ސްރީ ލަންކާގެ ރައީސް ސިރިސޭނާ.
29 ޖުލައި 2018 - 14:08
ކޮލަމްބޯ (ޖުލައި 29) - އުއްމީދަކީ ކޮރަޕްޝަން އެންމެ ކުޑަ ގައުމުތަކުގެ ލިސްޓަށް ސްރީ ލަންކާ އެރުވުން ކަމަށް އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
އިންޑޮނީޝިއާ އަށް ކުރެއްވި ދަތުރުގައި ސިރިސޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތައް ކުރިއަރަން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެރިކަމުގެ ގަދަބާރާއި ކޮރަޕްޝަނާއި ރިޝްވަތާއި ކުށްކުރުމާއި ޑްރަގު ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެކްޒެކެޓިވް ޕްރެޒިޑެންސީއެއްގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބައެއް ބާރުތައް ދޫކޮށްލެއްވުމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ބްރައިބަރީ ކޮމިޝަނެއް އުފެއްދުމާއި ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކޮށް ދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާން ފައްޓަވާފައިވާ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް މަޑުޖެއްސުމަށް ކޮރަޕްޓް ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ސިރިސޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޕޭގެ ހޮރު
29 July 2018
އެހެން ވެއްޖެއްޔާ "އިރު އަރާނީ ހުޅަގު ކޮޅުން" ނެވެ
ކިއްލިބާޝާ
29 July 2018
ތިގޮތަށް ލައްކާ އަމާޒުހިފާފައި އޮންނަތާ އެތައް ޒަމާނެއް.