ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
02 ޖުލައި 2018 - 12:06
ށ. ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ބިލެތްފަހީގައި އެއާޕޯޓެއް އަޅާއިރު، އެ އަތޮޅު ފުނަދޫގައި ވެސް އެއާޕޯޓެއް އެޅުމަށް ވަނީ ބިން ހިއްކައިފަ އެވެ.
ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ބިލެތްފައްސަށް ވަޑައިގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ރަށުގައި 400 މީހުން ދިރިއުޅުނަސް ބިން ހިއްކުން ފަދަ މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ތަރައްގީ ބޭނުންވާ ކަމަށެވެ. ގުދުރަތީ ވަސީލަތްތަކަކީ ބިލެތްފަހީގައި ތަރައްގީ އަށް ފަހި ފުރުސަތުތަކެއް ކަމަށާއި އެ ވަސީލަތުގެ ބޭނުން ސަރުކާރުން ހިފާނެ ކަމަށް ވިދާޅުވި އެވެ.
އެ ފުރުސަތުތަކަށް ބެލި އިރު، އެ ރަށުގައި ތަނަވަސް، ތިލަ ފަޅެއް އެބައޮތް ކަމަށާއި އެ ފަޅުގައި އެއާޕޯޓެއް މި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބިލެތްފަހީގައި އެއާޕޯޓެއް އަޅަން މީގެ ދުވަސްކޮޅެއް ކުރިން ބޭރުގެ ކުންފުންޏަކުން ވަނީ، ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެ ކުންފުންޏާއެކު އެއާޕޯޓު އެޅުމުގެ ކަންކަން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ މީހުންނާ އެކު ޓޫރިޒަމް މިނިސްޓަރު ޒަމީރު، އަންނަ ހަފުތާގައި ބިލެތްފައްސަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ބިލެތްފަހީގައި އެއާޕޯޓު އެޅި ފަޅުގެ ބޭނުން ހިފޭ ހިސާބަށް ދިއައީމަ މި ރަށަކީ މި އަތޮޅުގައި އޮތް އެންމެ ތަނަވަސް ރަށަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފުނަދު އާއި ބިލެތްފަހީގައި އަޅާ އެއާޕޯޓާ އެކު އެ ސަރަހައްދަކީ އެ އަތޮޅުގެ ޓޫރިޒަމްގެ މައި ނާރެހަށް ވެގެންދާނެ ކަމަށެވެ. އެއާއެކު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ، ރައްޔިތުންނަށް ނަފާ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއަރ
03 July 2018
ކޮންމެ ދެމަފިރިއަކަށް ހެލިކެޕްޓަރެއް އަލަތުކައިވެންޏާއެކު ދެއްވަންވީ ނޫންތޯއެވެ? ޒުވާނުންނަށެވެ. ފައިންޕުޅު ބީއްސަވާ ކޮންމެ ރަށެއްގައި އެއާޕޯޓެއް އަޅުއްވާނަމަ މިއީ ވެސް ހަމަ ނުކުރެއްވޭނެ ކަމެއް ނޫނެވެ.
ލޮލް.
02 July 2018
އެއްމެ 400 މީހުން؟ ލޮލް. ވަރަށް ފައިދާވާނެ ކަލޯ!!!
ރާއްޖެތެރޭ މިހާ
02 July 2018
އަޑޯތް އަޑޯތް މިޔޮތްގޮވާ މޮޔަޔަކުން މަވާލަދުން ހަލާކު ނަމަނަމަ އެހެން ބަހަކުން މި ޚަބަރު ލިޔެ އަދި ކިޔާނަހަދަތި.
މޯދީ13
02 July 2018
މުޅިގައުމުގަ އެއާޕޯޓު އެޅިޔަސް ދެން ފުރުސަތެއް ނެއި, ރައްޔިތުން ހަނާ ކޮއްފި ދެން ނޯޗާންސް,
ފައި
02 July 2018
އަސްލުއެއާރޕޯރޓުއަޅަންއެއްމެރަގަޅުރަށަކީ ށ ނަލަންދޫއެއީއަތޮޅުގެމެދު
ހަނާ
02 July 2018
ކޮންމެ ރައްޔިތަކަށް އެއާޕޯޓެއް އަޅަންވާނެ މިފަހަރު އަނގައިން އިނގޭ އެކަމަކު މަގޭވޯޓު ހަރާން
ހަހހަ
02 July 2018
ތިޔައީ ޝެއިޚެއްތަ ނޫނީ ދީނީ މާ މަތީ އިލްމުވެރިއެއްތަ އަމިއްލައަށް ހަލާލް ހަރާމް ކަނޑައަޅަން؟
ހެހެ
02 July 2018
ތިހެން ހަރާންކުރާހާ އެއްޗެއް ހަރާމްވާނަމަ ހާދަ އެއްޗެއް ހަރާމްކުރެިވދާނެއޭ.
ށ އަތޮޅު މީހާ
02 July 2018
ށ.އަތޮޅުގައި އެއަރޕޯރޓް އަޅަންވީ ށ. ފުނަދޫއާއި ބލެތްފަހީގައެއް ނޫނެވެ. ށ.އަތޮޅުގައި އެއަރޕޯރޓް އަޅަންވީ ށ.މަޑިދޫގައެވެ. މަޑިދޫގައި އެއަރޕޯރޓް އެޅީމަ މުޅި އެސަރަހައްދުގެ އެންމެންނަށް ހުރިހާ ގޮތަކުން ނަފާލިބިގެން ދާނެއެވެ. މިކަމާ ރައީސް ޔާމީން ވިސްނަވާނެ ކަމަށް އުއްމީދު ކުރަމެވެ.
ައަލިފްހާ
02 July 2018
ކޮބާހޭ ދަނޑުވެރިންނަށް ދޭންބުނި 8000 ރުފިޔާ.. މަސްވެރިންނަށް ދޭންބުނި 10000 .. ކޮބާހޭ އާއިލީ ޑޮކުޓަރު.. 2013 ގަވީ ވައުދު ނުފުއްދުނު ވެރިއަކަށް 2018 ގަވާ ވައުދެއް ވަކި ފުއްދޭނެތަ؟
ބޮކެޓް ސައިންސް
02 July 2018
މިރޮކެޓް ސައިންސް އުޅޭނީ އގަޔާއި އަތާއި ދިމާނުވެގެން އަބަދު ، އެކަމަކު މީހާ ހީވަނީ ރައީސެއްހެން ، އެންމެ އަގުބޮޑު ފޯނެއް ، ސައިލެއްގެ މަތީ ދެން އިތުރަށް ލިޔާނެ ކަމެއްނެތް ، .......
އެޑްމުންޑޯ
02 July 2018
ދެން ހަމަ ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އެއަރޕޯޓެއް ހަމަޖައްސަމުން ގެންދަވާނެ . މިއީ ކުދިންނޭ އާކަމެއްނޫނޭ ، ދެވަނަ ދައުރު ކައިރިވީމާ ވާނެގޮތްވެސްމެ