސެން
03 June 2018
ޖަރީމާ ވަޅުލާފޯމް.
ކޯޓުންދިންޕާޓީ
03 June 2018
ހާދަ ޕާމިޝަންއެއް ބޭނުންނާ އެޕެއް
ޝާއްނާ
03 June 2018
ދުނިޔެ މިހާރު އެނބުރެމުން މިދާ ގޮތުން ފްލެޓްތަކުގައި ކޮންކުރީޓް ބޮކްސް ތަކުގައި ދިރިއުޅުން ވެގެންދާނީ މީހުންނަށް ކަމުނުދާ ކަމަކަށް ، އާރބަން ހޯމް ލިވިންގއަށް މީހުން ރުޖޫއަ ވާނެ ، ޙާއްސަކޮށް މިހައަރަކީ އެޒާތުގެ ބަދަލުތަށް އަންނަމުންދާނެއަހަރެއް ، ދުނިޔެއާއި ސޯލަރސިސްޓަމް ޒޯޑިއެކް ވަށައި ޖެހި 24 ހާސްއަހަރުގެ ބުރު ހަމަވެއްޖެ 2012ގައި ، އެއަށް ކިޔާއުޅޭ ނެނޯސެކަންޑޭވެސް ، ، މިހާރު އަނެއްބުރު ފެށިގެންމިދަނީ ، ހުރިހާ ޕްލެނެޓްތަކާއި އޭގެ ވައިބްރޭޝަންއާއި ހުރިހާ ކަމެށް ވަނީ ގުޅިލާމެހިފައި ، މީއެޓޮމްގެ ދުނިޔެ ނޫނީ 3 ވަނަ ޑައިމެންޝަން ، ޑެންސް އެންވަޔަރމެންޓް ، ހުރިހާކަމެށް ޝިފްޓްވަމުންދާނީ ، އިންސާނުންނަށްވެސް ބޮޑެތި ބަދަލުތަކެށް އަންނަމުންދާނި ، މީއަޖައިބުން ފުރިގެންވާ ފުރިހަމަ ކާއިނާތެއް ، މީޙަކު ވިސްނާފައިއްޔާމުން އީސޯޙްވާވަރުވާނެ ، އެހިސާބުން އޮޓޯއިން ކިޔޭނީ ﷲ އަކުބަރު ،
ވާލުސޮރު
03 June 2018
އިންސާނީ އާބާދީގެ ތެރެއިން ބުއްދީގެ ބޭނުން ފުރިހަމަ ގޮތުގަ ހިފަން އިނގެނީ އެންމެ %5 މީހުންނަށޭ ކަމުގެ ތަޖުރިބާކާރުން ބުނަނީ ކަމެއްވެގެން. އެއީ ޝާއްނަ ކަހަލަ ވިސްނޭ މީހުން މަދުކަމުން.
ރައި
02 June 2018
ކޮބާހޭ ކުރިން ލީ 15،000 ފޯމް. ކޮންމެ 2 އަހަރަކުން ހުވަފެނީ ފްލެޓް ދެނީނު ތި. މިހާރު ކުރީފަހަރު 100ޕޮއިންޓް ލިބުނު މީހުން ޝަރުތު ހަމަ ނުވާނެ ކަން ޔަގީން. މީ ބޮޑު ޖޯކެއްނު، ރައްޔަތުން ގުބޯ ހެއްދުން ނޫން ކަމެއް އެބަ ކުރޭތަ.