ޕީއެސްޖީގެ މެޗެއްގެ ތެރެއިން ބެކަމް (ކ) އާއި ޒަލަޓަން އިބްރަހިމޮވިޗް.-- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2018 - 11:38
ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޑަން އާއި އިންގްލެންޑް ކުޅޭއިރު، މި ދެ ޓީމުގެ ކުރީގެ ދެ ތަރިން ކަމަށްވާ އިންގްލެންޑުގެ ޑޭވިޑް ބެކަމް އާއި ސްވިޑަންގެ ޒަލަޓަން އިބްރަހިމޮވިޗްގެ ޗެލެންޖެއް ކުރިއަށްދާނެ އެވެ.
މިރޭގެ މެޗުގެ ކުރިން އިބްރަހިމޮވިޗް ވަނީ ޓްވިޓާ މެދުވެރިކޮށް ބެކަމަށް ޗެލެންޖެއް ކޮށްފަ އެވެ.
"އިންގްލެންޑް މޮޅުވެއްޖެނަމަ އަހަރެން ޑޭވިޑް ބެކަމް އަށް ދުނިޔޭގައި އޭނާ ބޭނުންވި ކޮންމެ ތާކުން ކާން ދޭނަން. އެކަމަކު ސްވިޑަން މޮޅުވެއްޖެނަމަ ބެކަމް ޖެހޭނެ އަހަންނަށް އައިކިއާ (ގޭތެރޭގެ ސާމާނު އުފައްދާ ސްވިޑަންގެ ކުންފުންޏެއް) އިން ބޭނުން އެއްޗެއް ގަނެދޭން،" ބެކަމްގެ ޓްވިޓާ އެކައުންޓް ޓެގްކޮށްފައި އިބްރަހިމޮވިޗް ކުރި ޓްވީޓުގައިވެ އެވެ.
އިބްރަހިމޮވިޗްގެ ޓްވީޓަށް ބެކަމް ޖަވާބު ދިނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
"ސްވިޑަން މޮޅުވެއްޖެނަމަ އަހަރެން އިބްރަހިމޮވިޗް ގޮވައިގެން ދާނަން އައިކިއާ އަށް. ގޮސް ލޮސް އެންޖެލެސްގައި ހުރި އޭނާގެ ގެއަށް ބޭނުންވާ އެއްޗެއް ގަނެދޭނަން. އެކަމަކު އިންގްލެންޑް މޮޅުވެއްޖެނަމަ އިބްރަހިމޮވިޗް ޖެހޭނެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް ކުޅޭ މެޗެއްގައި އިންގްލެންޑް ޖޯޒީގައި ލައިގެން ދަނޑަށް ގޮސް ހާފް ޓައިމްގައި ފިޝް އެންޑް ޗިޕްސް އެއް ކާން،" ބެކަމް އިންސްޓަގްރާްމްގައި ލިޔުނު ޕޯސްޓެއްގައިވެ އެވެ.
އިބްރަހިމޮވިޗާއި ބެކަމް ކުޅުނުއިރު އިންގްލެންޑާއި ސްވިޑަން ވަނީ ވޯލްޑް ކަޕުގައި ދެ ފަހަރެއްގެ މަތިން ކުރިމަތިލައިފަ އެވެ. ދެ ފަހަރު ވެސް ކުޅުނީ ގްރޫޕް ސްޓޭޖުގަ އެވެ. ދެކުނު ކޮރެއާ ޖަޕާނުގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި 2006 ވަނަ އަހަރުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އިންގްލެންޑާ ދެކޮޅަށް އިބްރަހިމޮވިޗް އެންމެ މޮޅު ކުޅުމެއް ދެއްކީ 2012 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ ފަހަރު އިބްރަހިމޮވިޗް ވަނީ އިންގްލެންޑް ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ހާފުގެ މެދަކާ ހަމައިން ޖެހި އޯވަހެޑްކިކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޔާހޮކި
08 July 2018
ތިކަން ކުރަން ނޫޅި ބޭރުން ބިޓެށް ސެޓުކުރަން ދޭ.
ލޮނު ސްޓަރ
07 July 2018
ލޯން ސްޓަރ.. މަހަކަށް ނޫން ....ސެމީއަށް އިންގްލެންޑް ދިޔައީ ސޮރީ.. ނައު ގޯ ފިޝް.
ލޯންސްޓަރސް
08 July 2018
ރެފްގެ އެހީއާއިއެކު އިންގްލެންޑް މޮޅުވީ.
ބްރިޓިޝް ރޯޔަލް ފެމިލީ
07 July 2018
އިންގްލެންޑް މޮޅު ވެއްޖެއްޔާ، 1972 ވަނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހު، ކުއީން އެލިޒަބަތު 2 އަދި ފިރިކަލުން ޑިޔުކް އޮފް އެޑިންބަރގް ޕްރިންސް ފިލިޕް، ޝާހީ ޔޮޓް ކޮޅު 'ބްރިޓާނިއާ 'ގައި މާލެއަށް ރަސްމީ ޒިޔާރަތެއް ކުރި ގޮތަށް މިފަހަރު ވެސް ޒިޔާރަތެއް ކޮށްލުމަކީ ވަރަށް އެދޭކަމެއް.
ރަދީފް ފްރެންޑް
07 July 2018
ދެގޮލާ ރުށް ނެތް ފަޅުރަށަކަށް މުޑިކާށި ހޮވަންދޭބަލަ
އިބުރާހީމް
07 July 2018
ހެލޯ ބެކަމް މަވެސް ވެމްބްލީގަ ހާފު ޓައިމްގަ ފިޝް އެންޑް ޗިޕުސް ކައިފާނަން. ގެންދަން ކެރޭނެތަ
ވަޙީދު
07 July 2018
ބެކަމް ޓެގް ކޮއްލަބަލަ، ބެކަމް އެބައުޅޭ ތިކަމާ
އަވަ
07 July 2018
އަފިރިން ބެނުމީ އިނގިރޭސިން މުޅުވޭއް.
ލޯންސްޓަރ.
07 July 2018
މަހަށް ދޭބަލަ އިންގްލެންޑް ގޮވައިގެން.
ލޯންސްޓަރ.
07 July 2018
އިންގްލެންޑް ބަލިވާނެކަމަށް އުއްމީދުކުރަން.