ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
16 ޖޫން 2018 - 14:05
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި 400 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް އަދި މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އޮންނަ ކޮންގްރެސްގައި 30 މަގާމަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާ ގޮތަށް އެޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ފަހު އެކަން އެޕާޓީގެ ކޮންގްރެސްއަށް ހުށަހަޅަން ގައުމީ ހިންގާ ކޮމެޓީން ރޭ ވަނީ ފާސްކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީ އުފެދުނީންސުރެ އަދި މިހާރުވެސް އެޕާޓީގެ އަސާސީ ގަވައިދުގައި އޮންނަނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށެވެ. އެހެންވެ ގާސިމް އިބްރާހިމް ނޫން ބޭފުޅަކަށް އެފުރުސަތެއް ނުލިބެ އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ޖޭޕީގެ ކޮންގްރެސްގައި ސިއްރު ވޯޓަކުން އިންތިހާބު ކުރާ މުހިންމު މަގާމުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރާއި ރައީސް އާއި ނައިބު ރައީސް އާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސް އާއި ނައިބު ރައީސް އާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ. އަދި ކޮންގްރެސްގެ ތެރެއިން 15 މީހަކު އިންތިހާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ކޮންގްރެސްގެ ތެރެއިން ޕާޓީގެ ދިދަ އާއި ލޯގޯ ވެސް އިފްތިތާހު ކުރާނެ ކަމަށެވެ. އަދި އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާތީ، ގަވައިދު ފާސް ކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންގްރެސް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް، ހުރިހާ ކަންތައްތަކެއް އިންތިޒާމުވެގެން އެބަދޭ. އުންމީދު ކުރަން ދައުވަތު އަރުވާ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ޖޭޕީގެ ކެންޑިޑޭޓެއް ކަނޑައަޅައިފި ނަމަ، އަމަލު ކުރާނެ ގޮތެއް ޖޭޕީގެ ކޮންގްރެސްގައި ނިންމާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. ޖޭޕީން ބުނި ގޮތުގައި، އެ ޕާޓީން އިންތިހާބަށް ނުކުންނާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކުގަ އެވެ.
އެކަމަކު، ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އޮތުމާއި އުމުރުން 65 އަހަރު ވެފައިވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގާސިމަކަށް ނެތެވެ. ނަމަވެސް ޖޭޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ މިދިޔަ ފެބްރުއަރީ އެއްކައގި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާސިމް މިނިވަންވެފައިވާ ކަމަށާއި އޭނާ އަށް އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެލީ
17 June 2018
ވިލާގެ މުވަައްޒަފުންނަށް މުސާރަދީފިތަ
ބޯއީ
17 June 2018
ސަރވިސް ޗާރގް ޣެ ހަބަރެއް ނުވޭ
އިސްމާއީލް
17 June 2018
އައިލަވް ޑރ ހަސަން ސައީދް އޭޒް ޕްރެޒިޑެންޓް އެންޑް ދުންޔާ މައުމޫން ވައިސް ޕްރެޒިޑެންޓް.
އާދަމް
17 June 2018
އައިލަވް ޑރ. ހަސަން ސައީދު އޭޒް ނިވް ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އެންޑް ދުންޔާ މައުމޫން ވައިސް ޕްރެޒިޑެންޓް. އޭރުން ހައްގަށް ހުކުމްކުރެވި, ރާއްޖޭގައި މިއޮތް ޖުޑިޝަރީ ހަމަޔަކަށް އެޅުވޭނޭ. އަދި އަބުދުއް ﷲ ސައީދު އާއި އަލީ ހަމީދަށާއި ރައީސް ނަޝީދާއި , ރައީސް މައުމޫނާއި, ޝައިޚު އިމްރާން އާއި އަދި ދެންތިއްބެވި އެނަމެހާ ސިޔާސީ ކުއްވެރިންނަށް އިންސާފުލިބިގެންދާނެ. ހަމައެއާ އެކު ޚާރިޖީކަންކަމުގައި ދިވެހިން ތިބޭނީ އެންމެ އުސްހަރުފަތުގައޭ , ސަލާމަތީ މަޖްލިސްގެ ގޮޑިވެސް ލިބޭނެޔޭ.
އިސްމާއިލް
17 June 2018
ބައިވެރިވާ މީހުންގެ އަދަދަށްވުރެ މުހިއްމީ ކޮމްޕެޓެޓިވް ކެންޑިޑޭޓެއް ފެންނަން. އެހެންނޫނީ ރައީސް ޔާމިންއަށް ވޯޓްދޭންވެސް ޖެހިދާނެ. ޑޮކްޓަރ މުނައްވަރ މެން ނެރެގެން މާލޭގެ ވޯޓެއް ނުލިބޭނެ. އަދި މާލޭން އުތުރުގެ ވޯޓްވެސް އައްޑޫމީހަކަށް ނުލިބޭނެ ކަންވެސް ހަނދުމަކޮށްގެން ތިޔާމީހަކު ހޯދާ.
ގުރައިދޫ ސެންޓަރު
17 June 2018
ކިހާވަރެއްގެ ފައިސާއެއް ދީގެންބާ 400 މީހުން ބައިވެރިވަނީ.
ޖޭ ޕޭ ޕޭ
16 June 2018
މިގައުމު ސިޔާސީގޮތުން ހަލަބޮލިކުރާ ޕާޓީ، އެއްވެސް ޑައިރެކްސަނެއް ނެއް، ހަމައެކަނި މަގުސަދަކީ ވިލާ އަށޤ ލިބިދާނެ މަންފާއަކީ ކޮބާތޯ ބެލުން.
އަލިފުށު
16 June 2018
ޤާސިމްގެބާރުކަނޑުވާނުލާ މުޝްތަޝާރަކައްބަހައްޓާފަ ޕާޓީގެރައީސްއާއި ނައިބުރައީސްއާއި އެހެންަޤާމްތައްހޮއްވަވާދެއްވާ
ވިސްނާ ޅ
16 June 2018
ސުޕްރީމް ކޯޓު އުމުރުން ޤާސިމުގެ އުމުރުވެސް ހަގުވީތަ؟
ޝައުކަތު
16 June 2018
މަށަށްވެސް އިންވިޓޭޝަނެއް ލިބުން. އެކަމަކު މަށަކީ ތިޕާޓީގެ މެމްބަރެއްވެސް ނޫން. ލޮލް
ފިކުރު
17 June 2018
ޕާޓީ ނޫން މީހުނަށް ކޮނގްރެސްމަނުންގެ ގޮތުގައި ބައިވެރިވަން ދައުވަތެއް ނުފޮނުވާނެ. އެކަމަކު ނޫސްވެރިންނާ އޮބްޒާވަރުން ގެ ގޮތުގައި ބައިވެރިވުމަށް ކޮނމެ ޕާޓީއެއްގައި ހުއްޓަސް ދަޢުވަތު ލިބިދާނެ. އެކަން ހިނގާ ތަހުޒީބު ގޮތަކީ އެއީ