މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖުން ގުޅާލަން ފުރަތަމަ ހޮޅިވަޅުލުމުގެ މަސައްކަތް މިއަދު ކުރަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ
07 ޖުލައި 2018 - 11:58
މިހާރު ހަދަމުން އަންނަ މާލެ-ހުޅުލެ ބްރިޖާ އެކު ދެ ރަށުގެ ފެނުގެ ނިޒާމު ގުޅާލަން ހޮޅި ވަޅުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ފެން ހޮޅިލައިނަކާއި ފައިބާ އޮޕްޓިކް ކޭބަލެއް އަޅަން އެމްޑަބްލިއުއެސްސީން ހަވާލުކޮށްފައި ވަނީ ބްރިޖްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މާލެ އާއި ހުޅުމާލެ ގުޅުވާލަން އަޅާ ހޮޅިލައިނުގެ ފުރަތަމަ ހޮޅި އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ފެން ހޮޅިލައިނާއި ފައިބާ އޮޕްޓިކް ކޭބަލްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށެވެ. އެމްޑަބްލިއުއެސްސީން، ސީއެޗްއީސީއާ އެ މަސައްކަތް ހަވާލުކުރީ 1.6 މިލިއަން ޑޮލަރު (24.6 މިލިއަން ރުފިޔާ) އަށެވެ.
އެމްޑަބްލިއުއެސްސީން ކުރިން ބުނެފައި ވަނީ މާލެ އިން ހުޅުމާލެއަށް ފެންހޮޅި އެޅުމުގެ ބޭނުމަކީ ފެން އުފައްދައި ރައްކާކުރުމުގެ މައި ހަބަކަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ސެންޓަރު ބަދަލުކޮށް، މާލެ އާއި ހުޅުމާލެ އަށް ބޭނުން ކޮންމެ ވަގުތަކު ބްރިޖް މެދުވެރިކޮށް ފެން ޕަންޕް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އަދި މިއީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގައި މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަންނަ މަހު ހުޅުވަން އަމާޒު ހިފާފައިވާ ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީއެޗްއީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ންނެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގައި މިހާރު ކުރިއަށް ގެންދަނީ ސުޕަސްޓްރަކްޗާގެ އެންމެފަހު ތަނބު ގުޅުވާލުމުގެ މަސައްކަތެވެ. އެ ތަނބު ގުޅާލުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ނިމޭނެ އެވެ. މި މަސައްކަތް ނިމުމުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހާމު ޝަރީފް
07 July 2018
ބްރިޖާއި، ހުޅުލޭ އޭޕްރޭން އަކީ ވަރަށް ބޮޑު ދެ ފުރާޅު. އެތަނުން ވިއްސާރަ މޫސުމުގައި އެތައް ހާސް މެޓްރިކް ޓަނުގެ ވާރޭފެން 1 ގަޑިއިރު ތެރޭގައި ކެލެކްޓް ކުރެވޭނެ. އެފެން ޕިއުރިފައިކޮށްގެން މިނަރަސްލް އާއެކު ސަޕްލައި ކުރާނަމަ ވަރަށް ހިނގާނެ.
އަބްދުއްالله
07 July 2018
ދިވެހި ސިނަ ރަށްޓެހި ކަމުގެ ގުޅުން! އަބަދުގެ އަބަދަށަ ނުމެވެ ފަނާ!
މިލިޓަރީ
07 July 2018
އެމްޑީޕީ އެދޭވެރިކަމެއްގަ އިންޑީޔާގެ ހުއްދައަކާނުލާ އެއްކަމެއްވެސް ނުކުރެވޭނެ އިންޑިޔާގެ ހުއްދަ ހޯދަންޖެހޭ ނޫނީ މިރާއްޖޭގަ ކަމެއްނުކުރެވޭނެ؟ އެމްޑީޕީ އެއުޅެނީ މިރާއްޖޭގެ މިނިވަންކަންނަގާލާ އެމްޑީޕީ ވެރިކަންކުރެވޭނެ ގޮތެހޯދަމުން މީ ދެރަމަސްސަލޭ ކެރަފާ އާއިލާ މީހުން މިރާއްޖެއަކަ ހެވެނޭދޭނެ.
ޝޮކްތެރަޕީ
07 July 2018
ޗައިނާއޭ ކިޔާފަ މޯޅު ވާހަކަ ދައްކާނެކަމެއްނެ އިންޑިޔާއަކަ ނުކުރެވޭނެ ޗައިނާ ކުރާވަރަކަ ތަރައްގީއެ މިރާއްޖެ ޗައިނާޔާ ގުޅުންބަދަހިވަރަކަ މިރާއްޖޭގެ ބާރުވެރިވެ އަމިލްލަ ފައިމައްޖެދެދުވޭ.
ބޮކި ބޮކި
07 July 2018
މީހަކާއިންނަން ވެސް ޗައިނާ ބަޔަކާދޯ ހަވާލުކުރާނީ...
އުމަރުބެ
07 July 2018
ފެންހޮޅި އަޅާލުންވެސް ޗައިނާއަށް، ދެން ވިސްނާލާ ދަރާނެވަރު
އިބޫބެ
07 July 2018
އިންޑިއާގަ ނެތޭ ފެންހޮޅި އަޅައިދޭނެ ބައެއް. އެހެންވެ އިންޑިއާގަވެސް އެތައް މިލިޔަން ބަޔަކަށް ސާފު ބޯފެން ނުލިބޭ.
އަތްފުނާ
07 July 2018
މިވެރިކަމުގައި ރައްޔިތުންނަށް ކޮށްދޭ ކަންކަން ލޯތަކަށް ނުފެންނަނީތަ ؟
މުހަންމަދު އަޒުމީލް
07 July 2018
މިދުވަސްކޮޅު ވަރުއަރުވާފަ ކިތައްމެ ކަމެއްކުރިއަސް ރައްޔިތުންގެ ލޯބިލިބިގެންވާ ކުށެއް ނެތް ބަޔަކު ޖަލުގައި ބަންދު ކޮށްގެން ދޭނެ ވޯޓެއްނޯންނާނެ
ތެދުވެރިޔާ
07 July 2018
އެއީ ތެދެއް. ކުރިއަށް އޮތް ދައުރަށް އިންތިޚާބު ވާން ބޭނުމިއްޔާ ފުރަތަމަ ޖެހޭނީ ޖަލުގައި ތިބި ކުށެއްނެތް މީހުން ދޫކޮށްލަން.
ފަތީނު
07 July 2018
ކުށެއްނެތްކަން ކަނޑައަޅަނީ ކަލޭތަ؟
1828
07 July 2018
ފަތީނު. ކާނަލް ނާޒިމްގެ ގެއިން ފިސްތޯލް ފެނުނު މައްސަލާގައި ސުވާލު އުފެދޭ ކިތައްމެ ކަމެއް އެބަަހުރި. އޭގެތެރިން ބައެއްކަންކަން. 1 - އޭރުގެ ޑިފެންސް މިނިސްޓަރުގެ ގެ ބަލާ ފާސްކުރަން ފުލުހުން ވަތް އިރު ވީޑިއޯ ކުރާނެ ކެމެރާއެއް ނެތް ކަމަށް ފުލުހުން ބުނި ( އަަަހަރެންނަކީ ފުލުހުންގެ ޚިދުމަތުގައި 10 އަހަރަށް ވުރެއް ގިނަ ދުވަހު އުޅުނު މީހެއް. ހުންނާނެ އަމިއްލަ ފޯނުން ވީޑިއޯކޮށްފައިވެސް.) 2 - އަދީބު ޑީއެން އޭ ފެނުން. 3- އޭރުގެ ހޯމްމިންސްޓަރ ބުނާ ބުނުން.