އައިޖީއެމްއެޗް: މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ.-- މިހާރު ފޮޓޯ
12 ޖޫން 2018 - 21:43
އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ، މެޑިކަލް އިންޓާންޝިޕްގެ ދެ ވަނަ ބުރަށް ފަސް ޖާގަ ކަނޑައަޅާފައިވާ ކަމަށެވެ. އަންނަ މަހު ތިނެއްގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އައިޖީއެމްއެޗްގައި ފެށީ މިދިޔަ ޖެނުއަރީ މަހެވެ. އިންޓާންޝިޕްގެ ފުރަތަމަ ބުރުގައި ހަ ދަރިވަރަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ނައިޖީރިޔާގެ ދަރިވަރަކު ވެސް ހިމެނެ އެވެ.
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބޭނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ. އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށި އިރު، ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ކޯސް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިންގާ ޑޮކްޓަރުން ތަމްރީނުކުރުމުގެ ކޯސް އަންނަ މަހު ފަށާނެ އެވެ. އެ ކޯހަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރު
13 June 2018
ޢެމް.ބީ.ބީ.އެސް 1 އަހަރުދުވަހު އިންޓާން ޝިޕް ހަދާއިރު ކޮންމެ ގައުމެއްގަވެސް އެ ކުދިން ނަށް މުސާރަ ނުވަތަ ސްޓައިޕެންޑެއް ދޭ.އިންޑިއާގަ އިންޓާން ހަދާއިރު މަހަކު -/000 18 ހާސް ރުޕީސް ދޭ.3 އަހަރުގެ ސްޕެސަލިސްޓް ޕްރޮގްރާމް ހަދާއިރު މަހަކު -/000 22 ރުޕީސް ދޭ.ހަގީގަތުގަ އިންޑިއާގަ މެޑިކަލް ކޮލެޖެއްގަ ބަލިމީހުން ބެލުމުގެ %70 މަސައްކަތް ކުރަނީ އިންޓާނުން ނާއި ޕީޖީ ދަރިވަރުން.ދުނިޔޭގަ އެއްވެސް ތަނެއްގަ އިންޓާން ސިޕް ހަދަން ފައިސާ ދޭކަށް ނުޖެހޭ.ދިވެހިދަރިވަރުނައް ބޭރުގަ ދިމާވާ މައްސަލައަކީ އެގައުމުތަކުގަ މީހުން ދައްކާބަސް ނުއެގުން.އިންޑިއާގެ ހިންދޫ ސަރަހައްދެއްގެ ހޮސްޕިޓަލުގަ ހިންދީބަސް ނުއެގި ބަލިމީހުން ނާވާހަކަދައްކާ ހިސްޓްރީ ހޯދާނީ ކިހިނެއް.އައިޖީއެމްގެ އިންތާނުންނަށް މަހަކު-/000 15 ވަރުދޭން ޖެހޭނެ.އޮޅުވާ ނުލާ!
އައި
12 June 2018
ވޮވޮވޮވޯ