ވިޔަފާރި / ވިލާ ކޮލެޖް

އޭސީސީއޭގެ ދާއިރާއިން ވިލާ ކޮލެޖަށް ބޮޑު ކުރިއެރުމެއް

ވިލާ ކޮލެޖުގެ ބެންޗުގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން: ހިތްފަސޭހަ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އިގުތިސޯދު ކުރައަރައި ބޮޑެތި ބަދަލުތަކެއް އަންނައިރު ގައުމީ ފެންވަރުގައި ވެސް އަދި ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ކުރާ މާލީ މުއާމަލާތްތައް އެންމެ ފައިދާ ހުރި އަދި އެންމެ އެދެވޭ ގޮތުގައި ކުރުމާއި ފައިސާއަށް ވާނުވާ ބެލުމެވެ. މި މަސައްކަތްތައް އޮފީސްތަކާއި ކުންފުނިތަކުގައި ފުރިހަމައަށް ކުރަން ގިނަ ބަޔަކަށް ތަޢުލީމާއި ތަމްރީނާއި ހުނަރު ލިބިދޭން ޖެހެ އެވެ. މިކަން ކޮށްދިނުމަށް ވިލާ ކޮލެޖު އޮތީ ތައްޔާރަށެވެ.

ވިލާ ކޮލެޖުން ހިންގާ އެސޯސިއޭޝަން އޮފް ސަޓިފައިޑް ޗާޓަޑް އެކައުންޓަންޓްސް (އޭސީސީއޭ) އާއި އެކައުންޓިން އެންޑް ފައިނޭންސް ޑިގްރީ ޕްރޮގްރާމަކީ މާލީ ހިސާބުކުރަން ދަސްކުރުމާއި، މެނޭޖްކުރުމާއި ބެލެހެއްޓުމަށް އެކައުންޓިން އާއި އޮޑިޓިން ދާއިރާއިން މީހުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްތަކެވެ. މި ޕްރޮގްރާމްތަކުގައި ކިޔަވައިދެނީ އެކަމަށް އެންމެ ގާބިލް، ތަމްރީން ލިބިފައިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީހުންނެވެ.

މި ޕްރޮގްރާމްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް އިތުރު މަސައްކަތެއްގެ ގޮތުން ހާއްސަ ރިވިޝަން ކްލާސްތައް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ލެކްޗަރާއިންނާ އެކު ކޮންމެ ސެމިސްޓާއެއްގައި ވެސް ހިންގަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އޭސީސީއޭގެ ނޮލެޖް ލެވެލް އަދި ސްކިލް ލެވެލްގެ ބައެއް ޕޭޕަރުތަކުގެ ނަތީޖާ ގްލޯބަލް ފާސް ރޭޓަށް ވުރެ މަތިން ވިލާ ކޮލެޖުން ހާސިލްކޮށްފައިވެ އެވެ.

ވިލާ ކޮލެޖުގެ ގޯތިތެރޭގައި، އެ ކޮލެޖުގެ ދެ ދަރިވަރަކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީން އަބްދުﷲ ނާފިޒު ވިދާޅުވި ގޮތުގައި، އޭސީސީއޭގެ ޕްރޮފެޝަނަލް ޕްރޮގްރާމް ވީހާ ވެސް ފެންވަރު ރަނގަޅު ގޮތެއްގައި ކުރިއަށްގެންދިއުމަށް ސްރީ ލަންކާގެ ބިޒްނަސް ސްކޫލަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭސީސީއޭ ޕްރޮގްރާމު ހިންގުމުގައި ލަންކާގެ އެންމެ ކާމިޔާބު ކޮލެޖާ އެކު މި އަހަރު ފެށި މަސައްކަތް ކާމިޔާބު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖު އުފެދުމާ އެކު އޭސީސީއޭ ކިޔަވައިދޭން ފެށި އެވެ. މިހާތަނަށް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެ ކޮލެޖުން ތަމްރީނުވެފަ އެވެ. ހާއްސަ ގޮތެއްގައި އޭސީސީއޭގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތް ފުރިހަމަވުމުން، އޭސީސީއޭގެ މައި އިދާރާއިން ގޯލްޑް އެޕްރޫވްޑް ލާނިން ޕާޓްނަރުގެ މަގާމު ވިލާ ކޮލެޖަށް ލިބިފައިވާކަން ފާހަގަކުރެވެ އެވެ. އެހެންވެ އެ ކޮލެޖުން މިހާރު އަމާޒު ހިފާފައި ހުރީ ދެން އޮތް ހަރުފަތަށް ވާސިލް ވުމެވެ. އެއީ ޕްލެޓިނަމް ސްޓޭޓަސް އެވެ.

"ފެށުނީއްސުރެ ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ގޮތެއްގައި އޭސީސީއޭގެ ޕްރޮގްރާމްތައް ހިންގާ ބަޔަކަށް ވިލާ ކޮލެޖު ވާނެ. ވިލާ ކޮލެޖުން އޭސީސީއޭ ނިންމި ދަރިވަރުން މިއަދު ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން މިހާރު އަމާޒު ހިފާފައި މިހުރީ ޕްލެޓިނަމް ސްޓޭޓަސް އަށް ދިއުމަށް،" ނާފިޒު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީން އަބްދުﷲ ނާފިޒު "މިހާރު"އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު ނުޖެހޭ އާއިލާ ދޫކޮށްލާފައި ގޮސް ބޭރުގައި ކިޔަވަން ހުންނާކަށް. ވަޒީފާގައި އުޅެމުން މިކޮޅުގައި އޭސީސީއޭގެ ތިން ލެވެލް ފުރިހަމަކުރުމުގެ ފުރުސަތު އެބަ އޮތް. އަޅުގަނޑުމެންގެ ޓާގެޓަކީ މި ތިން ލެވެލް ހިންގުމުގައި ޕްލެޓިނަމް ސްޓޭޓަސް ހޯދުން."

އޭނާ ވިދާޅުވީ އޭސީސީއޭގެ ގޯލްޑް ސްޓޭޓަސް ލިބުމުން، އޭސީސީއޭގެ ފަރާތުން އިތުރު ހިދުމަތްތަކެއް ވެސް ލިބޭ ކަމަށެވެ. އެހެންވެ އެކަމުގެ ފައިދާ ދަރިވަރުންނަށް ކުރާ ކަމަށް ވިދާޅުވި އެވެ.

އެ ކޮލެޖުގައި އޭސީސީއޭ ޕްރޮފެޝަނަލް ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ ބުންޔާމީން މުހަހައްމަދު ބުނީ، ވިލާގައި އެ ޕްރޮގްރާމް ހިންގަމުން އަންނަ ގޮތް ވަރަށް ރަނގަޅު ކަމަށެވެ. ރާއްޖޭގައި ހުރެގެން ވެސް، ފެންވަރު ރަނގަޅު ތައުލީމެއް ވިލާ ކޮލެޖުން ފޯރުކޮށްދެމުން އަންނަ ކަން އޭނާ ވެސް ފާހަގަކުރި އެވެ.

"ވަޒީފާގައި އުޅެމުން ކިޔެވުމުގެ ފުރުސަތު ވިލާއިން މިވަނީ ފަހިކޮށްދީފައި. ފެންވަރު ރަނގަޅު ލެކްޗަރާއިންގެ އެހީއާ އެކު ކޯސް ހިންގަމުން އަންނަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ،" ކިޔަވަމުން، މީރާގައި މަސައްކަތް ކުރަމުން އަންނަ ބުންޔާމީން ބުންޏެވެ.

ވިލާ ކޮލެޖު: އޭސީސީއޭގެ ޕްރޮގްރާމްތައް ހިންގަމުން އަންނަތާ 11 އަހަރު ވަނީ ވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިތްގައިމު މާހައުލެއްގައި، ތަޖުރިބާހުރި ލެކްޗަރާއިންނާ އެކު އޭސީސީއޭގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް (ޔޫވީ)ގެ ޕްރޮގްރާމްތައް ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ފަހިކޮށްދީފަ އެވެ. ޔޫވީގެ ބެޗްލާ އޮފް އާޓްސް އެކައުންޓިން އެންޑް ފައިނޭންސް ނިންމާ ދަރިވަރުން އޭސީސީއޭ ހަދަން ބޭނުންވެއްޖެ ނަމަ، ނޮލެޖް ލެވެލް އާއި ސްކިލް ލެވެލްގެ ހުރިހާ މޮޑިއުލްއަކުން އެގްޒެމްޝަން ލިބެ އެވެ. އަދި އެމްއެސްސީ އެކައުންޓިން އެންޑް ފައިނޭންސް ނިންމާ ދަރިވަރަކު އޭސީސީއޭ ކޮލިފިކޭޝަން ހާސިލް ކުރުމަށް ހަދަން ޖެހޭނީ ސްކިލް ލެވެލްގެ އެންމެ ޕޭޕަރަކާ އެކު ޕްރޮފެޝަނަލް ލެވެލް އެވެ.

އެކައުންޓިން އާއި ފައިނޭންސް ދާއިރާގެ ކޯސްތަކުގެ އިތުރުން ވިޔަފާރި އާއި މާކެޓިން، ހިއުމަން ރިސޯސަސް، އިކޮނޮމިކްސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑިއުކޭޝަން، ޓީޗިން، ނާސިން، ޕަބްލިކް ހެލްތު، ރިސާޗް ސްޓަޑީސް، ޓޫރިޒަމް، ހޮސްޕިޓަލިޓީ، އިސްލާމް، ދިވެހި، ޝަރީއާ އާއި ލޯގެ ދާއިރާއިން ޑިގްރީ އަދި މާސްޓަސް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވިލާ ކޮލެޖުން އަންނަނީ ފަހިކޮށްދެމުންނެވެ.

މި ގޮތުން މިހާރު ވެސް ވިލާ ކޮލެޖުގައި އެކި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 2 އިން ފެށިގެން މާސްޓާސް ލެވެލްއާ ހަމައަށް 90 އަށް ވުރެ ގިން ޕްރޮގްރާމް ހިންގަ އެވެ.

8 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 11%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫމާން

05 July 2018

ވިލާކޮލެޖުގައި ހިންގާ ޔޫވީގެ ޑިގްރީ އަދި މާސްޓާރސް ކޯސްތަކަކީ ރާއްޖޭގައި ހިންގާ ކޯސްތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮލިޓީ ކޮންޓްރޯލްކުރެވިގެން ހިންގާ ކޯސްތަކެވެ. ނަތީޖާއެއްގެ ގޮތުން ވަރަށްގިނަކުދިން ފެއިލްވެ, ދެވަނަ ރިސިޓަކަށް ދެއެވެ. ކިޔަވައިދޭން އުޅޭތާ މިވީ 20 އަހަރެވެ. ރާއްޖޭގައި ކިޔަވައި ނުދޭ މަތީތައުލީމުގެ މަރުކަޒެއް, ޔުނިވާރސިޓީއެއް ނުހުންނާނެއެވެ. ތަޖުރިބާކުރެވުނު ގޮތުގައި އިނގިރޭސިވިލާތުގެ ފެންވަރަށް ރާއްޖެއާއި އިނގިރޭސިވިލާތުގައި ޔޫވީގެ މައި ކެމްޕަސްއާއި އެކުއެކީ ބެޗު ރަންކޮށް މާކުކުރެވި ނަތީޖާތައް ފައިނަލްކުރުމުގައި އެއް މިންގަނޑެއްގައި މިނެކިރައި, ކެމްބްރިޖް އޯލެވެލް އަދި އޭލެވެލް ގޮތަށް ހިންގާ ވަރަށް ފެންވަރު ރަނގަޅު ޕްރޮގްރާމް އެކެވެ.

The name is already taken The name is available. Register?

ޔޫވީގެ ދަރިވަރެއް

06 July 2018

ކެމްބްރިޖް އިމްތިހާނު ތަކުގައި ކުރީބައިގައި ޕޭޕަރ އެއް ނުލިބޭ އަދި އެގްޒާމް އަށް އަންނަ ޓޮޕިކްތަކެއްވެސް ނޭންގެ. ޔޫވީ އާއި އަޅާ ކިޔޭ ވަރެއް ނުވޭ އެއްވެސް ގޮތަކުން. ޔޫވީގައި ފުލްޓައިމްކޮށް ކިޔަވައިދޭ ކޯހެއް މިކިޔަވައިދެނޫ ޕާރޓްޓައިމްކޮށް. ރަޝްކޮށްލާފަ ސިލަބަސް ނިންމަނީ. ބައެއް މޮޑިއުލްތަކުގެ ސިލަބަސް ވެސް ކަވަރ ނުކުރެވޭ. މީވަރަށް ހިތާމަހުރި ކަމެއް

The name is already taken The name is available. Register?

ޒުލޭ

05 July 2018

އަޅުގަނޑަށް ވިލާކޮލެޖުގެ މައްސަލައަކީ އެތަނުގެ ރިސެޕްޝަނާއި ފެކަލްޓީއިން ފޯނުނުނެގުމާއި ކުދިންނަށް ވަގުތައް އެސް.އެމް.އެސް ނުލިބުމެވެ. ނަމަވެސް ކިޔަވައިދިނުމުގެ ފެންވަރާއި ލެކްޗަރާއިންގެ ކޮލިޓީ ވަރަށް ރަނގަޅެވެ. ކޯސް ވަރަށް ސަޅިއެވެ.

The name is already taken The name is available. Register?

ރަފީއު

05 July 2018

އަޅުގަނޑު ޑިޕްލޮމާ ހެދީ ރާއްޖޭގެ ކޮލެޖަނުންނެވެ. ޑިގްރީ ހެދީ ސިންގަޕޫރުގައި ހިންގި އޮސްޓްރޭލިޔާގެ ޔުނިވާރސިޓީ އެއްގެ ޑިގްރީއެކެވެ. މިހާރު މާސްޓާސް މިހަދަނީ ވިލާކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ މާސްޓާސް ކޯހެއްގައެވެ. ތެދުވެރިކަމާއިއެކު ބުނެވޭނީ ވިލާ ކޮލެޖުގައި މި ކިޔަވާ މާސްޓާސް ކޯހުގައި ކިޔަވައި ދިނުމުގެ ފެންވަރާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް. ކުރާސުވާލުތަކަށް އޭގެ ޖަބާބުތައް ރަނގަޅަށް ބުނެނުދެވޭ ލެކްޗަރާ އަކާއި ދިމަލެއްނުވޭ. ނަމަވެސް އިދާރީ ހިންގުމާއި އަދި ކުދީންނަށް ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނިމުގައި އިދާރީ މުއައްޒަފުންގެ ފެންވަރު މަތިކުރަންޖެހޭކަމަށް ފާހަގަކުރެވޭ.

The name is already taken The name is available. Register?

ހައްޤުބަސް

05 July 2018

އަޅުގަނޑަށް ފެނުނުތަކުގައި ވިލާކޮލެޖުގައި ހިންގާ ކޯސްތަކަކީ ސެޓްފިކެޓެއް ބޭނުންވެގެން ގަޔާނުވެ ކިޔަވަންދާ ކުދިންނަށް އެހާ ރަނގަޅު ކޯސްތަކެއްނޫނެވެ. ޔޫވީ ގެ މޮޑިއުލްތަކުން ފާސްވަނީ ވަރަށް މަސައްކަތްކުރާ މޮޅެތި ކުދިންނެވެ. ޔޫވީ އިން ނާއި ވިލާ ކޮލެޖާއި 2 ތަނުން މާކްކޮށް މޮޑަރޭޓް ކުރުމުގެ ނަތީޖާއަކަށްވަނީ ޔޫވީ ގެ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓިގެން ގެންދާކަމެވެ. ކިޔަވާދެއްވާ ލެކްޗަރާއިން އެޕްރޫވްކުރުމާއި އަދި ކިޔަވަން ބޭނުންކުރާ މެޓީރިއަލް އަދި އެގްޒާމް ޕޭޕަރުތައް ހެދުމާއި މާރކްސް މޮޑަރޭޓްކުރުން ކޮންޓްރޯލްކުރަނީ ޔޫވީ އިންނެވެ. ވީއިރު ކިޔަވަދެއްވާ ލޯކަލް ލެކްޗަރާއިންނާއި ބޭރު ލެކްޗަރާއިންވެސް ސްކްރީން ކުރެވެހި ކަމަށް ޝަރުތުހަމަނުވާ ލެކްޗަރާއިން ކިޔަވައިދެއްވުމަށް ނެގުމުގެ އެއްވެސް ބާރެއް ޔޫވީ ނޫން އެހެން ފަރާތަކަށް ނޯވެއެވެ. ރާއްޖޭގައި ހުރެގެން އިނގިރޭސިވިލާތުގެ ފެންވަރަށް ކިޔެވުނުގެ މަގު ޔޫވީ އިން ތަނަވަސްކޮށްދީފައިވާކަމަށް ގަބޫލުކުރެވެއެވެ.

The name is already taken The name is available. Register?

އާބިދާ

05 July 2018

އަޅުގަނޑުގެ ތަޖުރިބާގައި ވިލާއިން ހިންގާ ޔޫވީގެ ޕްރޮގްރާމްތަކުގައި ކުދިންނަށް އެކަށީގެންނުވާވަރަށް ބުރަބޮޑުވުމަކީ މައްސަލައެކެވެ. ކިޔަވަންޖެހޭ ކޮންޓެންޓާއި އެގްޒާމްތަކުގެ ފެންވަރު ރަނގަޅު ނަމަވެސް ކޯސްފެއްޓޭއިރު ދޭ އޮރިއެންޓޭޝަންތައް މިހާރަށްވުރެ ފުޅާކޮށް ކުދިންނަށް ވާސިލުކޮށްދޭންޖެހެއެވެ. ނަމަވެސް ޖުމްލަކޮށް ބުނެވޭނީ ކިޔަވަދިނުމާއިމެދު ހިތްހަމަޖެހޭކަމެވެ.

The name is already taken The name is available. Register?

ޏަޖީބު

04 July 2018

ޔޫވީގެ މާސްޓާރސް އިން އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް ކިޔަވާ ދެއްވާ ލޯކަލް ލެކްޗަރަރ އިންގެ ފެންވަރާމެދު ސުވާލު އުފެދެއެވެ. ރާއްޖެއިން ބޭރުން ކިޔަވާ ދެއްވަން ވަޑައިގަންނަވާ ބޭފުޅުން ކިތަންމެ ތަޖުރިބާކާރު ވެފަ މޮޅުވިޔަސް އެބޭފުޅުން މާރކްކުރައްވާފައި ދެއްވާ މާރކްސް ޔޫވީ އިން މޮޑަރޭޓްކުރީމަ އެތައްގުނައެއް ދަށްވުމަކީ ކިހިނެއްވާ ކަމެއްތޯވެސް ބަލަން ޖެހެއެވެ. ރާއްޖޭގެ ކަންކަން ހިނގާ ގޮތް އެއްވެސް ވަރަކަށް ނޭންގޭ ބޭބޭފުޅުން ސުޕަވައިޒަރުންނަށް ހެދުމުން ކިޔަވަންދާ ކުދިންގެ ހިތްތަކުގައި ތިޔަހިންގަވާ ކޯސްތަކުގެ ފެންވަރާމެދު އެތައް ސުވާލެއް އުފެދެއެވެ. ކަމަށް ޤާބިލް ބޭފުޅުން ތިއްބަވައިގެން ކޯސްތައް ހިންގުމަކީ މުސްތަޤްބަލުގައި ވިލާއާއި މެދު ދަރިވަރިންދެކޭ ގޮތް ބަދަލުކުރުމަށްޓަކައި ކޮންމެހެންވެސް ނާފިޒް ސާރ މެން ވިސްނަވަން ޖެހޭ ކަމެއް ކަމުގައި ދަންނަވަން.

The name is already taken The name is available. Register?

ޒަރީނާ

04 July 2018

ވިލާކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ހިންގާ އިންޓަނޭޝަނަލް ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅެވެ. އަދި ވަރަށް ޗެލެންޖިންގ އެވެ. ނަމަވެސް ކޯސްފީ ކުޑަކޮށްދޭނެނަމަ ވަރަށް ރަނގަޅުވީހެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454