ރިޓަޔަމަންޓް ޕެންޝަން ސްކީމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޕެންޝަން އޮފީހުން ބޭއްވި ހަރަކާތެއްގެ ތެރެއިން.
21 ޖޫން 2018 - 12:18
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް ޑައުން ޕޭމަންޓް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޕެންޝަން އޮފީހުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އާ އެކު އިއްޔެ ސޮއިކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މަނިކެވެ. އެމްސީބީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓާ ޑެޒިރޭ ލިއޯ އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ގެދޮރު ގަންނަން ލޯނު ލިބޭ ގޮތް ހެދީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި ބަދަލަކުންނެވެ.
ގާނޫނަށް ގެނައި ބަދަލާ އެކު، ޕެންޝަން އޮފީހުން ހެދި ގަވާއިދުގެ ދަށުން، ގެދޮރު ގަންނަން ޑައުން ޕޭމަންޓުގެ ގޮތުގައި ޕެންޝަން ސްކީމްގައި ހުންނަ އެ މީހެއްގެ ފައިސާގެ 80 ޕަސެންޓް ބޭނުން ކުރެވޭނެ އެވެ. އަދި ގެދޮރު ގަންނަން ނަގާ ލޯނަށް އެދި ހުށަހަޅާއިރު އާއިލާގެ މެންބަރުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެން ވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕެންޝަން އޮފީހުން ބުނީ، ގެދޮރު ގަންނަން 183 މީހެއްގެ ޕެންޝަން ފައިސާ ކޮލޮޓަރައިޒްކޮށް، 124 ލޯނު މިހާތަނަށް ނަގާފައިވާ ކަމަށެވެ. އެ ލޯނުތަކަށް ކޮލޮޓަރައިޒް ކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 28.8 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޑައުންޕޭމަންޓް ދެއްކުމަށް މިހާތަނަށް އެމްސީބީގެ އިތުރުން ސީބީއެމް އާއި ބީއެމްއެލް، އިސްލާމިކް ބޭންކް އަދި އެޗްޑީއެފްސީއާ އެކު ވަނީ ސޮއި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާތަންދޮރު
21 June 2018
ގެދޮރު ގަންނަން ޕެންސަން ފަންޑުން ފައިސާލިބޭ އެކަމަކު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދާކަށް ޕެންސަން ފަންޑުން ލޯލާރިއެއްވެސް ނުލިބޭ! ކޮބައިތޯ އިނސާފު
އަލާމް
21 June 2018
ހަގީގަތަކީ ޕެންޝަންގެ ގޮތުގައި ހުންނަންޖެހޭނެ ލާރިޔެއްނެތް. މަހުޖަނުން މެދުވެރިވެގެން އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށް ބެންކުން ދޭ ފުރުސަތުތީ. ދުޅަހެޔޮ މުޖުތަމައު އަކާ ދިމާއިދިކޮޅަށް މުޅިން އެކުގަ ކެޕިޓަލައިޒް ކުރުމާ ދިމާލަށް. މުއްސަދިން ލޫޓުވަނީ މުޅިދައުލަތާއި މުޅި މުޖުތަމައު.
ވިސްނާޓި
21 June 2018
ގެދޮރު ހަދަން ލޯނަށް ކޮލެޓަރައިޒް ކުރަން ނުދީ، ފުލެޓުގަންނަން ކޮލެޓަރަލައިޒް ކުރަން ދިނުމަކީ ގެދޮރުނެތިފަ ތިބި ފަގީރުންނަށް ކޮށްދޭ ހެޔޮކަމެއް ނޫނެވެ. އެއީ ރިއަލް އެސްޓޭޓު ގޮތުގައި ފުލެޓުހަދައިގެން ވިއްކާ މަހުޖަނުންނަށް ވެދޭ އެހީއެކެވެ. މިވާގޮތް ވިސްނަބަލާށެވެ.
ޢައިސްތު
21 June 2018
މުސްކުޅި ވާ ދުވަހު ދަރިން ބޮލައް އުނދަގޫ ނުކޮށް އުޅެން ނުވިސްނާތީ ޕެންށަން ލާރި ކޮޅުން ހުރިހާކަމެއް ކުރަން ތި ވިސްނަނީ
ސައިޚް
21 June 2018
ދެން އަންނަންފަށާނީ ލޯނު ދޫކުރާ ފޯމު ހިފަިއގެން ގޭގެއަށް، އެހާވެސް ފަސޭހަވާނެ ވޯޓު ކައިރިވާވަރަކަށް، އެކަމަކު ލޯނެއް ނުލިބޭނެ،
ރައްޔިތުމީހާ...
21 June 2018
އަދިވެސް އަހަރެމެން ތިސަރައްހައްދައް (މާލެ/ހުޅުމާލެ/ވިލިމާލެ) ޖަމާކުރުމުގެ ވިސްނުންނޫން ވިސްނުމެއް ނުގެންގުޅޭތާދޯ ! ބަލަގަ ކީއްވެގެންތަ ރާއްޖޭގެ އެހެނިހެން ސަރައްހަދުތަކުގައި ގެދޮރު އިމާރާތްކުރާ ތިޕެންޝަން ފަނޑުގެ ބައިވެރިންނަށް ފުރުސަތުނުދެނީ ؟ ތިފައިސާއަކީ އަހަރެމެންގެ ފައިސާއެއްނޫންތަ ؟ ކިހިނެތްތައް އެނގެނީ 65 އަހަރުވަންދެކަށް ދުނިޔޭގައި ހުރެވޭނެކަން ... ބަލަގަ 65 އަހަރުންމަތީ ފަރާތްތަކަށް މިހާރު ލާރި އެބަލިބެއްނޫން ! އަހަރެމެންގެ ފައިސާއިން އަހަރެމެނަށް ފައިދާހުރިގޮތަށް ފައިދާ ހުރިކަންތައްތަކަށް ހަރަދުކުރަން ފުރުސަތު ދިނުމުގެ ވިސްނުންނެތީބާ !!؟؟
ފފފފފފ
21 June 2018
ރާޢްޖެތެރޭ ގޯތި އަޅަން ލޯނު ނުދެނީ ކީއްވެހޭ ޕެންޝަން އޮފީހުން. ތީ މާލެ ޕެންޝަން އޮފީސްހޭ! ބުނާނެ މިރާޢްޖޭގައި ރޭސިސަމެއް ނެތޭ. އެކަމަކު ރާއްޖެތެރޭގައި ގޯތިގައި ގެ އަޅަން ހުރި ހުރިހާ ފުރަސަތެއް އެބަ ބަންދުކުރޭ. ގެސްޓް ހައުސް ހަދާ ހިންދެމިލަފާނެތީ. އަހަރެމެންގެ ސަރުކާރެްގައި ޕެންޝާން އޮފީހުގައިވާ އެމީހެއްގެ ޕެންޝަންފަންޑަށް އެމީހަކު ލީ ލާރި ރަށު ގޯތި ގެދޮރު އަޅަން ލޯނެއްގެ ގޮތުގައި ނެގޭނެ ދިގުމުއްދަތުގައި ދައްކާގޮތަށް!