ބީއެމްއެލްގެ ކާޑު ބޭނުންކުރާ ގޮތް ބަދަލުކޮށް، އެކަމާ ގުޅޭ މައުލޫމާތު އޭޓީއެމްގައި ހަރުކޮށްފައި -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު
25 ޖުލައި 2018 - 11:45
މާލޭގެ އޭޓީއެމްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުންކުރާ ގޮތް އެ ބޭންކުން މިދިއަ ހުކުރުދުވަހު ބަދަލުކޮށްފި އެވެ.
ބީއެމްއެލުން ބުނީ އޭޓީއެމްތަކުގައި މިހާރު ކާޑު ބޭނުން ކުރާއިރު ފައިސާގެ މުއާމަލާތް ނިމެންދެން އޭޓީއެމުން ކާޑު ނުނަގާ މަޑުކުރަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން އޭޓީއެމްގެ ހިދުމަތްތައް ލިބެނީ ކާޑު ލައްވާފައި ދަމައިގަތުމަށް ފަހު އެވެ. ޕިން ވެސް ޖަހަނީ އޭޓީއެމުން ކާޑު ނެގުމަށް ފަހު އެވެ.
ބީއެމްއެލުން ބުނިގޮތުގައި މި ބަދަލު ގެނައީ އޭޓީއެމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށެވެ. އަދި މިއީ އެންމެ ފަހުގެ ބައިނަލްއަގުވާމީ އުސޫލުތަކާ ވެސް އެއްގޮތަށް ގެނައި ބަަދަލެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އަލުން މި ގެނައި ބަދަލުން އެއްވެސް ހިދުމަތަކަށް ތަފާތެއް ނާންނާނެ ކަމަށެވެ.
އޭޓީއެމެއް ކައިރީގައި ހުރި ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް މައުލޫމާތު ދެނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު
މި ވަގުތު ބަދަލުތައް ގެނައީ، ބީއެމްއެލުން ބުނި ގޮތުގައި، ހަމައެކަނި މާލޭގެ އޭޓީއެމްތަކަށެވެ. އެކަމަކު ރަށްރަށުގައި ހުރި އޭޓީއެމްތަކުގައި ކާޑު ބޭނުންކުރާ ގޮތް ވެސް، ކުރިއަށް އޮތް ތަނުގައި، ބަދަލުކުރާނެ ކަމަށް ބުންޏެވެ.
އާ ބަދަލާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ދިނުމުގެ ގޮތުން ބީއެމްއެލްގެ ބައެއް މުވައްޒަފުން އޭޓީއެމް ކައިރީގައި މި ވަގުތު ތިބެ އެވެ. އޭގެ އިތުރުން މިދިއަ ހުކުރު ވިލޭރޭ 12 ގެ ފަހުން، އޭޓީއެމްތަކުގަ އާއި އޭޓީއެމް ހުންނަ ތަންތަނުގެ ތަޅުންގަނޑު މަތީގައި ވެސް މި ބަދަލާ ބެހޭ މެސެޖްތައް ވަނީ ލިއެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުއަސާރަ
25 July 2018
"މީގެ ކުރިން އޭޓީއެމްގެ ހިދުމަތްތައް ލިބެނީ ކާޑު ލައްވާފައި ދަމައިގަތުމަށް ފަހު އެވެ."މީ ދެން ހަމަ ދޮގެއްނު..މީގެ އަހަރުތަކެއް ކުރިން،2012 ނޫނީ 2013 އަންނަންދެން ވެސް ހަމަ ހިދުމަތް ދިންގޮތެއްނު މީ..މިބުނީ ކާޑު ލައްވާލާފަ ބައިންދަން ޖެހޭ ވާހަކަ..ކާޑު ސްވައިޕް ކުރަން ފެށީ އަދި މާފަހަކުންނެއްނު
ތެދު
25 July 2018
ވަރަށް ދެރަ ކަމެތް.. ކާޑު ޖަހައިގެން ހުއްޓާ ޓްރާންސެކްޝަން މެދުންވެސް ހިދުމަތް ކަނޑާލަފާނެ.. އޭޓީއެމް ރީފިލް ކުރަންވެސް ރިވެތި ގޮތެއް އޮންނަންވާނެ ދޯ... ކިޔު ބަންދުކޮއްފަ ރީފިލް ކުރަންވާނީ..
ތެދު
25 July 2018
ވަރަށް ދެރަ ކަމެތް.. ކާޑު ޖަހައިގެން ހުއްޓާ ޓްރާންސެކްޝަން މެދުންވެސް ހިދުމަތް ކަނޑާލަފާނެ.. އޭޓީއެމް ރީފިލް ކުރަންވެސް ރިވެތި ގޮތެއް އޮންނަންވާނެ ދޯ... ކިޔު ބަންދުކޮއްފަ ރީފިލް ކުރަންވާނީ..
ދޮނާ
25 July 2018
ތި އަނެއްކާ ކާޑުތަށް ގެއްލި..މީހުންގެ ލާރި ގެއްލޭ ސީޒަން ފެށެނީ.....
މަޒް
25 July 2018
ކާޑު ބާއްވާފަ ދެވުނީ
މެދުއުމުރު
25 July 2018
ތިދެން އަނެއްކާ މިއުޅޭ ފަހާފޮށި ތިނޯހެއްހެން އަވަސް އަރުވާލައިގެން އުޅޭ ދެޖިންސުގެ ޒުވާނުން މެޝިންތަކަށް ދޫކުރަން ފައްޓާ ކާޑުތައް ކަލެކްޓްކުރަން މެޝިންތައްކައިރީ ދުވަސްގަޑެއް ވަންދެން ބަޔަކު ބައިތިއްބަތި ޖެހުނީ.
ޔާމިން
25 July 2018
ބައިނަލް އަގުވާމީ އުސޫލުތައް ފޮލޯކުރަނީ ވަކި ކަމެއްގަތޯ؟ ނޫނީ ވަކި ސިޓީއެއްގެ އޭޓީއެމް އަކަށް ހަދާފަ ހުންނަ އުސޫލެއްބާ؟
ހަސަންފުތު
25 July 2018
ބޭންކް އޮޕް މޯލްޑިވްސް ގެ ހިދުމަތް ތައް އަދިވެސް ހާދަ ޑައުން ވެޔޭ .. އިންޓަނެޓް ބޭންކިންގް އަދި އޭޓީއެމްތައްވެސް ވަރަށް ގިނަ ވަގުތު ޑައުން ވެފައި ހުރޭ .. ހަމަ ގައިމުވެސް އަހަރަކައް ވުރެ އަހަރެއް ފައިދާ ބޮޑު ކޮއް ބޭންކް ހިންގަނީ .. ނަމަވެސް ހިދުމަތް ނުލިބޭ ވަގުތު އެވެރެޖްކޮއް މަހަކު ވަރަށްވެސް ގިނަ .. މިކަންތައް ރަގަޅު ކޮއްލަން އެދެން ..
ތުއްތުކަލޯ
25 July 2018
ތީ ހަމަ ދޮގެއް! ކުރިޔާ އަޅާބަލާއިރު ހާސްބައި ރަގަޅު
ވޯލް
25 July 2018
ކާޑު ޖަހާޖަހާ މާފަހުން ރޭކާލީ، ބަދަލުތިޔަ ކޮށްލަނީ ކިއްލިޔަކަށް، ކަސަޓަމަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްނުދެވޭ. އަދި ހަމަ އެކަނި މެޝިންގަ ސްޓިކަރ ތަތްކުރުމުކުން ނުފުދޭ. އެކި ވަސީލަތްތަށް ބޭނުންކޮށްގެން ކުރީ ބައިގައި މީހުން އެވެޔަރ ކޮށްފައިދެން ބަދަލު ގެންނާނީ.
އަޚްލާސް
25 July 2018
ފަސޭހަ އަދި ކަސްޓަމަރުންނައް ރައްކާތެރި ގޮތް ބަދަލުކުރުމުން ޚިދުމަތް އެ ދިޔައީ ފަހަތަށެވެ.