ދުނިޔެ / ހައްޖު

އީރާނުގެ ހައްޖު ވަފުދެއް ސައުދީ އަށް ފޮނުވައިފި

ހައްޖުގެ އަޅުކަމުގައި ބަޔަކު ބައިވެރި ވަނީ: މި އަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުން މީހުން ނުފޮނުވާނެ ކަމަށް ވަނީ ބުނެފައި. --ފޮޓޯ:ބީބީސީ

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި އީރާނު މީހުން ބައިވެރި ވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ ގައުމުގެ ވަފުދެއް މިއަދު ސައުދީ އަރަބިއާ އަށް ހިނގައްޖެ އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުނީ ހަ މީހުންގެ މައްޗަށް އެކުލެވޭ ވަފުދެއް ސައުދީ އަށް ދިޔައީ ސައުދީ ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ކަމަށެވެ. އީރާން ވަފުދުގެ މަޝްވަރާތައް ބާއްވާނީ ބުދަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި މީހަކު ގެންދަނީ

މި މަހު 12 ވަނަ ދުވަހު އީރާނުގެ ކަލްޗާ މިނިސްޓަރު އަލީ ޖަންނަތީ ވިދާޅުވީ ކަންތައްތައް ހުރި ގޮތުން އީރާނު މީހުން މި އަހަރު ހައްޖަށް ނުދާނެ ކަމަށެވެ. އެއީ އީރާނާއި ސައުދީ އަރަބިއާ ދެމެދު ސިޔާސީ ގުޅުން ކަނޑާލާފައި އޮތުމުން އީރާން މީހުންނަށް ސައުދީން ވިސާ ދިނުމަށް ދަތިތަކެއް ދިމާވުމުންނެވެ. ސައުދީން ބުނެފައި ވަނީ އީރާން މީހުން ވިސާ ބޭނުން ނަމަ ތެހެރާނުގައި ހުންނަ ސްވިޒަލެންޑުގެ އެމްބަސީ މެދުވެރިކޮށް ވިސާ އަށް އެދެވިދާނެ ކަމަށެވެ.

އީރާނާއި ސައުދީ އަރަބިއާގެ ގުޅުން ގޯސްވެފައި ވަނީ ޝިއާއީންގެ ދީނީ އިސް ލީޑަރަކަށް ސައުދީން މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކުގައި ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީގައި ވަނީ ރޯކޮށްލައިފަ އެވެ.

"ކަންތައްތައް ހުރި ގޮތުން އީރާނު މީހުން މި އަހަރު ހައްޖަށް ނުދާނެ،" އީރާނުގެ ކަލްޗާ މިނިސްޓަރު އަލީ ޖަންނަތީ

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން މަރުވި 2،300 މީހުންގެ ތެރޭގައި އީރާނުގެ 464 މީހުން ހިމެނެ އެވެ. --އޭއެފްޕީ

13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 31%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454