އީރާނުގެ ރައީސް ހަސަން ރޫހާނީ. --ފޮޓޯ:އޭއެފްޕީ
15 ޖުލައި 2018 - 23:04
ތެހެރާން (ޖުލައި 15) - އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާވަރަކަށް އެ ގައުމު ދުނިޔޭގައި ދުވަހަކު ވެސް ބާކީ ނުވާ ވަރަށް ބާކީ ވަމުންދާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރޫހާނީ ވިދާޅުވީ އެމެރިކާގެ ބައިވެރިންގެ ކައިރީގައި ވެސް އެ ގައުމުގެ އަގެއް މިހާރު ނެތް ކަމަށެވެ.
"ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލާގައި މީގެ ކުރިން އެމެރިކާ ބާކީ ނުވާ ވަރަށް މިހާރު ބާކީވެއްޖެ. އެމެރިކާގެ ބައިވެރިންގެ ކައިރީގައި ވެސް އެ ގައުމަށް ތާއީދެއް ނެތް މަންޒަރު ފެނިގެން ހިނގައްޖެ،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުގައި ކުރި އިހްތިޖާޖްތަކަށް އިޝާރާތް ކުރައްވާ ރޫހާނީ ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަނީ ވަކިވެފަ އެވެ. އަދި ޓްރަމްޕް ގެންދަވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައި އެ ގައުމުގައި ވިޔަފާރި ކުރާ ބޭރުގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
16 July 2018
އިރާނުގެ މިއަދުގެ ޒަޢާމަތަކީ އިސްލާމީ އުންމަތުގާ މިއަދު ހަމައެކަނި ވިންދުޖަހާ ގުނަވަން. ވަރަށް އުންމީދީ އުފާވެރި މުސްތަޤުބަލެއް އޮތް ޒަޢާމަތެއް.