ފާރުފުށި ރިސޯޓުގެ އޯޝަން ސުއިޓެއް: މިއަހަރުގެ ތެރޭގައި ރ. އަތޮޅުގައި އިތުރު ރިސޯޓުތަކެއް ހުޅުވާނެ. ފޮޓޯ: ފާރުފުށި
21 ޖުލައި 2018 - 13:38
ރ. ފާރުފުށީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި، ޔުނިވާސަލް ރިސޯޓްސް އިން "ފާރުފުށި މޯލްޑިވްސް"ގެ ނަމުގައި ހިންގަން ހަމަޖެހިފައިވާ ރިސޯޓުގައި މަތީ ފެންވަރުގެ ހިތްގައިމު 80 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓާއި ޕޫލާއެކު 39 އޯޝަން ރިޓްރީޓާއި ޕޫލާއެކު ތިން އޯޝަން ސުއިޓް އަދި އެއް އައިލެންޑް ރެސިޑެންސް ކިޔާ ވިލާއެއް ވެސް ހުރެ އެވެ. އޭގެ އިތުރުން މަތީ ފެންވަރުގެ ތަފާތު އެކި ރަހަތަކުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ފަސް ރެސްޓޯރަންޓާއި ބާ ވެސް ހުރެ އެވެ.
އެ ރިސޯޓުގައި އޭގެ އިތުރުން ޑައިވިން އާއި ވޯޓާ ސްޕޯޓްސް އަދި ސްޕާ އާއި އެނޫން ވެސް ރެކްރިއޭޝަނަލް ހަރަކާތްތައް ވެސް ހިންގުމުގެ ފުރުސަތު އޮންނާނެ އެވެ.
ރ. ފާރުފުށީގައި ތަރައްގީކުރާ ރިސޯޓުގެ ކުރެހުމެއް. އެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވާނެ. ފޮޓޯ: ފާރުފުށި
މާލެ އިން ފުރައިގެން ސީޕްލޭންގައި ނުވަތަ ޑޮމެސްޓިކް ފްލައިޓެއްގައި 50 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓަކަށް ވާނެ އެ ކުންފުނިން ބުންޏެވެ.
ފާރުފުށި އިންވެސްޓްމަންޓުން ތަރައްގީކުރި ރިސޯޓުން، ޑިސެމްބަރު 15 ގައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރިސޯޓުގެ އިސް މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެގްޒެކެޓިވް ޝެފާއި އެފް އެންޑް ބީ ޑައިރެކްޓަ، ޑައިރެކްޓަ އެޗްއާރު، ޓްރެއިނިން މެނޭޖަރު، ޕާޗޭސިން މެނޭޖަރު، މާކޮމް މެނޭޖަރު، އައިޓީ އެޑްމިނިސްޓްރޭޓަރު، ސެކިއުރިޓީ މެނޭޖަރު، އެގްޒެކްޓިވް ހައުސިން ކީޕަރު، ފައިނޭންޝަލް ކޮންޓްރޯލަރު، ފްރަންޓް އޮފީސް މެނޭޖަރު، ސްޕާ މެނޭޖަރު އަދި އިންޖިނިއަރިން މެނޭޖަރުގެ މަގާމަށް ވެސް މީހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯޓް
22 July 2018
ތި މަތީމަގާމު ތަކަކީ ހަމަ ބޭރުމީހުނައް ދާނެ ވަޒީފާތަކެއް.... މި ކަންކަން ބަލާނެ މީހަކު މި ދިވެހި ފަސްގަނޑަކު ނެތް... ކިތަންމެ މަތިން ކިޔެވިޔަސް ދިވެހިންނައް މި ލިބެނީ އާދައިގެ ވަޒީފާ....
ރާ އަތޮޅު، ޔުނިވާސަލް އަތޮޅު
22 July 2018
އަހަރެމެން ހަމައެކަނި ދަތުރުތާން އޮތް ރަށް ވެސް ޔޫރަޕިން ޔޫނިއަން މީހުން ހިތް އުފާ ކުރުމަށްޓަކައިދިނީ!