ކުޅިވަރު / ބާސެލޯނާ

ބާސެލޯނާ އިން ވިޑާލްގެ ޑީލް ވެސް ހައިޖެކްކޮށްފި

ބަޔާންގެ މިޑްފީލްޑަރު ވިޑާލް.---

ބާސެލޯނާ (އޮގަސްޓް 3) - ބަޔާން މިއުނިކުގެ ޗިލީ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އިޓަލީގެ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައިވަނިކޮށް ބާސެލޯނާ އިން އޭނާގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ވިޑާލް ވިއްކާލަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާނުން ކިޔާފައިވާ އަގަކީ 35 މިލިއަން ޑޮލަރެވެ. ރިޕޯޓްތައް ބުނާގޮތުން އެ އަގުދޭން އިންޓަ އިން އެއްކޮށް ހިތްހަމަ ނުޖެހޭތީ އެ ޓީމުން ދިޔައީ އެހެން ގޮތްގޮތަށް ވެސް ވިސްނަމުންނެވެ. ވިޑާލް ހޯދުމަށް އެންމެ ބޭނުންވި އެކަކަކީ އިންޓަގެ ކޯޗު ލޫޗިއާނޯ ސްޕަލެއްޓީ އެވެ.

ވިޑާލް ގަތުމުގެ ވާހަކަތައް އިންޓަ އިން ކުއްލިއަކަށް މަޑުޖައްސާލީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ކެޕްޓަން އަދި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާ ލޫކަ މޮޑްރިޗް ހޯދުމަށެވެ. އެހެން ނަަމަވެސް މެޑްރިޑުން ވަނީ މޮޑްރިޗް ވިއްކާނުލާނެ ކަމަށް ބުނެފަ އެވެ.

އިންޓަ އިން އަލުން ވިޑާލް ގަތުމުގެ ކަންތައް ވަރުގަދަ ކުރަން މަސައްކަތް ފަށާފައި ވަނިކޮށް ބާސެލޯނާ އިން ވަނީ ބަޔާނުން ވިޑާލް ވިއްކާލަން ކިޔާ އަގުދޭން ނިންމައިފަ އެވެ. ދި ގާޑިއަން އިން ރިޕޯޓްކުރާ ގޮތުގައި ވިޑާލް ބާސެލޯނާ އަށް ބަދަލުވުމުގެ ހުރިހާކަމެއް މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު ރަސްމީ ގޮތެއްގައި އަދި ބާސެލޯނާ އިން އެކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ނުދައްކަ އެވެ.

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފްރާންސްގެ ބޯޑޯ އަށް ކުޅެމުން ދިޔަ ވިންގް މެލްކޮމް ވެސް ގެނައީ އޭނާ އިޓަލީގެ ރޯމާ އަށް ބަދަލުވާން ނިންމާފައި އޮއްވަ އެވެ. އެ މައްސަލައިގައި ހިތްހަމަ ނުޖެހި ރޯމާ އިން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މެލްކޮމްގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ ގްރެމިއޯ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އާތޫރު މެލޯ އާއި ސެވިއްޔާ އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްފެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް ވެސް ގެނެސްފަ އެވެ. އަދި ބާސެލޯނާ އިން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ގެނައި ބްރެޒިލްގެ ޕައުލީނިއޯ ލޯން އެއްބަސްވުމުގެ ދަށުން ޗައިނާގެ ގުއަންޒޫ އަށް ދޫކޮށްލައިފަ އެވެ.

ވިޑާލް އެންމެ ފުރަތަމަ ޔޫރަޕުގައި ކުޅުނީ ބަޔާ ލެވަކޫސަން އަށެވެ. އެ ޓީމަށް 2007 އިން 2011 އަށް ކުޅުމަށް ފަހު ދެން އޭނާ ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. އެ ޓީމުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު ވިޑާލް މިހާރުގެ ކްލަބް ބަޔާނާ ގުޅުނީ 2015 ވަނަ އަހަރު އެވެ. ވިޑާލް ދޫކޮށްލާނެ ކަަމަށް މީޑިއާގައި އަޑުފެތުރުނު ހިސާބުން އޭނާ ހޯދުމަށް އިންގްލެންޑުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ އުމުރުގެ ކުޅުންތެރިއަކާ ބަލާ އޭނާގެ އަގު ބޮޑުވުމުން އެ ދެ ޓީމުން ފަހުން އެ މަސައްކަތް ހުއްޓާލި އެވެ.

0 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 5%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454