މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް ހޮވުނު "ވާށޭ މަށާއެކީ" ގެ ޓީމް އެވޯޑާ އެކު.

މި އަހަރު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރިކުރަން މިއަދު ހުޅުވާލައިފި އެވެ.

އެވޯޑް ހަފުލާ އިންތިޒާމުކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ ފިލްމްތައް އެވޯޑްސްގައި ބައިވެރި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 30 ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޑިސެމްބަރު މަހު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމް އެވޯސްގައި ބައިވެރިކުރާނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކެވެ. މިދިޔަ އަހަރު ދިވެހި ސިނަމާ އަށް ޖުމުލަ 8 ފިލްމް އައެ އެވެ.

އެ ފިލްމްތަކަކީ މަލިކާ، ވިޝްކާ، އިލް ނޮއިސް، މީ ލޯތްބަކީ، ނޯޓީ 40، ހައްދު، ބޮސް އަދި ނޭދެން ވަކިވާކަށް އެވެ.

މިދިޔަ އހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސް ހާއްސަކުރީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކަށެވެ.

އެހެންވެ މި އަހަރު ބާއްވާ ނުވަ ވަނަ ފިލްމް އެވޯޑްސްވެގެން ދާނީ ރާއްޖޭގެ ފިލްމީ ތާރީހުގައި އެއް އަހަރެއްގެ ފިލްމަތަކަށް އެވޯޑް ދޭ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން އެވޯޑް ހަފުލާތައް ބާއްވަމުން ދިޔައީ ދެ ތިން އަހަރުގެ ފިލްމްތައް އެއްކޮށްލައިގެންނެވެ.

Emme molhu filmge magaam "Vaashey Mashaa Eky " ah

Emme molhu filmge magaam "Vaashey Mashaa Eky " ah

The most trusted news source in the Maldives

Mihaaru

މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމަކީ "ވާށޭ މަށާއެކީ".

މިދިޔަ އަހަރު ބޭއްވި އެވޯޑްސްގައި 17 ފީޗާ ފިލްމާއި 7 ކުރު ފިލްމް ވާދަ ކުރި އެވެ. އަދި އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ 2016 ގައި ރިލީޒް ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަނީފް

26 July 2018

ނޫނޭ. ހުރިހާ އެވޯޑެއް ބޮސްއަށް ދީ. ބާކީ އެއްޗެއް ހުރިއްޔާ ވިޝްކާއަށް ދިނީމަ ރަގަޅު ވާނެ.

The name is already taken The name is available. Register?

ނަހުލާ

24 July 2018

ތި ހުރިހާ އެވާރޑެއް ލިބޭނީ މީލޯތްބަކީ އަށް. މީ ވަރަށް ވާހަކަ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454