ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ނިލަންދޫ އަތުން ގްރީން ސްޓްރީޓްސް އަށް ބޮޑު މޮޅެއް

ނިލަންދޫގެ ފާރޫގު ކައިރިން ގްރީން ސްޓްރީޓްސްގެ ސަމްދޫހު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދާދި ފަހުން ޖަލުން މިނިވަންވެ ކްލަބް ގްރީންސްޓްރީޓްސްއާ ގުޅުނު ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުން މިއަދު ފ. ނިލަންދޫ އަތުން 6-0 އިން ގްރީން ސްޓްރީޓްސް އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ކުޅުނު ހަތަރު މެޗުން ހަމަކުރި 10 ޕޮއިންޓާ އެކު ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޓީސީ ސްޕޯޓްސް ކްލަބަށް އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ޓީސީ ދެ ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ނިލަންދޫ އޮތީ އެންމެ ފުލުގަ އެވެ.

މިދިޔަ މެއި މަހު 20 ވަނަ ދުވަހު ޖަލުން މިނިވަންވި ލަބާން ގްރީން ސްޓްރީޓްސް އަށް ސޮއިކުރީ ޖޫން މަހުގަ އެވެ. އޭނާ އަންނަނީ އެ ޓީމާ އެކު ގަވައިދުން ޕްރެކްޓިސް ކުރަމުންނެވެ. މިއަދުގެ މެޗަށް އައިއިރު އާއިލާ ކަމެއްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު އުޒްބެކިސްތާނުގެ ސާގޭ ސްމޮރޮޑިން ހުރީ ރަށުން ބޭރުގަ އެވެ. އަދި ދެ ވަނަ ކީޕަރު މުހައްމަދު ޖަޒްލާން ވެސް އަނިޔާއެއްގައި ހުރިއިރު ބަދަލުގައި އަރައި ލަބާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި މެޗަށް ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރިއިރު، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. އަދި އަނިޔާ އަށް ފަހު މުހައްމަދު ރިސްވާން (ފުކޭ) ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ނިލަންދޫ އިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި އޭރިއާ ބޭރުން އެ ޓީމުގެ އިބްރާހިމް ފުރުގާން (ފުގޭ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަބްދުﷲ މިސްބާހު ޖެހި ބޯޅަ ނިލަންދޫ ކީޕަރު އަލީ ސޮބާހު ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ އަށް ވަނަ މިނިޓްގައި ޔޫކްރޭނުގެ ފޯވާޑް ރަސެލް ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން ސާއިފް ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި ރަސެލް އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ނިލަންދޫގެ ކީޕަރު ސޮބާހަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދިނީ މިސްބާހު އެވެ. ކީޕަރު ސޮބާހު އެ ޓީމުގެ ކުޅުންތެރިއަކަށް ދޭން ކުރިއަށް ޖެހި ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި މިސްބާހަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ލަބާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސް އިން ކުރިއަށްކުޅޭ ކޮންމެ ބޯޅައެއްގައި ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 22 ވަނަ މިނިޓްގައި ރަސެލް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ގްރީން ސްޓްރީޓްސް އިން ވަނީ ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 26 ވަނަ މިނިޓްގައި ފުކޭ ބަދަލުކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން މިސްބާހު ވަނީ ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ނިލަންދޫ އިން ކުޅުން ރަނގަޅުކުރި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ނިލަންދޫގެ އާދިލް އަލީ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

އޭގެ ފަހުން ގްރީން ސްޓްރީޓްސް އިން ވަނީ ރިލޭގެ ބަދަލުގައި ގައުމީ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިއާ އަބްދުﷲ ޔާމީން ކުޅެން އަރުވައިފަ އެވެ.

ނިލަންދޫ އަށް ލަނޑެއް ޖަަހައިދޭން މެޗުގެ 59 ވަނަ މިނިޓްގައި އެ ޓީމުގެ އަޒުހާން ހަލީލް ޖެހި ބޯޅަ ކީޕަރު ލަބާން ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާ ތެރެއިން ފުގޭ ޖެހި ބޯޅަ ވެސް ހުއްޓުވީ ލަބާން އެވެ.

ގްރީން ސްޓްރީޓްސްގެ ފަސް ވަނަ ގޯލު މެޗުގެ 85 ވަނަ މިނިޓްގައި ޖެހިީ އަލީ ނަސޫހު އެވެ. ނިލަންދޫގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ނަސޫހު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި މިސްބާހު ވަނީ ގްރީން ސްޓްރީޓްސް ހަ ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި ނަތީޖާއިން މޮޅުވި ކަމަށް ވިޔަސް މިއީ ފަސޭހަ މެޗެއް ނޫން ކަމަށެވެ.

"ނިލަންދޫ ކޮޅަށް ހަ ގޯލު ޖަހައިގެން އެ ޓީމު ނުޖެހޭ މާޔޫސްވާން. މި މުބާރާތުގައި އަތޮޅުތަކުން އައި ޓީމުތަކުގެ ތެރެއިން ބޯޅަ ކުޅެން އައި ޓީމަކީ ނިލަންދޫކަން ފާހަގަކުރަން. ދެ ވަނަ ހާފުގެ 20 މިނިޓް ގްރީން އަށް ނޭވާނުލެވިދިޔައީ. ބޯޅަ ކުޅެން އުޅެގެން އެ ގެއްލޭނެ އެއްޗެއް ނޯންނާނެ. ރަށަށް ލިބޭނީ އެޑްވާންޓޭޖް އޭގެން. ކޮލިފައިވީމަ ދެ ވަނަ ޑިވިޝަނުން ބާކީވާ ކުޅުންތެރިން ނަގަައިގެން އިތުރު ޕްލޭނަކަށް ގޮސް ސްޓްރެޗަރު އަރުވައިގެން އެހެން ލަސްކޮށް ހަދައިގެން ބޯޅަ އަކަށް ރަށަކަށްވާނެ ފައިދާއެއް ނެތް." ސުޒޭން ބުންޏެވެ.

ނިލަންދޫގެ މެނޭޖަރު އަބްދުލް ހަލީމް ހަމީދު ބުނީ މެޗުގެ ފުރަތަމަ ކޮޅުގައި ޑިފެންޑަރު އަތުން ހެދުނު ގޯސްތަކަކުން ގާތްގާތުގައި ލަނޑުތަކެއް ވަނުމުން ކުރިއަށްދާން އުނދަގޫވި ކަމަށާއި އެހެން ނަމަވެސް ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅެން މަސައްކަތްކުރި ކަަމަށެވެ. އަދި މުބާރާތެއްގައި ކުރިއަށްދާއިރު ރަނގަޅަށް ކުޅެވޭ ދުވަހާއި ނުކުޅެވޭ ދުވަސްތައް ވެސް ދާނެކަން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

17 July 2018

މަރުހަބާ ސުޒޭން.6 ގޯލް.އަލަށް ދޯ ތިޔަފަދަ ސްކޯލައިނެއް ތިހެދުނީ.ވ.ވެދުން

The name is already taken The name is available. Register?

ރާއްޖެތެ މީހާ

17 July 2018

މަޑުކުރޭ ރާއްޖެތެރެ ޓީމުތައް ކެޓީމަ ލައިވްކުރާނެ ޕީއެސް އެމުންވެސް ޔެސް ޓީވީންވެސް ?

The name is already taken The name is available. Register?

އާރީ

16 July 2018

އެފްއޭއެމްގެ ދޯދިޔާކަމުން މެޗްތައް ލައިވް ނުކުރަނި. ފްރެމިޔާލީގޭ ކިޔާ ކޮންފަދަ ހަޑިއެއްތަ މި ހާވަނި. ބަންސާމް ޔޫ ދެން އިސްތިއުފާދީފަ ނާސިރު އާއި ހަވާލު ކުރިޔަސް މާރަގަޅަށް ހިންގާނެ އެފްއޭއެމް

The name is already taken The name is available. Register?

ރާއްޖެތެރޭ މީހާ

16 July 2018

އާދޭސް ކޮށްފަ ބުނަށް މެޗްތަށް ލައިވް ކޮށްދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454