ޚަބަރު / އިލެކްޝަންސް ކޮމިޝަން

މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު: އީސީ

އިންތިހާބުގެ ތާރީހު އިއުލާންކުރަން ބޭއްވި ރަސްމިއްޔާތުގައި އީސީގެ ރައީސް ޝަރީފްއާ އެކު ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަންނަ ސެޕްޓެމްބަރު، 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބާއްވާނެ ތާރީޚް އިއުލާން ކުރަން، އިންތިހާބާ ބެހޭ މައި މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އެ އިންތިހާބު އޮބްޒާވު ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް، އާއްމުކޮށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން އަށް ގައުމެއްގެ އިންތިހާބާ ބެހޭ އިދާރާތަކަށް ދައުވަތު ފޮނުވަން ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން ޔޫރަޕިއަން ޔޫނިއަން(އީޔޫ) އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ކުރީގެ އިންތިހާބުތަކާ ޚިލާފަށް، މި އިންތިހާބު ވާނީ ރައްޔިތުންގެ އިތުބާރު ބޮޑު އިންތިހާބަކަށް. ގާނޫނީ ގޮތުން ސިއްރު ކުރަން ޖެހޭ ކަމެއް ނޫނީ ސިއްރެއް ނުކުރާނަން،" ޕާޓީތަކުގެ އިސްވެރިން ބައިވެރިވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީޑިއާތަކުގެ މޮނީޓަރުންގެ ގޮތުގައި އެކަމަށް އެކަށީގެން ނުވާ މީހުން ކުރީގެ އިންތިހާބުތަކުގައި ހަރަކާތްތެރިވެފައިވެ އެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ކަން ކަމާމެދު ބަސް ބުނުމުގެ ފުރުސަތު މޮނީޓަރުންނަށް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު މޮނީޓަރުންގެ ގޮތުގައި ކަނޑައަޅާ މީހުންނާ، މީޑިއާތަކާ ދެމެދު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގެ ސަލާމަތީ ކަންކަމަށް އަލިއަޅުވާލައްވައި ޝަރީފް ވިދާޅުވީ އަމާންކަން ގެއްލޭގޮތަށް ކުރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ފުލުހުންނާ ވަރަށް ގާތުން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ނުފޫޒު އިލެކްޝަންސަށް ފޯރާފައިވާ ކަމުގެ ތުހުމަތު ކުރަމުން އައި ނަމަވެސް ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް އެކޮމިޝަނުން ނުކުރާނެ ކަމަށް ޝަރީފް ތަކުރާރުކޮށް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑާރު ޑރ. ހުސައިންއާ ސަލާމް ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އިލެކްޝަން ކޮމިޝަން ހަރަކާތްތެރިވާނީ އެއްވެސް ކަމެއްގައި ގާނޫނީ އިމުން ބޭރު ނުވެ. އެއްވެސް ޕާޓީއަކަށް ވެސް ގާނޫނުން ބޭރުން އިރުޝާދެއް ވެސް އެހެން ކަމެއް ވެސް ނުކުރާނެ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނަށް ގާނޫނުން ލިބިދޭ ބާރެއް ހުއްޓުވުމަށް އެއްވެސް ސިޔާސީ ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި އެފުރުސަތު ނުދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކާ ގުޅިގެން ސުޕްރީމް ކޯޓާއި އެހެނިހެން ފަރާތްތަކުން އިންތިހާބާ ބެހޭ ގާނޫނުން އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންކަން އިސްލާހު ކުރަން މަޖިލީހަށް ފޮނުވާފައިވާ ކަމަށް ޝަރީފް މިރޭ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފާސް ކުރެވޭ އެ އިސްލާހުތަކަކީ މީގެ ކުރީ އިންތިހާބުތަކުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުންތައް ހައްލުވާނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ މިނިވަން ކަމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ކޮމިޝަންގެ ރައީސް ޝަރީފަކީ ވަރަށް ފަހަކާ ޖެހެންދެން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމިޝަނަށް އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެ މެމްބަރުންގެ އިތުބާރު ނެތް ނަމަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެއީ ރައްޔިތުން މަޖިލިސް މެދުވެރިކޮށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމެވެ.

ޕާޓީތަކުގެ ޕްރައިމަރީގެ މައުލޫމާތު ހިއްސާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އިދިކޮޅު ޕާޓީތަކުން ނުރުހުންފާޅުކުރި ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ އެންގުމަކީ ޕާޓީތަކަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި އެކޮމިޝަނުން އެދުނީ ގާނޫނީ ޒިންމާ އަދާކުރަން ބޭނުންވާ މައުލޫމާތު ހިއްސާކޮށްދިނުމަށް ކަމަށެވެ.

32 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 1%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަށްޑޫ މީހާ

11 June 2018

ހުޅުވިޔަސް ނުހުޅުވިޔަސް ވޯތަކުން ވިއްޔާ ބަލިވާނީ މި ސަރުކާރު. ހެޔޮ ކޮންމެ މީހަކު ތިމަގާމަށްލިޔަސް. ނިހާނު ލާން ފެނޭ

The name is already taken The name is available. Register?

Citizens

09 June 2018

އަދީބަށް އަދި ނާޒިމް ސާރ އަށް ތާއީދު ކުރި ގޮތަށް، ފަހު ވަގުތު ޖަލަށް. އިދި ކޮޅަށް ތަރުޖަމާކޮށްލީމަ އިންނާނީ ރަނގަޅަށް.

The name is already taken The name is available. Register?

ބަނާނާ

08 June 2018

ރޔ ވެރިކަމުން ފައިބާނެ އެއްވެސް ގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

ރަހުމަ

08 June 2018

ޝަރީފު ތިބުނާ އިނތިޚާބުގަޕީޕީއެމް ޓިކެޓު ޔާަމިނައް ލިބޭނެ ގޮތެއް ނޯންނާނެ އެޕާޓީގެ ރައީސަކު ނެތި މުއައްސިސް ނެތި ޕާޓީ ސައްހަވާނެތޯ .

The name is already taken The name is available. Register?

އަމީތާބު

08 June 2018

ނުވާނެ.

The name is already taken The name is available. Register?

ހޮޅިވާހަކަ

08 June 2018

ކޮންތާކު

The name is already taken The name is available. Register?

ދުސްތޫރު

08 June 2018

ހުޅުވާލައިގެން އިންތިޚާބު ބޭއްވުމަކީ ހުރިހާ ފަރާތްތަކަށްވެސް ވާދަވެރިކަމާއެކު ގާނޫނީ ހަމަހަމަ ކަމެއްގައި ކެމްޕެއިން ކުރުމުގެ ފުރުސޮތު ލިބިދިނުން. ކުރިމަތިލުމާ ރައްޔިތުންނަށް ތޢާރަފުވުމާ ތާއީދުކުރުމާ ތާއީދު ހޯދުމުގައި ހުޅުވިފައި އޮތުން. ހަމަހަމަ ގާނޫނާ ޢަދުލުގެ ނިޒާމުން ރައްކާތެރިކަން އޮތުން. ދައުލަތުގެ ތަންތަނާ ވަސީލަތްތަކާ މީޑިޔާއާ ފައިސާގައިވެސް ވަކިބަޔަކަށް ހަލާލުވެފައި އަނެއް ބަޔަކަށް ހަރާމްވާ ނިޒާމު ނުގެންގުޅުން. ވޯޓްފޮށްޓާ ހިސާބު އެއީ އެންމެ ފަހު މަރްޙަލާ. މިތިބަ އިންސާނުންނަށް ގާނޫނާ އުސޫލު ވިސްނި ކަލާނގެއަށް ބިރުވެތިވާނީ ކޮންއިރަކުންބާ؟

The name is already taken The name is available. Register?

ނައީމް

08 June 2018

ކަމެއް ހުޅުވޭނީ ބިރުދެއްކުން ހުއްޓާލަން ކެރޭނެ ބަޔަކަށް. ތިޔަމީހުންގެ އަމަލުތަކުން ރައްޔިތުން ތިބެނީ ފިތިފަ

The name is already taken The name is available. Register?

އަލީ ނަސީމް

08 June 2018

މިފަހަރު ރަތްލާޖެހި ގުނބޯއްޔެއް އިދިކޮޅުން ނެރުނަސް ކާމިޔާބު ވާނެ! ޕޕމ ވަރައް ލަދު ގަންނާނެ އެހެންވީމަ!! ވިސްނަންވީނު އޭރުން ކިޔާނެ އެއްޗަކައް!

The name is already taken The name is available. Register?

ޔޯޔޯ

08 June 2018

އިންތިހާބު ހުޅުވާލެވިފައި، އިދިކޮޅު އެންމެން ޖަލު ބަންދުގައި.

The name is already taken The name is available. Register?

ގުނބޯ

08 June 2018

ހަމަ ހުވާތަ ތިވާހަކަ ޖެހޭނެ ތާރީހުގައި ލިޔަން އެންމެ އޮޅުވާލައިގެން އިދިކޮޅު ޕާޓީތައް ކަސްތޮޅު އަޅުވައިގެން އިދިކޮޅު ލީޑަރުންތައް ޖަލަށް ލައިގެން ބާއްވާ އެންމެ ޚުދުމުހުތާރު އިންތިހާބު، ތިއިންތިހާބުގަ ޔާމީން ނޫންމީހަކަށް ވާދަކުރުމުގެ ފުރުސަތު ދޭނެހެން ވަރަށް ހީނުވޭ...އިޖިޕްޓުގަވެސް އޮންނަނީ މިކަހަލަ ޑިމޮކްރަސީއެއް

The name is already taken The name is available. Register?

މަގުބޫލު

08 June 2018

ޔަގީންތާ. އެހެންމީހަކު ވާދަކުރިއަ ނުދޭނެ. ރނ ވެސް ބޭނުމެއް ނުވާނެ އެހެން މީހަކަށް ފުރުސަތު ދޭކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454