ކަޅުވަކަރު މިސްކިތް ރޫޅާލާފައި ގާތައް ބަހައްޓާފައި--
19 ޖޫން 2018 - 12:20
ރާއްޖޭގެ ތާރީހީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް، ގދ. ތިނަދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައި ވިޔަސް އެކަމުގެ އަމަލީ މަސައްކަތް އަދިވެސް ކުރިއަށް ނުދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް މީގެ ދެ އަހަރު ކުރިން ރޫޅާލީ އެތަނުގައި "ވިންޓާ ތީމް ޕާކް" ހަދާށެވެ. އެތަން ނިންމާ މިހާރު ވަނީ ހުޅުވައިފަ އެވެ.
ފުރަތަމަ ވާހަކަ ދެއްކީ، 200 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ބަދަލުކުރާށެވެ. އެކަމަކު ފަހުން ނިންމީ އެ މިސްކިތް ގެންދާނީ ގދ. ތިނަދު އަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން ދެ އަހަރުވީ އިރު ވެސް މިސްކިތުގެ ބައިތައް ހުރީ ހެރިޓޭޖްގެ ބެލުމުގެ ދަށުގައި، މާލޭގަ އެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ. އަދި އެކަން ހުއްޓުވުމަށް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ސަރުކާރާ ދެކޮޅަށް އެއްވެސް އަމަރެއް ނުނެރެ އެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލުމާއި އެހެން ތަނަކަށް ބަދަލުކުރާ ނަމަ އެކަމުގައި ވެސް އުޅެން ޖެހިފައިވާ މީހަކު، ނަން ނުޖަހާ ގޮތަށް ބުނީ، މިސްކިތުގެ ބައިތައް ތިނަދުއަށް ގެންގޮސް އެތަން ރޭވުމުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ކުރިއަށް ނުދާ ކަމަށެވެ.
"މީގެ ދެ މަސް ކުރިން މީޓިންތަކެއް [ހައުސިން މިނިސްޓްރީ އާއި ހެރިޓޭޖް ޑިޕާޓްމަންޓުގެ ވެރިން] ބޭއްވި. އެކަމަކު މިހާރު އެއްވެސް ކަމެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.
Male' ge thaareeh dhanee olhuvaalamun, kalhuvakaru miskiy roolhaali massalaigai dhauvaakuranee!
The most trusted news source in the Maldives
Mihaaru
ކަޅުވަކަރު މިސްކިތް ރޫޅާލި މައްސަލަ ކޯޓަށް ހުށަހެޅުން--
ކަޅުވަކަރު މިސްކިތް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާ އެވެ. ވިންޓަ ތީމް ޕާކް ހުޅުވުމުގެ ހަފްލާގައި މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަޅުވަކަރު މިސްކިތް ވަނީ "ނައްތާލާފައި ނޫން" ކަމަށެވެ. ނަމަވެސް ތިނަދުއަށް އެ މިސްކިތް ބަދަލުކުރާނެ ދުވަހެއް ވިދާޅެއްނުވެ އެވެ. "މިތާ ކަނުގައި ޕާކެއް ހެދިގެންދާއިރު އެތަނުގައި މިސްކިތެއް ހުރުމަކީ މިސްކިތާ ވެސް އަދި ޕާކާ ވެސް އެހާ ގުޅޭ ކަމަކަށް ނުވާނެ،" މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރޫޅާލައި، ތިން ތަނެއްގައި އަލުން ރޭވި މިސްކިތާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ހެރިޓޭޖްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޑިޕާޓްމަންޓުގެ ދައުރަކީ ފަންނީ ލަފާދިނުމާއި މިސްކިތުގެ ބައިތައް ގިނަ ދުވަހު ހުންނާނެ ގޮތަށް ފަރުވާ ދިނުން ކަމަށެވެ. އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިގަލާއި ކަޅުވަކަރުން ހަދާފައިވާ މިސްކިތް ބިނާކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި ސުލްތޯން ހަސަން ނޫރައްދީން 1 އެވެ. އެ މިސްކިތް ފުރަތަމަ ހުރީ ގަލޮޅު ދަނޑު ކައިރީ، މަޖީދީމަގުގައި ހުންނަ ދެ ބުރި މިސްކިތް ސަރަހައްދުގަ އެވެ. އެކަމަކު ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ނީލަން ކިއުމުން ރިސޯޓެއްގެ ވެރިޔަކު އެ ގެންގޮސް ރިސޯޓްގައި ރައްކާތެރިކަމާ އެކު ބެހެއްޓި އެވެ. އަލުން ސަރުކާރާ ހަވާލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ސަލްޓަން ޕާކްގެ އިރުދެކުނު ކަނުގައި އެ މިސްކިތް ރޭވީ އޭގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާންމުން
19 June 2018
ތިނަދޫއަށް ކީވެ މިސްކތް ގެންދަންވީ
ޢާލި
19 June 2018
މަށަށް ހީވާނީ މިއުޅެނީ މަރުކަޒު ތަޅާލަންވެގެން. ޢާ ޕާކު ކައިރީގައި ބޮޑު މިސްކިތެއް ބަހައްޓާކަށް ނުވާނޭ ކިޔާފަ އަދި ސައުދީން އެޅި ބޮޑު މިސްކިތެއް ހުރެފަ އޭ ކިޔާފަ... ދަރިންނޭ ބޭބެ ބުނި ވާހަކަ ހަދާންކުރާތި. ދީނަށް ފުރައްސާރަ ކުރާ މީހުންގެ ނިމުން ހިތިވާނެ......
ބޮޑު އިންޖިނިއަރު ކަޅޭ
19 June 2018
މަގޭ ދީނާ މަގޭ ރާއްޖެ
ޜާކަނި ސައްތާރު
19 June 2018
ޢިސްލާމީ މަރުކަޒް ކުޑަހުވަދޫ އަށް ބަދަލުކޮށް އެތާގައި ވޯރޓަރ ތީމްޕާކެއް ހަދަން ފެނޭ
ބައިސާ
19 June 2018
މިސްކިތް ނަގާފަ އެތަނުގަ ދުންއަރުވާ ވަޑާމެއް ސަލްޓަންޕާރކްގަ ވަށާފާރުގަ ދަވާދު އުނގުޅާފަ ޒަމާންވީ ގަދީމީ ނަން އުވާލާފަ ރެހެންދީ ހައްޖަގެ ނަމުން ދެން ބުނާނީ ހުޅުއްވައި ދެއްވީ މިވެނިމީހާކަމަށް މިގޮތަށް ތަބްތަނުގެ އަސްލު ގެއްލުވާލާ އޮޅުންބޮޚުން ބޮޑު ތަރައްގީ ގެންނަން ވެއްޖެ ނަމަ މީ ކިހާ ބޮޑެތި ތެރެއްގީތޭ މިކުރެވޭނޭ މަމެންގެ ވެެިކެމުގަ ތަމެންނަޚަށް ނޭގޭތޭ
އަލިފް
19 June 2018
މިސްކިތެއް ހަލާކު ކޮށްލީ ކުޅިވަރު ކުޅޭ ޕާކެއް ހަދަން ވެގްނެވެ. ޕާކް ހަދައިފިއެވެ. ވިސްނާލާށެވެ.
ޢަލިދީދީއައްޑޫސިޓީ
19 June 2018
މިކަޅުވަކަރު މިސްކިތަކީ މިއީ ރާޒުވާ ކުޅީ ބައިގެ ކުޅިއެއްތަ އަޅެފަހެ. އަނެއްކާ ދެން އަންނަ ސަރުކާރަކުން "އައިސް ރިންކް" ނަގާފަ އެތާ ކަޅުވަކަރު މިސްކިތް ބަހައްޓާނެ.
ފޮނިޓައްޕު ހަސަނު
19 June 2018
ތާރީހީ މިސްކިތެއް އެ ހުރިތަނުން ނަގައި އެއްލާލައިފައި އެތާ މިއެޅީ ނާޗަރަންގީ ކުޅޭނެ މަރުކަޒެއް. ދަރުބާރޭމެން އަދިވެސް އަނގަ އަރުވާނޭ "މަގޭ ގައުމާއި މަގެ ދީނާ ނުކުޅެއްޗޭ" ކިޔައިފަ.
އަލީގ
19 June 2018
ދެންއެންމެ އަވަހައް އަޅަން ފަރުމާކުރެވޭ 25 ބުރީގެ އުސް އޮފީސް އިމާރާތެއްގެ ޓެރަސްއެކަމައް ހާއްސަކައް ފަރުމާކޮއް މިސްކިތް އެތާ ރާވާލުމުން ފުރިހަމަވާނެ.
ހަމަރޯޅި
19 June 2018
މާލޭ ރައްޔިތުންގެ އުއްމީދަކީ ކަޅުވަކަރު މިސްކިތަށް އިތުރު ގެއްލުންތަކެއް ނުލިބި ހެރިޓޭޖް އައިލެންޑްގަ ( ފަރުކޮޅު ފުށީގައި ) އެ މިސްކިތް ދާދި އަވަހަށް ރޭވިގެން ދިޔުން ވަﷲ އަޢުލަމް