ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ޖަމީލާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
15 ޖުލައި 2018 - 16:59
ރާއްޖޭގެ ބައެއް އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރު ގައުމުތަކުގެ މަންދޫބުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ، ސަރުކާރުގެ އޮފިޝަލަކު ދެއްކެވި ވާހަކަތައް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ދޮގުކުރައްވައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ބައެއް ބޭފުޅުން ޔޫރަޕްގެ ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖަމީލް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
Irresponsible allegation by #Maldives officials on me on eve of @EUCouncil sanction. Still tough talk & no sign of amending gross rights violations, torture & abuse. EU isn’t YAG & bribery allegations are delusional & derogatory. People must vote YAG out. https://t.co/CN7IoSZ8m3
— Mohamed Jameel Ahmed (@MJameelAhmed) July 15, 2018
ޖަމީލް މިއަދު ކުރެއްވި ޓުވީޓު.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖެއާ ދެކޮޅަށް ޖަމީލް ވަނީ ކެމްޕެއިން ކުރައްވައި، "ފައިސާ ވެސް" ބައްސަވައިފަ އެވެ. އަދި އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ރާއްޖެއާ ދެކޮޅަށް ކެމްޕެއިން ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލް އެހެން ވިދާޅުވިއިރު، ޖަމީލް ވަނީ މީގެ ދުވަސްތަކެއް ކުރިން އީޔޫގެ ބައެއް ގައުމުތަކަށް ވަޑައިގެން މަންދޫބުންތަކަކާ ބައްދަލު ކުރައްވައިފަ އެވެ.
ސަރުކާރުގެ އޮފިޝަލް ދެއްކެވި ވާހަކަތައް ދޮގު ކުރައްވައި، ޖަމީލް ވިދާޅުވީ އީޔޫ އަށް ރިޝްވަތު ދިން ކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ، ތަސައްރަފު ނުފުދޭ ވާހަކަތަކެއް ކަމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި އީޔޫ އިން ފިޔަވަޅު އަޅަން ތައްޔާރުވަމުން ދާއިރު، ދިވެހި ސަރުކާރުން ގާނޫނާ ޚިލާފު އަމަލުތަކާއި އިންސާނީ ހައްގުތަކާއި އަނިޔާވެރިކަން ހުއްޓާލައި އިސްލާހު ވާން ނޫޅެ އެވެ. އީޔޫ އަކީ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"އީޔޫ އަކީ ޔާމީނެއް ނޫން. ރިޝްވަތުގެ ވާހަކަ އަކީ ހިޔާލީ އަދި އީޔޫ ބަދުނާމް ކުރަން ދައްކާ ވާހަކައެއް،" ޖަމީލް ވިދާޅުވި އެވެ.
އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގައި މާދަމާ އޮންނަ ބައްދަލުވުމުގައި ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ އެޖެންޑާކޮށްފަ އެވެ. އެޖެންޑާގައިވާ ގޮތުން ފިޔަވަޅު އަޅާނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސް އަޅާ މީހުންނާ މެދުގަ އެވެ.
ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫ އިން އެޖެންޑާ ކުރިޔަސް، އެ ފިޔަވަޅު އެޅިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
22 August 2018
ކަލޭމެން ތީ ގައުމުގެ ޣައްދާރުން!!! ކަލޭމެން ރާއްޖެއާ ބެހޭގޮތުން ދިގުވާހަކަތައް ދައްކާ ރާއްޖެއާއި ދެކޮޅަށް ދަތިކުރަން މަސައްކަތްކުރޭ!!! ފައިސާވެސް ހަމަ އެބަ ބަހާ!!
ހެޔޮބަސް
17 July 2018
މިހާރުހިނގާކަންތަކުން ފާހަގަކުރެވޭ އަދި ވަރަށްގިނަފަރާތްތަކަށް ސާފުކޮށްއެގޭ ކަންތައްތަކެއް އެބަހުރި އެއީ 1 ފިސްތޯލައެއްގެ މައްސަލާގައި ނާޒިމަށްފިޔަވަޅުއަޅާފައިވާއިރު ފިސްތޯލައިން ނާޒިމްއާ، ނާޒިމްއުޅުއްވާގޭގެ އެއްވެސްބޭފުޅަކާ ފިންގާޕްރިންޓުން ދިމާނުވުން 2 12 މެމްބަރުންގެ ގޮޑިގެއްލިއްޖެކަމަށް ކަނޑައަޅާ މަޖުލީހުގައި އެތަށްހާސް ރައްޔިތުންގެ އަޑުއުފުލާނެފަރާތެއްނެތި އެތަށްދުވަހެއްވޭތިވީއިރުގަވެސް ގެއްލުނުކަމަށްނިންމާފައިވާ12 ދާއިރާގެ އިލެކްޝަން ( ގާނޫނުގައި ގޮނޑިއެއްހުސްވެއްޖެނަމަ ވަކިމުއްދަތެއްގެތެރޭގައި އިލެކްޝަންބާއްވަން އޮތްކަމު ގައިވިއަސް) ނުބޭއްވުން އަދިވެސް އަދިވެސް
ޔހފސ
16 July 2018
ޖަމީލުމެން ތިކަން ކޮށްފާނެ. އިންޑިޔާއަސްކަރިއްޔާއިން މިގައުމަށް އެރުމަށް އެންމެ.ގިނައިން.އެދުނު މީހަކީ ޖަމީލު. ދިވެހިންގެ ފުރާނަ ދުއްވާލާފަދަ ކަމަކަށްއެދެމުން ހިނގިމީހަކު ދިވެހިން ބަނޑަށްޖައްސަން މަސައްކަތް ކުރަން އެއްޗެއް ހިތަށް އަރާނެތަ?
ހޮޓްކިންގ
16 July 2018
މަވެސް ދޮގު ކޮށްފާނަން ނައިބުރައީސަކަށް މަ ހުރިއިރު ސަރުކާރުގެ އުޅަނދު ފަހަރުގައި ދައުލަތުގެ ތެލާއި ޚަރަދު ކޮށްގެން އަމިއްލަ މަސްދަތުރު ނުދާކަމަށް.
މޮހޮދޭ
16 July 2018
އެބަޔަކު ކަންކުރާގޮތަށް އެހެންމީހުންވެސް ކަންކުރާނެކަމަށް ބަލަންޖެހޭނީ އެހެންވެ ވާގޮތް
ހަސަންމަނިކުފާނު
16 July 2018
ރިސްވަތު ކިތަންވެސް ތިޔައިން މީހަކަށް ނޭނގޭނެ! ހަމަ ސާފު ހުދު ފޮތިކޮޅެއް!
ހުތާ
16 July 2018
ކޮބަ އެއްކަލަ ރިޔާޒް ރަޝީދު ؟ އިންތި ވިދާޅުވިހެން ހަގީގަތުގައި މިއަދަކީ އުފާކުރަންވީދުވަހެއް ނޫން. ރާއްޖޭގެ ތާރީހުގައި ޖެހިގެންދާ ކަޅު ލަތްގަނޑެއް މިއީ، މުޅި ދުނިޔެއާއި އެކަހެރިވެގެން ވެރިކަން ކުރެވޭނެ ކަމަށް ދެކިގެން އުޅުމަކީ ރަނގަޅު ކަމެއް ނޫންކަން މިއަދު އިހްސާސްވާނެ މިވެރިންނަށް. ދެމަފިރިއަކު އެމީހުންގެ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކުޅޭ ކުޅިގަނޑުގެ ސަބަބުން ގެއްލުން ވެގެން މިދަނީ މުޅި ރާއްޖެއަށް، ހުރިހާ ދަރަންޏަކާ ތަކުލީފެއް އުފުލަން މިޖެހެނީ އެންމެހާ ދިވެހިން.
ހަމަތަ
16 July 2018
އދ. ގަ ވޯޓް ނަގަން އުޅުން އިރު ސަރުކާރުން ރިޝްވަތު ދިނޭ ކިއުން އެންމެ ރަގަޅުވެފަ މިހާރު އީޔޫއިން ކުރަން އުޅޭ ކަންތަކުގަ އިދިކޮޅުން ރިޝްވަތު ދިނޭ ކިއުން ގޯސް ކަމަކަށް މިވީ؟ ތިމަންނަމެންނާ ދިމާއަށް ކިއުން ނޭދޭ އެއްޗެހި އެހެން މީހުންނާ ދިމާއަށް ކިއީމާ ވާނީ މިކަހަލަ ގޮތެއް. ސާބިތުނުހިފޭ ދޮގު ވާހަކަ ދައްކާއިރު ހެއްކެތް ނޯވޭ. އެކަމު ދުލުން އުފައްދާލާ ފަސާދައާ ގެއްލުން ދިގު ދެމިގެން ގޮސް އަނބުރާ ތިމަންނަމެންނަށް އާދޭ.
އާމިރު އަލީ
16 July 2018
މިވެރިން ކަމެއް ވީމަ ދޯ ރާއްޖެ އާ އެހާ ދޯޅަ އެވަނީ، ކޮބާތަ މިިޔަންމާގެ ލީޑަރު އަންސަން ސޫކީ، އިންސާނީ ހައްގުތައް ކިހާވަރަކަށް ނިގުޅާގަތީމަތޯ ފިޔަވަޅު އަޅަނނީ، ކޮބާތަ، ފަލަސްތީނުގެ ޅަދަރިނ މަރާ ލާއިންސާނީ އެތައް އަނިޔާތަކެއް ދެމުންދާ އިޒްރާއީލްގެ ބޮޑުވަޒީރު؟ ބާރެއް އޮތިއްޔާ މިވެރިންނަށް ފުރަތަމަ ފިޔަވަޅު އަޅާބަލަ.. މި ފެންނަނީ ވެރިކަމާގެން ދަހިވެތިވެފަތިބި ނުލަފާ ދިވެހިންގެ ޙާއިންުނގެ ނުބާ ރޭވުން
އަހްމަދު
16 July 2018
މިވެސް ނުވާނެ އަބުރު ކަތިލުމަށް ދޯ. ދީނީ ކަމަކަށް ހަދާލާ ޝަހީމުލައްވާ....