އުގައިލް ތ. އަތޮޅަށް ވަޑައިގަތުމުން އޭނާ އަށް ސަގާފީ މަރުހަބާއެއް ކިޔަނީ. --ފޮޓޯ/މިހާރު
04 ޖުލައި 2018 - 14:09
މީގެ 15 އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންނެވި ޕްރޮފެސަރު ހަސަން އުގެއިލް އެ ގައުމުގެ ރައްޔިތުކަން ދޫކޮށްލައްވަން ނިންމަވައިފި އެވެ.
އުގެއިލް މިއަދު ވިދާޅުވީ، އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލައްވަން ވަރަށް އަވަހަށް އޭނާ ހުށަހަޅުއްވާނެ ކަމަށާއި އޭނާ ހުންނަވާނީ، ހަމައެކަނި ދިވެއްސެއްގެ ގޮތުގައި ކަމަށެވެ. އެއީ، އޭނާ އަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިނގިރޭސި ރައްޔިތުކަން ދޫކޮށްލައްވަން އުގައިލް މި ނިންމެވީ، އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅަން ވެރިކަން ކުރާ ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވަނިކޮށެވެ. އެ އިސްލާހު މިއަދު ފާސްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެ އިސްލާހު ހުށަހެޅީ، ސެޕްޓެމްބަރު، 23، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އުގައިލް ވާދަކުރައްވަން އުޅޭ އަޑުތައް އަރާފައި ވަނިކޮށެވެ. އެ އަޑުތަކާ އެކު ބިލެއް ހުށަހަޅައި، ގާނޫނަށް އިސްލާހު ގެނައުމަކީ ސީދާ އޭނާ އަށް އަމާޒުކުރި ކަމެއް ކަމަށް އުގައިލް ވެސް ގަބޫލުކުރައްވަ އެވެ.
ޕްރޮފެސަރު އުގައިލް: ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވި.
ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ވެސް ނުވެ އެވެ.
އުގައިލް "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެންނައިރު، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކުރުމަކީ ހިތާމައެކެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުންވެގެން ނޫޅޭން. ބޭނުންވަނީ ގައުމަށް ރަނގަޅު ބަދަލެއް ގެންނަން. އެގޮތަށް ބަލާއިރު، ގާނޫނަށް އިސްލާހު ގެނަޔަސް އެ މަސައްކަތުގައި އަޅުގަނޑަކަށް ހުރަހެއް ނެތް،" އުގައިލް ވިދާޅުވެފައިވެ އެވެ.
ގައުމަށް ހެޔޮ ބަދަލު ގެނައުމަށް، އުގައިލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ކުރައްވާކަށް ކޮންމެހެން މަޖުބޫރެއް ނޫނެވެ. އޭނާ އަށް ހުރަސްއަޅަން ގާނޫނަށް އިސްލާހު ގެނަޔަސް، ރާއްޖެ އަށް ބަދަލު ގެނައުމަށް އޭނާ ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދާސް 2
06 July 2018
މަރުހަބާ އުގޭލު. އަޅުގަޑުމެންވެސް މިތިބީ ތިޔަގޮތުގަ. ތިޔަކަމުގަ އެހީތެރިވެ ބައިވެރިވާނަން.
ޙަފްޞާ / މާލެ
05 July 2018
މުސްކުޅި ހަރުބަހެއްގައި އޮވެއެވެ. " ޒަބީދުގައި އުޅުނަސް މަރުވަން ވަޒަނަށް އަންނާނެއެވެ." .
އަތްފުނާ
05 July 2018
ހަނދާނަށް ގެނެބަލަ ، ޑރ ހަސަން ސައީދު އަދި ޑރ ވަހީދު ހަސަން މަނިކަށް ވީ ގޮތް.މި މީހުންނަށް ވެރިކަން ލިބުނީ ކޮންމެހެން ނުކިޔަވައި ހުރެގެނެއްނޫން ، ރައްޔިތުން ބަލައި ނުގަންނަނީ.މިކަހަލަ މީހުންނަށް ވެރިކަން ލިބޭނީ ފުރުސަތަކުން ޑރ ވަހީދުއަށް ވެރިކަން ފުރޮޅިގެން ދިޔަހެން.ވީމާ އުގެލްއަށް ވެސް ވެރިކަމަށް ގެންނަން ރައްޔިރުން ތާއިދެއް ނުކުރާނެ އެކަމަކު ފުރުސަތަކުން ލިބިދާނެ.ކަލޭމެންގެ ކޮންމެ މީހެއްވެސް އުޅެނީ އެ،މިހަކަށް ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން ވެރިކަމަށް އަންނަ.މި ނޫނީ ވެރިކަމާހެދި އުޅޭ ގައުމެއް ނުދެކެން.މީގެ ހެއްވާކަމަކީ މީގެން މީހެއް އިންތިހާބަކުން ނުވަތަ އެހެންވެސް ކަމަކުން ގޮނޑި ގެއްލިއްޖިޔާ ލޮލަށްވެސް ނުފެނޭ އަނެއް އިންތަހާބާ ޖެހެންދެން.މީގެ ކުރިން މަޖިލީހުގައި އަޑުގަދަކުރަން ތިބި ބައެއްމީހުން ގޮނޑި ގެއްލުނިމާ ނުވެސް ފެނޭ
އައިޝާ
05 July 2018
އަޅުގަނޑަށް އުގެއިލު އަށް ވުރެ އިތުބާރު ކުރެވޭ ޑރ. މައުސޫމަށް ވެސް.
ނާޝް
05 July 2018
އެމީހަކު މީހަކާ މެދު ރުހުނަސް ނުރުހުނަސް އިހްތިރާމާއެކު ވާހަކަ ދެއްކުމަކީ ރިވެތި އަދަބެއް. އަދި އެކަމަކީ ތިމާގެ ފެންވަރު އަނެކާގެ ކުރިމަތީ ވަރަށް ރީތިކޮށް ހާމަވާކަމެއް. ޕްރޮފެސަރ އުގެއިލް އަކީ އަހުރެން ދިވެހި ދަރިޔެއްގެ ހައިސިއްޔަތުން ވަރަށް ފަޚުރުވެރިވާ އަދި ވަރަށް ޤަދަރުވެސް ކުރާ ބޭފުޅެއް. އެއީ ވަރަށް ހިއްތިރި ހިތްހެޔޮ ބޭފުޅެއް. ހަމަ ގައިމުވެސް ރައީސް ޔާމީނަށްވުރެ ޢިލްމީ ޙިކުމަތްތެރި ހިއްތިރި އޯގާތެރި ކޮންމެ މީހަކަށްވެސް އިހްތިރާމު ކުރައްވާ ލޯތްބާއެކު ވާހަކަ ދައްކަވާ ބޭފުޅެއް. އަހުރެން ރައީސް ޔާމީނަކަށް ތާއީދެއް ނުކުރަން. މީގެ މާނައަކީ އަހުރެން ރައީސް ޔާމީނަށް ހިތުހުރިހާ އެއްޗެއް ގޮވަންވީއޭތަ؟؟
ބޭވަފާތެރިކަން
05 July 2018
މާދުރުގައި އޮތް ގައުމަކަށް ރައްޔިތުކަން ބަދަލުކޮށް، އަނެއްކާ މީ ކޮން އިހުލާސްތެރި ކަމެއް ހުރި މީހެއްބާ؟ ހަމަގައިމުވެސް ގައުމުދެކެ ލޯބިވާ ގައުމައް އިހުލާސްތެރި ކަމެއް ހުރި މީހަކު އަމިއްލަ ގައުމީ ރައްޔިތު ކަމެއް ބަދަލެއް ނުކުރާނެ.
ސައީދު/ ހުޅުދޫ
05 July 2018
ކޮމްޕިއުޓަރު ކިޔަވައިގެން ހުރި މީހަކު ވެރިކަމަށް؟ ގާނޫނީ ދާއިރާ ނޫނީ އިގްތިސާދު ނޫނީ ޕޮލިޓިކަލް ސައެންސް ކިޔަވައިގެން ހުރި ނަމަވެސް އެންމެ ރަގަޅު.
ފޭދޫ މީހާ
05 July 2018
ކޮންމެ މީހަކުވެސް ސިޔާސީ ދާއިރާ އަށް ވަންނަން ވީމަ މިދައްކާ ބަހަނާ އަކީ، ތިމަންނަ މިއުޅެނީ ކަންކަން ބަދަލުކޮއް އިސްލާހު ކުރަންވެގެންނޭ. ހޯހޯ..ރައްޔިތުން މީނައަށް ވުރެ ބޮޑު ޢިލްމުވެރިއަކަށް 30 އަހަރު ވެރިކަން ކޮއްފަ އެދިޔައީ. އެއްވެސް ކަމެއް ރަނގަޅު ނުވި ތާނގަ ކަންކަން ގޯހުން ގޯހަށް ދިޔައީ. ކޮމްޕިއުޓަރ ސައެންސް ކިޔަވާއިގެން އައިއްސަ މިއުޅެނީ ގައުމެއް ހިންގަން. މީއަޅެ ދެން ފަހެ ޖޯކެއްތަ.
ހިތަދޫ
05 July 2018
ފޭދޫ މީހާ ކޮންކަމެއް ރަނގަޅު ނުވީތަ؟ ކަަންކަން ރަނގަޅުވިކަމަށްވީސް ދޯ ވަކި ސަރުކާރެއް ހަދާލެވުނު ނަމަ.
ސޭކުސްތާނުގެ ޕްރޮފެސަރު
05 July 2018
މާދަމާ ވެސް ކޮމްޕިއުޓަރ ސައެންސް ކިޔަވާއިގެން އަންނަ މީހާ ވެސް ވެރިކަމާ ތޮަޅެން. މިއޮތީވާ ގައުމެއް. އެމީހަކު ކިޔެެވި އެއްޗަކުން ގައުމަށް ޚިދުމަތް ކުރިއްޔާ މާރަނގަޅު ވާނެ. ސަރުކާރު ޚަރަދުގަ ތިކިޔަވާ ވިދާޅުވެފަ ހުރި އެއްޗެއް ދިވެހި ދަރިވަރުންނަށް އުގަންނައި ދިނުން މާރަނގަޅު ވާނެ. ހަމަގައިމުވެސް އަޅުގަނޑު ކުރިމަތީ މީނަ މިހާރު މިއުޅޭ ގޮތުން އަގު ވެއްޓިއްޖެ. މިހާރު ވެރިކަމަށް ލޯ ނާޅާ ވަކިމިވެނި މީހަކު ހުރީކީ ނޫން ވިއްޔާ.
ތުނިޔެ
05 July 2018
އެއްޗެއް ނުކިޔަވާހުރި މީހާވެސް ވެރިކަމާތޮޅޭ އިރު، ކޮމްޕިއުޓަރ ސައިންސު ކިޔަވާފަ ހުރިމީހަކު ވެރިކަމާ ތޮޅުމަކީ މައްސަލައަކަށް ނަހަދަމާ!
ގަޅިގާނޫނު
05 July 2018
ގާނޫއަސާސީން ނޫނީ ގާނޫނަކުން އަހެންރެން ދިވެއްސަކަށް އުފަންނުވާކަމަށް ހެދިދާނެބާ. އަހަރެންގެ މަންމައަކީ ބައްޕަކަމަށް ކަނޑާއެޅިދާނެބާ. ގަޅިޑިވްސް