ަދިރާގު ހެޑް އޮފީސް: ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ފެށި މުބާރާތުގައި ނަސީބުވެރިންނަށް އައިފޯން 5އެސްއީ އާއި ހިލޭ ޑޭޓާ ލިބޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
26 ޖުލައި 2016 - 15:33
މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅޭ ފޮޓޯތައް، ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްގެން ހާއްސަ ހަދިޔާތަކެއް ލިބޭ މުބާރާތެއް ދިރާގުން ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި އިންސްޓަގްރާމަށް މިނިވަން ދުވަހާ ގުޅުންހުރި ފޮޓޯ އެއް އަޕްލޯޑު ކޮށްގެން، އެންމެ ގިނަ ލައިކް ލިބޭ ފޮޓޯ އާއި ދިރާގުގެ ޖަޖުންގެ ޕެނަލްއަކުން ކަންޑައަޅާ އެންމެ ރީތި ފޮޓޯ ޕޯސްޓްކުރާ ދެ މީހުންނަށް އައިފޯން 5އެސްއީއެއް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.
ދިރާގުން ބުނި ގޮތުގައި މި ފޮޓޯ މުބާރާތުގައި ބައިވެރިވުމަށް ޕޯސްޓް ކުރާ ކޮންމެ ފޮޓޯއެއްގައި ހޭޝްޓެގް "July26withDhiraagu" ޖެހުމަށް ފަހު ދިރާގުގެ އެކައުންޓް ޓެގް ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި ދިރާގުގެ އެކައުންޓުން ކުރާ މިނިވަން ދުވަހުގެ ހާއްސަ ޕޯސްޓަށް މުނާސަބަތާ ގުޅުން ހުރި ކޮމެންޓެއް ކޮށްގެން 51 ނަސީބުވެރިން ހޮވުމަށް ވަނީ ނިންމައިފަ އެވެ.
ދިރާގުން ބުނި ގޮތުގައި މި ޕޯސްޓަށް ކޮމެންޓު ކޮށްގެން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 10 ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އަދި މި ޑޭޓާ އެ ކަސްޓަމަރުންނަށް އެއް މަސް ދުވަސް ވަންދެއް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިއްލެ
26 July 2016
ޔޫރޯގެ ނަތީޖާ އަދިވެސް ފާޅު ނުކުރޭ
ހަމްބެ
27 July 2016
ދޭންވާ މީހާ އުޅޭހިސާބެއް ނޭގޭތީވެ ކަންނޭގެ!!!