އިރާގާއި ސީރިއާ ގުޅޭ ބޯޑަރުގައި އައިއެސްގެ ހަނގުރާމަވެރިން ދަނީ އަދިވެސް ހަރަކާތްތެރިވަމުން.
24 ޖޫން 2018 - 12:57
ބަޣުދާދު (ޖޫން 24) - ސީރިއާގެ އިރުމަތީގެ ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސީނިއާ 45 މީހުން މަރާލާފައިވާ ކަމަށް އިރާގުން ބުނެފި އެވެ.
ހަމަލާ ދީފައި ވަނީ ސީރިއާގެ އިރުމަތީގެ ޓައުނެއް ކަމަށްވާ ހަޖިންގައި އައިއެސްގެ ލީޑަރުން ބައްދަލުވުމެއް ބާއްވަމުން ދިޔަ އިމާރާތްތަކަކަށެވެ. އިރާގުން ބުނީ މަރުވި އައިއެސްގެ މީހުންގެ ތެރޭގައި ޑިޕިއުޓީ ވޯ މިނިސްޓަރު، މީޑިއާގެ ބެހޭ އިސްވެރިޔާ، އައިއެސްގެ ފުލުހުންގެ ވެރިޔާ އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ޕާސަނަލް މެސެންޖާ ހިމެނޭ ކަމަށެވެ.
އައިއެސްގެ ހަނގުރާމަ ވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިރާގު ސިފައިން ދަނީ ސީރިއާ ސަރުކާރަށް އެއްބާރުލުން ދެމުންނެވެ. ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި އައިއެސްގެ ހަނގުރާމަވެރިން ދަނީ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުންނެވެ.
އައިއެސްގެ ބާރުގެ ދަށުގައި ކުރިން އޮތް ބިންތަކުގެ 98 ޕަސެންޓް މިދިޔަ ޑިސެމްބަރު މަހު ވަނީ އެމެރިކާ ކޯލިޝަނުން ހަމަލާދީ ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
25 June 2018
ﷲ އަކްބަރު.. މީ އިސްލާމް ދީނަށް ލިބުނު ނަސްރެއް...އިސްލާމް ދީނުގެ ނަމުގާ ފިތުނައާ ފަސާދަ ފަތުރާ، މިސްތކުންގެ މެދުގާ އިސްލާމް ދީނަށް ނަފުރަތު އުފައްދާން މަސައްކަތް ކުރާ އިޒްރޭލުގެ އޭޖެންޓުން ތަކެއް އައިސިސްއަކީ.. އިރާގު މުސްލިމް އަޚުންނަށް މި ލިބުނީ ކާމިޔާބެއް.. މަރހަބާ އިރާގު...