ފ.ނިލަންދޫ. އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފަށާނެ. -
29 ޖުލައި 2016 - 20:10
ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ސާވޭ ކުރަން ފަށާނެ ކަމަށް އެ އަތޮޅު ކައުންސިލުން މިއަދު ބުނެފި އެވެ.
ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ސާވޭ ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެއިރޮސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު މުހައްމަދު ވިދާޅުވީ ސާވޭ ކުރަން ނިލަންދޫ އަށް ދާ ޓީމުގެ މެމްބަރުން ތިބޭނެ ތަންތަނާއި ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިފައި ވާތީ އެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ދެ ހަފުތާ ތެރޭގައި ސާވޭ ޓީމު ނިލަންދޫ އަށް ދާނެ ކަމަށް ވަނީ،" އަބްދުލް ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ނިލަންދޫގައި އެއާޕޯޓެއް އެޅުމުން ނިލަންދޫ އާއި އަތޮޅުގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެއާޕޯޓެއް ގާއިމު ކުރެވިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ސާވޭ އަށް ޗައިނާ އެއިރޮސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕްގެ ޓީމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް އިން ވަނީ އަތޮޅު ކައުންސިލްގައި އެދިފަ އެވެ.
މީގެ އިތުރުން ނިލަންދޫ ކައިރީގައި އޮންނަ ދ. މީދޫގައި ސާވޭ ކޮންޓްރޯލް ޕޮއިންޓްތައް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމުގެ އިންތިޒާމު މީދޫ ކައުންސިލް މެދުވެރިކޮށް ހަމަޖެއްސުމަށް ވެސް އެދުނެވެ. އަދި މި ޓީމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ހިނގާ ހުރިހާ ހަރަދެއް އެ ގްރޫޕުން ދައްކާނެ ކަމަށް ވެސް ރީޖަނަލް އެއާޕޯޓްސް އިން އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި ބުންޏެވެ.
ފ. އަތޮޅުގައި ދިރިއުޅޭ މީހުން މިހާރު ބޭނުން ކުރަނީ އދ. މާމިގިލީ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފދފފެރެރ
31 July 2016
ނިލަންދޫ މީހުން އެއްޖެހި ބައްކު ކުރިޔަސް މީ ބޮޑުވަރު. މިނޫހުން މިކަން އިއުލާނު ކުރުމުގެ ކުރިން އަތޮޅު ކައުންސިލް ތެރެއިންވެސް މިކަން ސިއްރުކޮށްގެން. އެހެން ރަށެއްގެ ބަޔަކު ގެންގޮސްފާނެތީ.
ޙަސަން އާދަމް
30 July 2016
ތި އެއާޕޯޓް އަޅަންވާނީ މަގޫދޫ ފަޅުގައި. ނިލަންދޫ އަށްވުރެ އަތޮޅުގެ ރަށްތައް ކައިރިވާނީ މަގޫދޫއާ. އަދި އަތޮޅުގައި އޮންނަ ރިސޯޓާ ދާލު އަތޮޅުގެ އާބާދީގެ ބޮޑުބައެއް ނިލަންދޫއަށްވުރެ ގާތީ މަގޫދޫއާ. ޚާއްސަކޮށް 2 އަތޮޅުގެ ރިސޯޓު ތައް ކައިރީ މަގޫދޫއާ. މިހަގީގަތް ނިލަންދޫމީހުން ގަބޫލުނުކުރާނެ. އެއީ އެހެންބަޔަކަށް އެއްޗެއް އިތުރުވެދާނެތީ.
ެއަލީ
30 July 2016
ލާރިގިނަވެގެން ކުރާނެކަމެއްނޭގިނެން ސަރުކާރު އުޅޭހެން ހީވަނީ،،ކުންމެގެޔަކައް އެއަރޕޯރޓެއް
މަނިކު
30 July 2016
ރާއްޖޭގެ ދެކުނައް ދަތުރުކުރާ ފްލައިޓްތައް އެއާޕޯޓްގިނަކަމުން އުދުހޭނީ ބޮއްފުމޭހެންތާ
މެންޓަލިސްޓް
30 July 2016
ބަލަ ފާފުއަތޮޅުއެއްކޮށް އޮތީ ސައޫދީއެރެބިޔާއަށް ވިއްކާލައިފައިނޫންތޯ ؟ ތިވެސް އެމީޙުނަށް ބޭނުންވާނޭހެން އަޅާއެއަރޕޯޓްއަަކަށްވާނީ
ދުޒައުއިބްރާހީމް
30 July 2016
ދ. މީދޫގައި އެއަރޕޯޓް ނާޅާނަމަ މަގޭ ވޯޓެއް ނޯންނާނެ. ޙެޔޮ ކޮންމެ މީހަކަސް. މަދުވެގެން ޙާހެއްހާ ވޯޓުގެ ވާހަކަ.
އަލީ
30 July 2016
ކުޑަހުވަދޫ އެއާޕޯޓް ކަމުނުދަނީތަ؟؟
ޢަބްދުﷲނާފިޒު
30 July 2016
ކޮންމެ ރަށެއްގަ އެއަރޕޯޓެއް އެޅިއަސް ވޯޓު ދިނުމަކީ ޝަރުތެއްނޫން، އެހެންވީމަ ކިތަންމެ ތަރައްޤީއެއްކުރިއަސް ދެން އިތުރަށް ދޭނެ ވޯޓެއްނެތޭ، ޤައުމު ކައި ހުސްކޮށްފިޔޭ، ދައުލަތުގެ ތިޖޫރިހުރިތާ ހުރީ ހަމަ ވަޅުގަނޑޭ، އހ.
ފާށަނާ ކަލޯ
30 July 2016
ތިޔައީ ފ.އަތޮޅު ވިއްކާލުމުގެ 2 ވަނަ އެޕިސޯޑު ނޫންބާ
ޢިސްމާއިލް
30 July 2016
ނިލަންދޫގައި އެއަރޕޯޓް އެޅުމުން ފީއަލީ މީހުނަށް ފައިދާއެއްނެތް. ބިލެއްދޫ ނުވަތަ މަގޫދޫގައި އަޅާދެއްވާ..
ފީއަލީ މީހާ
30 July 2016
އެ ކީއްވެ އިސްމާލޫ. ނިލަންދޫގައި އެއަރު ޕޯރޓް އެޅީމަ ހުރިޙާ ރަށަކާ ވެސް ކައިރިވާނެ. ފީއަލި އަށް ދަރަބޫދުހާ ކައިރިވާނެ. ބިލެއްދޫ މީހަކު ތިހެން ބުނިނަމަ ގަބޫލު ކުރެވުނިސް
ނަމެއްނެތި
29 July 2016
ނިލަންދޫ ރައްޔިތުން ދެކެމުން ދިޔަ ހުފެންތަކުގައި މިވަނީ ކުލަޖެހެން ފަށާފަ. ޒުވާން ރަޢުލީމީ މެންބަރު ޑރ ޚަލީލް ތިކުރައްވާ މަސައްކަތަށް އައްސަރިބަސް.
ޜައްޔިތުން
29 July 2016
ތިޔަ އީ ގޯހެއް، ތިޔަރަށައް ވުރެ ބޮޑު އާބާދީ މީހުން އުޅޭ ރަށެއް ނެތީތަ ފާފު އަތޮޅުގަ
ާަަ
30 July 2016
ނޯންނާނެ
އަޖާއިބު
30 July 2016
އަޅެ އޮތިއްޔާ ދައްކަބަލަ.