ގޫގުލް ޕްލޭ ސާވިސަސް
12 ޖުލައި 2018 - 06:48
އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ހިންގާ ފޯނުތައް މާކެޓަށް ނެރުމުގެ ކުރިން، "ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" އަޅަން، ގޫގުލް އަށް މަޖުބޫރުނުކުރެވޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ. ގޫގުލް އިން އެ ގޮތަށް ކަންތައްކުރާ ނަމަ އެކަން އެ ގޮތަށް ކުރަން ދޫކޮށްނުލެވޭނެ ކަމަށް އިޔޫ އިން ވަނީ ބުނެފަ އެވެ.
އެންޑްރޮއިޑް ފޯނުތަކުގައި "ގޫގުލް ޕްލޭ ސްޓޯ" ފުރިހަމަ އަށް ހިންގުމަށްޓަކައި، "ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" ފޯނުތަކަށް އަޅައި، އެއިން ކޮންމެ އެޕްލިކޭޝަނަކީ "ޑިފޯލްޓް" އެޕަކަށް ހަދަން ގޫގުލް މަޖުބޫރުކުރެ އެވެ. އެ ނޫން ގޮތެއްގައި ގޫގުލް ޕްލޭ ސްޓޯ އަށް ވަދެވޭ ގޮތެއް ނުވެ އެވެ.
ގޫގުލް އިން އަމިއްލަ ބްރައުޒާއެއް އަދި އަމިއްލަ ސާޗް އިންޖީނެއް ގެންގުޅުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ގޫގުލް އަށް ވާނެ ކަމަށް ދެކޭ ކަމަށް ބުނަމުން އީޔޫ އިން ބުނީ، މިނިވަން ވިޔަފާރީގައި، ވާދަވެރިންނަށް ނެތް މިންވަރަށް އަމިއްލަ އުފެއްދުންތަކަކަށް ވެސް ނުފޫޒުފޯރުވިގެން ނުވާނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން އަކީ ގޫގުލް އަށް ވަރަށް ބީރައްޓެހި އަދި އުނދަގޫ މާހައުލެކެވެ. އެ ގައުމުތަކުގައި ހިންދެމިލައިގެން ވިޔަފާރިކުރުން ގޫގުލް އަށް ވެފައި ވަނީ، ކިނބޫ ކޯރެއްގައި ފެތުމަށް ވުރެ ވެސް އުނދަގޫ އަދި ބިރުބޮޑު ކަމަކަށެވެ. ވާދަވެރިން ތަފާތުކުރާ ކަމަށް ބުނެ، އިޔޫ އިން 2016 ގައި 2.4 ބިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާ ވެސް ކުރި އެވެ.
ގޫގުލް އަށް މިހާރު އޮތް ގޮތަކީ ވާދަވެރިންނަށް ފަސޭހަކޮށްދިނުމެވެ. އަމިއްލަ ފައިދާ އަށް ވަކި އުސޫލުތަކެއް މަޖުބޫރުނުކޮށް، އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި، އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރެވޭނެ ހަރުދަނާ އުސޫލެއް އަމިއްލަ އިޚުތިޔާރުގައި ގާއިމުނުކޮށްފި ނަމަ، ގޫގުލްގެ މައްޗަށް އެކަން މަޖުބޫރުކޮށްފާނެ ކަމަށް ވެސް ބެލެެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމު
12 July 2018
ތިޔޫރަޕިއަން ޔޫނިއަންއަކީ މިހާރު މުސީބާތަކަށްވެއްޖެ . ތިމީހުން ރުހޭގިތަކަށޯ އެހެންމީހުން އުޅެންޖެހޭނީ
ބްރެކްޒިޓް
12 July 2018
އީޔޫ އިން އިންޒާރުނުދޭ ތަނެއް މިހާރު ނެތް.
ތުއްތުނާ
12 July 2018
"ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" އަޅަން މަޖުބޫރު ނުކުރިޔަސް ދެން ބޭނުންވަނީ ހަމަ އެ 2 އެޕްލިކޭޝަން.....ބޭނުން ކުރަމުން ގޮސް މިހާރު ވަރަށް ބޮޑަށް އާދަ ވެފައިވަނީ......
ކައުންސެލަރު
12 July 2018
އެޕަލްފޯނެއް ގެންގުޅުމެކޭ ނޫޅެންއުޅޭ އަންބަކު ގެންގުޅުމުކޭ ނެތް އެއްވެސްތަފާތެއް. މީ ލައްކަވާހަކަ. ހައް
ހޮޓްކިންގ
12 July 2018
ކީއްވެތަ އެޕަލް ފޯނާމެދު ފިޔަވަޅު ނާޅަނީ. އެމީހުންގެ ބާރުގެ ދަށުގައި ފޯނު އޮންނަނީ. އެމީހުން ހުއްދަދޭ އެއްޗެއް ނޫނީ ފޯނަށް ނޭޅޭ. އެކަމަކު މަގޭފޯނޯ. އެއްވެސް މިނިވަންކަމެއްނެތް. މަށަށް ހިލޭ ދިނަސް އެޕަލް ފޯނު ބޭނުމެއްނޫން. މަގޭ އެއްޗެއްވިއްޔާ މަގޭ ކޮންޓްރޯލް އޮންނަންވާނީ.
ސޯބު
12 July 2018
ތިބުނާ އުސޫލުންވިއްޔާ އެޕަލްއާމެދު ފިޔަވަޅު އެޅުން މާ އައުލާކަންބޮޑު.
ސަޅިބައިސާ
12 July 2018
ކޮބާ ތިއަބުނާ ޑިމޮކްރަސީ. ކޮބާ މިނިވަންކަން. ގޫގުލް ޕުލޭ ސުޓޯރައް ވަންނަން ބޭނުމިއްޔާ އެމީހުން ބުނާގޮތެއް ހަދައިގެންދޯ ވަދެވޭނީ. އީ ޔޫ އަކީ މީ ހާދަ ޖަންގަލީ ސިފަތައް ހުންނަ ބައެކޭ.
ޣޮޮގލެ
12 July 2018
މި އީޔޫއަކާހެދި ވިޔަފާރި ކުރެވޭކަށްވެސް ނެތެއްނު!