ބްރިޖްގައި ދަތުރުކުރަން އެމްޕީއެލުން ގެނައި ބަހެއް.-- ފޮޓޯ: އެމްޕީއެލް
31 ޖުލައި 2018 - 21:41
މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބްރިޖްގައި ދަތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނުވަ ބަސް މިއަދު ގެނެސްފި އެވެ.
އަންނަ މަހު ހުޅުވާ ބްރިޖްގެ ދަތުރުތައް ކުރަން ހަވާލުކޮށްފައިވާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ބަހުގެ ފުރަތަމަ ޝިޕްމެންޓް މިއަދު އައިސްފައިވާ ކަމަށެވެ. އެމްޕީއެލުން މިހާރު ވަނީ ބަހުގެ ހިދުމަތް ދޭން 45 ޑްރައިވަރުން ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.
އެ ކުންފުނީގެ އެސިސްޓެންޓް ސީއީއޯ ރާބިހު މުހައްމަދު "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި ބަހުގެ ހިދުމަތް ފަށައިގަންނަ އިރު އެކި ސައިޒުގެ 22 ބަސް ބޭނުން ކުރާނެ އެވެ. އަދި ކޮންމެ ދިހަ މިނެޓަކުން އެއް ފަހަރު ދަތުރެއް ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ވަނީ ބްރިޖްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފަ އެވެ. އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު ހަ ބަސް ގެންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
14 August 2018
އެމްޕީއެލް ގެ ލޯގޯ ގެ ކުލަ ބަދަލުކުރީ ކޮން އިރަކު؟ ކުންފުނި ތަކުގެ ލޯގޯ އަކީ އެކިފަހަރު އެކި ތަންތަނުގަ އެކި ކުލަ ކުލައި ގައި ބޭނުން ކުރެވިގެންވާނެ އެއްޗެއް ނޫން. ލޯގޯ ރަޖިސްޓްރީ ކުރެވިފައިވާ ގޮތަށް ރަޖިސްޓްރީ ކުރެވިފައިވާ ކުލަ ބޭނުންކުރަންވާނީ.
ހަބޭސް222
01 August 2018
އަނެއްކާ ތިޔަ ބުރިޖުން އަމިއްލަ ވެހިކަލުގަ އެރުމުގެ ހުއްދަ އޮންނާނެބާ؟ އަމިއްލަ ވެހިކަލް ނޭރުވެންޏާ ބޭކާރު އެއްޗެއްތީ! އެކަށީގެންވާ އުޖޫރައެއް ނަގައިގެން ސައިކަލާއި އަމިއްލަ ވެހިލް ދުއްވެން ވާނެ! ދުނިޔޭގެ އެހެން ޤައުމު ތަކުގައިވެސް ކަން ކުރަނީ ހަމަ އެގޮތަށް. ފަހަރެއްގަ ދިވެހިރާއްޖެ އަށް އާ އެއްޗެއްވީމަ ފުރަތަމަކޮޅު ވަރަށް ގޮތްގޮތަށް ޤަވާޢިދު ހަދާ ތަކުލީފު ޖައްސާނެ ކަމަށް ލަފާކުރެވޭ. ބުރިޖު އަޅައިގެން ލިބޭ ފަސޭހަޔާއި ހިތްމަޖެހުމަށްވުރެ ހެދޭ ޤަވާޢިކުން އުފުލަންޖެހޭ ތަކުލީފު ބޮޑު ނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު!
ދޯދެން
01 August 2018
މީގެ ހުރިހާވެސް ޝުކުރެއް އޮތީ ނަޝީދުއަށް. ވެރިކަން ބޭނުންވެ ފެންބޮވައިގެންފަ އިން މީހަކު ކޮންޓްރޯލްކުރި މަޖިލީހަކުން ނަޝީދު އެތަށްގުރުބާނީއެއްވެގެން ޓެކްސް ނިޒާމް ޤާއިމްކުރީ. އޭރު އެ ވެރިކަން ބޭނުންވިމީހާ އިންތިހާއަށް އެކަމާ ދެކޮޅު ހެދި. އެކަމަކު މިއަދު އެމީހާ އަށް ހުރިހާ މޮޅެއް. ޓެކްސްތަކުން ދައުލަތަށް ހެސްކިޔާފަ ފައިސާ ލިބޭ. އެފައިސާ އިން މިއަދު ގައުމު ހިންގަނީ. އޭގެ އިތުރުން ނަގާ ލޯނުތަކާއި ތަންތަން ފިއްކައިގެން ލިބޭ ފައިސާއަށް ވާނުވާނެއްނޭންގޭ.
އަންތަރީ
01 August 2018
ޓެކްސް ފައިސާއިން ގައުމު ހިންގާކަށް ނޭގުނު އެމްޑީޕީއަކަށް. މި ސަރުކާރުން ގައުމު ހިންގުމުގެ އިތުރުން ދެން އެކުރަމުން ގެންދާ ގިނަގުނަ ތަރައްގީގެ ކަންކަން ނުކުރެވޭނެ ހަމައެކަނި ޓެކްސް ލާރިއަކުން. ނަގާ ލޯނުތަކާ ތަންތަން ވިއްކައިގެން ލިބޭ ފައިސާގެ ބޭނުންވެސް ކޮށްގެން އެ ހުރިހާ ކަމެއް އެކުރަމުން ގެންދާ ގޮތަށް އެ ސްޕީޑްގަ ކުރެވޭނީ.
ރާސް
01 August 2018
މުދާ ނުބޭލެނީ ބޭލޭ ވަރަށް ވުރެ ގިނައިން އެތެރެކުރާތީ ކަންނޭގެ؟ ބްރިޖް އަޅާލީމަ އަމިއްލަ ވެހިކަލްގަ ދެވޭނެދޯ؟ ސާބަހޭ ރައީސް ޔާމީން. އިރާދަ ކުރެއްވިޔާ ފުރަތަމަ ބުރުން ރައީސް ޔާމީން މިއިންތިޚާބު ކާމިޔާބު ކުރައްވާނެ.
ވިސްނޭ
01 August 2018
ﷲއަށް ހަމްދާ ޝުކުރު. ރާއީސް ޔަަމީންއަށް ހެއޮރަހުމަތް ލައްވާށި. ދިވެހި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާށި.
އެމްޕީެއލް
01 August 2018
ރާބިއު! 3 ބޯޓް ކިޔުގަ. ކޮންޓޭނަރ ނުބޭލިފަ. އެކަމަކުވެސް ގަމުތެރޭން އެހެން ކަމެއް ކުރެވަެތޯ ބަލަނީ.
ޙުސެން
01 August 2018
ބަނދަރުން ހިދުމަތްނުދެވުނަސް އެމްޕީއެލުންވޭ 700 މިލިޔަންގެ ފުލެޓު އަޅަން. ޢަދި އޮތިއްޔާއޮތއ ކަމެއްކުރަން. ބޮޑު ހަރަދުކޮށްގެން ހެދިކެފޭ ނުހިންގިގެން އެހެރީ ބަންދުކޮށްފަ.
ސަންފްލާވަރު
01 August 2018
ތީޗެހީގެ ކުލަ އިސާހިތަކު ބަދަލް ކޮށްލާނަން...
ބޭބެ
31 July 2018
އޮބިނަސް ޓު ދަ މެކްސް! ހަޖަމު ކުރާތި ރީނދޫ ހުންޖެހުނަސް!
މަންސޫރު
31 July 2018
މި ބުރިޖަށް ހާއްސަކޮށް ޑިޒައިންކުރި ބަސްތައް ގެންނަނީ ކޮންއިރަކުންބާ؟ އެއެއްޗިހި ހުންނާނީ ކޮން ސިފައަކަށްބާ؟ މުއިއްޒުގެ ބަހެޢް ބޭނުން.
ފަންޑިބެ
01 August 2018
ދެންލަލަލަލާ
ޕަކާސް
31 July 2018
10މިނިޓު ބަހަށް މަޑުކޮށްގެން، ހުޅުމާލެ-މާލެ ދަތުރު އެއާޕޯޓަށް މަޑުނުކޮށް ދިޔަޔަސް 20މިނިޓު. 30މިނިޓު މަދުވެގެން ދާނެ ބަސް ފުލް ނޫންގަޑީގަ. މިހާރު މާލެ-ހުޅުމާލެ ދަތުރުވެސް 30މިނިޓުން އަރާމުކޮށް 5ރުފިޔާއަށް ދެވޭ. ހަމަނުޖެހޭ މިއެއް.
ފުރުގާ
31 July 2018
މޮޔަވާހަކައެއް..ފެރީޓިކެޓް ނަގައިގެން ކިހާއިރަކު އިންނަންޖެހޭ؟.ކަނޑުގަދަ ނަމަ އިތުރު ތަކްލީފެއްޖެހޭ..ބްރިޖުން އަމިއްލަ ވެހިކަލްގައި ދެވޭނެތާ.
ޕަކަ ޕަކާސް
31 July 2018
ރަގަޅު އެއްގޮތްވެސް ތި ކަހަލަ މީހުންނަކަށް ނޯންނާނެ!