ނޯޑިކް ޑައިޓެއް ފޮލޯ ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ ކަމެއް.
05 ޖޫން 2018 - 08:03
މެޑިޓެރޭނިއަން ޑައިޓަކީ ސިއްހީ ފައިދާތައް ބޮޑު އެއްޗެއްގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. ނޯޑިކް ޑައިޓަކީ ވެސް ހަމަ މި ފާޑެއްގެ ޑައެޓެކެވެ.
ސިއްހަތަށް ބަލައިގެން ދުޅަހެޔޮ ދިރުއުޅުމަކަށް ރުޖޫއަވާން ބޭނުން ނަމަ މެޑިޓެރޭނިއަން ނުވަތަ ނޯޑިކް އިހުތިޔާރު ކުރެވިދާނެ އެވެ. ނޯޑިކް ޑައިޓްގެ ނަން ދީފައި މި ވަނީ ޑެންމާކާއި އައިސްލޭންޑާއި ފިންލޭންޑާއި ނޯވޭ އާއި ސްވިޑްން ފަދަ ގައުމުތައް ހިމެނޭ ސަރަހައްދަށް ނިސްބަތްކޮށްފަ އެވެ.
މެޑިޓެރޭނިއަން ޑައިޓާ އެއްގޮތަށް ނޯޑިކް ވެސް ބޮޑަށް ބިނާ ވަނީ ހޯލް ގްރެއިން އާއި ތަކުކާރީ (ކެބެޖާއި ރޫޓް ވެޗެޓަބަލްސް/ ކެރޮޓް، އަލުވި، ރެޑިޝް ފަދަ ބާވަތްތައް) މޭވާ (ބެރީޒް) އާއި ފެޓީ ފިޝް (މެކަރަލް/ސޭމަން) ފަދަ ބާވަތްކުންނެވެ. އަދި މި ޑައިޓް ފޮލޯ ކުރާ ނަމަ ހަކުރު ގިނަ އެއްޗިއްސާއި ޖަންކް ފުޑް ކަހަލަ ބާވަތްތަކާ ދުރުވާން ޖެހޭނެ އެވެ.
ހަމައާ އެކު މަތީ މިންވަރަށް ފެޓްގެ ބާވަތްތައް އެކުލެވޭ ސޮސެޖާއި ބޭކަން ފަދަ ބާވަތްތަކަށް ވެސް ނޫނެކޭ ބުނަން ޖެހޭނެ އެވެ.
The Nordic diet used to be heavy on meat, low on vegetables. But the New Nordic diet focuses on berries and fruits, fish, legumes, vegetables and whole grain cereals. #healthydiet #beatNCDs pic.twitter.com/3ffWli7emK
— WHO/Europe (@WHO_Europe) May 7, 2018
ޑަބްލިއުއެޗްއޯގެ ޓްވީޓެއް.
ނޯޑިކް ޑައިޓްގެ އެންމެ ހާއްސަ އެއް ސިފައަކީ ކާން ބޭނުން ކުރާ ތެޔޮ ވެސް ތަފާތުވުމެވެ. މެޑިޓެރޭނިއަން ޑައިޓްގައި އާންމުކޮށް ބޭނުންކުރާ އެއްޗަކީ ޒައިތޫނި ތެޔޮ ކަމަށް ވިޔަސް ނޯޑިކް ހާއްސަ ވަނީ ރޭޕްސީޑް ނުވަތަ ކެނޯލާ ތެލަށެވެ. ކާ ތަކެތި ތައްޔާރު ކުރަން މި ތެޔޮ ބޭނުން ކުރުމުން، ހަށިގަނޑުގައި އުފެދޭ ބޭޑް ކޮލެސްޓްރޯލްގެ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެ އެވެ.
ނަތީޖާއަކީ ނޯޑިކް ޑައިޓަށް ތަބާވާ މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ނުރައްކާތަކުން ވެސް ސަލާމަތްވުމަށް ބާރު އަޅައި ދިނުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ބުނެފައިވާ ގޮތުގައި ނޯޑިކް ނުވަތަ މެޑިޓެރޭނިއަން ޑައިޓާ އެއްގޮތަށް ކެއުމުގެ ވައްޓަފާޅި ބަހައްޓާ ނަމަ ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްލޭޝް
05 June 2018
މެޑިޓެރޭނިއަން ޑައެޓަށް ފަހު ނޯޑިކް ޑައިޓް ވެސް އެއީ ހަށިގަނޑަށް ފައިދާ ހުރި ޑައެޓް އެކެވެ. އެކަމަކު ދުނިޔޭގައި އުފައްދާ ޑައެޓް ރެސިޕީ ތަކުގެ ތެރޭން އަދި ވެސް އެއްވަނަ މަގާމް ދިފާއު ކުރަނީ އޮގަނިކް ފުޑް ހިމަނައިގެން ޖަޕާނުގައި ތައްޔާރު ކުރާ ޑައިޓް އެވެ. އެޑައިޓް ގައި ނިއުޓްރިޝަން އިންތިހާ އަށް މަތިވެފައި ކޮލޮސްޓްރޯލް އިންތިހާ އަށް ދަށް ކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި މަމެން މަޖީދީމަގުގައި މާލޭގެ ޕްރައިމް ޓައިމް ގައި ހިނގާފައި ދާއިރު ފިރިހެނަކު ނަމަ ބަނޑެއް ހުރޭ ދެން އަންހެން ވެރިން ނަމަ ވަރުގަދަ ބުޑެއް ހުރެފައި އެމެން ވެސް ބަނޑެއް ހުރޭ. ރާއްޖޭގެ ޒުވާން އަންހެން ކުދިންނަށް ހީވަނީ ޕިއްޒާ އަދި ބާރގަރ އެއީ އެންމެ ރަނގަޅު ކާނާ ކަމަށް ޕިއްޒާ އެއީ އަންހެން ކުދިންގެ ހަށިގަނޑަށް ރަނގަޅު ކާނާ އެއް ނޫން ސްޕެޝަލީ ރާއްޖޭގެ ޕިއްޒާ ހަޓް ގައި އެއުފައްދާ ޕިއްޒާ އަކީ އެއީ ޕިއްޒާ ހަޓް ގެ އިންގްރީޑިއެންޓެއް ނޫނޭ.