ޚަބަރު / މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރު އެއާޕޯޓުގެ ރަންވޭ ނިންމައި ޓެސްޓު ފްލައިޓު ޖެއްސުމަށް ތައްޔާރުވަނީ

މާފަރު އެއާޕޯޓުގެ ރަންވޭ އަޅައި ނިމިފައި: އެއާޕޯޓު ތަރައްގީ ކުރަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓަކާ ވެސް އެކުގައި -- ފޮޓޯ / ރީޖިނަލް އެއާޕޯޓްސް

ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު އަންނަ ހަފުތާގައި ޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލް "މިހާރު" އަށް މިއަދު ވިދާޅުވީ، މާފަރުގެ އެއާޕޯޓުގެ 2،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިންމުމަށް ފަހު، މިހާރު ކުރަނީ ރަންވޭ ގައި ބޭނުން ކުރާ ނިޝާންތައް ކުރެހުމުގެ ކަންކަން ކަމަށެވެ.

"ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައި ވަނީ. އަޅުގަނޑުމެން މި ބަލަނީ އަންނަ ހަފުތާ ގައި ޓެސްޓް ފްލައިޓް ޖެއްސޭތޯ،" އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް ހަދަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ތަރައްގީ ކުރާ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް އެއާޕޯޓުގައި ހުންނާނެ ކަމަށް ވެ އެވެ.

މާފަރު އެއާޕޯޓު ހަދަނީ އަބޫދާބީ ފަންޑުން ފައިސާ ހޯދައިގެން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ.

"އެއާޕޯޓަކީ އެ [ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ] ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒު ކޮށްދޭނެ ހަދިޔާއެއް. އެއާ އެކު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ވިދާޅުވެފައި ވެ އެވެ.

33 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިޕޭ

05 August 2018

ޝުކުރިޔާ ރައީސް

The name is already taken The name is available. Register?

ޅިޔަންބޭ

05 August 2018

ތި އެއާޕޯޓު ރަންވޭމަތީ ކައިވެނިކުރަން ބޭނުންވާ މީހުނައް ފޯމު ދޫކުރާނީ ކޮންއިރަކުންތޯ ؟؟!

The name is already taken The name is available. Register?

ހޯރަފުށީ ޗާލްނަޔާ

05 August 2018

23 މެއި 2016 ގައި ހޯރަފުށީ ގަ އޮތް ރަސްމީޔާތެއްގަ ރައީސް ޔާމީން ވިދާޅުވި ހޯރަފުށްޓާއި ކުޅުދުށްފުށްޓާއި ށ .ފުނަދޫ އެއާރފޯޓް 2018 ނިމްމުގެ ކުރިން ފުލައިޓް ޖެންސޭނޭ. އިންތިޒާރު ގަ މި ތިބެނި

The name is already taken The name is available. Register?

އަރޫ

05 August 2018

ތިވަރުގެ ބޮޑު ބޭކާރު އެއަރޕޯޓެއް މި ރާއްޖޭގައި ކިއްކުރަންތޯ މި ދުނިޔޭގައިވެސް ނޯންނާނެ، ނޫނު އަތޮޅުގައި ފުރަތަމަ އެއަރޕޯޓު ހަދަން ޖެހޭ ރަށް (އަތޮޅު މެދުގައި އޮތް ރަށް) ސަންސިޔާމު ރިސޯޓު ހަދައިފި. މާފަރު އެއަރޕޯޓު ފުލް ކޮންޓްރޯލް އޮތީ ބޭރު މީހުން އަތުގަ، އެމީހުންގެ ޕްރައިވެޓް ޖެޓް ޕާކިން އަދި ރިސޯޓު ކަންތައްތައްކޮށްފަ ނޫނީ އާއްމު މީހަކަށް ތިތަނުން ހިދުމަތެއް ނުލިބޭނެ. އައިލެންޑު އޭވިއޭޝަނުން ތި ރަށަށް (މާފަރު ކައިރި އެހެން ރަށެއް ނޯވޭ) ފްލައިޓު އަޅައިގެން ފައިދާއެއް ނުވާނެ. ތިއީ މާފަރު މީހުން ގުނބޯ ހައްދަން ބަޔަކަށް ފައިދާއެއް ހޯދަން ކޮއްގެން އުޅޭކަމެއް

The name is already taken The name is available. Register?

ކަބްޖީ

05 August 2018

މިއެއަރޕޯޓް ހިންގާނީ އައިލެންޑް އޭވިއޭޝަންއިން. މިއީ ބޭރުގެ އެހީގައި އަޅާ އެއަރޕޯޓެއް. އެހެންވީމަ، މިއެއަރޕޯޓްގެ ފުލްކޮންޓްރޯލް އޮންނާނީ ސަރުކާރުގެ އަތްމަތީގައި. އަހަރެންނަކީވެސް ސަރުކާރަށް އެހާތާއީދުކުރާ މީހެއް ނޫން، އެކަމަކު ކޮމެންޓްކުރާމީހުން ކޮމެންޓްކުރަންވާނީ ތަންދޮރު އޮޅުންފިލުވާފައިކަމަށް ގަބޫލުކުރަން. ހަމަހިތަށްއަރާއެއްޗެއް ލިޔުމަކީ ރަގަޅުކަމެއް ނޫން!

The name is already taken The name is available. Register?

ޒުހުދާ

05 August 2018

މާބޮޑަށް އެނގެނީ

The name is already taken The name is available. Register?

މަނަދޫ އީސަ

05 August 2018

އެއާޕޯޓްތައް އެޅުމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރުގެ ކަންކަން ފަސޭހަ ވެގެންދާނެއެވެ. އަދި މިއާއި އެކު، ބޭރުގެ އިންވެސްޓަރުން އެސަރަހައްދު ތަކުގައި އިންވެސްޓްކުރުމުގެ ސައުޤުވެރިކަން އިތުރުވެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ ފައިދާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

The name is already taken The name is available. Register?

ޙަސަނާ

05 August 2018

ގއ.ގެމަނަފުއްޓަށް ދިއުމަށް އެއަރޕޯރޓްކައިރިވީމާ ވަރަށްފަސޭހަވާނެއެވެ މިހާރު ކޫއްޑޫއަށް ގޮސް ގެމަނަފުއްޓަށް ދިއުމަށް ދުރުވީމާ ވަރަށް އުނދަގުލެވެ

The name is already taken The name is available. Register?

މުހައްމަދު ނަސީދު

05 August 2018

ތިޔަ އެއާޕޯޓެއް ނޭޅޭނެ. ކޮބާތޯ ތީގެ އިންޖިނިއަރިންއަކީ، ކޮބާތޯ ތިކަމަށް ދާނެ ފައިސާ

The name is already taken The name is available. Register?

ކަބްޖީ

05 August 2018

މިއެއަރޕޯޓް އަޅާ ނިންމަނީ. މިހާރު ރަންވޭ ނިމިއްޖެ. ދެންއޮތީ ޓަރމިނަލްގެ މަސައްކަތް. ޕްރޮޖެކްޓް ހިންގުމުގެ އެއްވެސް މައްސަލައެއް ނެތް. އަދި ފައިސާގެ މައްސަލައެއްވެސް ނެތް. ފަންޑު ކުރަަނީ ބޭރުގެ އެހީއެއްގައި.

The name is already taken The name is available. Register?

މުޙައްމާ

05 August 2018

ގދ.މާވާރުލު އެއަރޕޯރޓް ނިމޭނީ ކޮންއިރަކުތޯއެވެ އެކަމާއި ކެތްމަދުވެފައި ހުރީމެވެ

The name is already taken The name is available. Register?

ހާސަރު

05 August 2018

ތިޔައީ ޝޭޚްގެ ރިޒޯޓަށް އަންނަ ޖެޓްޖައްސަން ހަދާ ތަނެއް އެނޫން އިންޓަނެޝަނަލް ފްލައިޓެއް ނުޖައްޖާނެ. އެހެން ނޫންނަމަ ތިޔައްވުރެ ދިގުކުރީސް. ތިތަނުން އަތޮޅުގެ އެހެން ރިސޯޓްތަކާ ގެސްޓް ހައުސް ވިޔަފާރިއަށް ފައިދާއެއް ވާނީ އިންޓަރނޭޝަނަލް ޝެޑިއުލް ފްލައިޓް ޖެއްސޭ ވަރު ރަންވޭ އެއް އެޅިނަމަ! ރަންދެލި ރިޒޯޓަށް ސީޕްލޭންގައި މުއްސަދިން ދާން މައްސަލަ ޖައްސަތީ ޖެޓްޖައްސަން ހެދިތަނެއްތީ.

The name is already taken The name is available. Register?

ޣަފޫރު

05 August 2018

މަޢުލޫމާތު ހޯއްދަވާ! ރާއްޖޭގައި އަޅާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ރަންވޭގެ ދިގުމިނަކީ 1200 މީޓަރ.ެމާފަރުގއެއާޕޯޓްގެ ރަންވޭގެ ދިގުމިނަކީ 2400 މީޓަރ. ޢެއީ އޭ 320 ސައިޒުގެ ބޯޓުފަހަރު ޖެއްސޭ ސައިޒު.

The name is already taken The name is available. Register?

ހާސަރު

05 August 2018

1200 މ ރަންވޭއަކަށް އެއްވެސް ޖެޓެއް ނުޖެއްސޭނެ އެހެން 2200 އަށް އެހަދަނީ . ބޮޑެތި ބޯޓު ޖައްސަން އެންމެ މަދުވެގެންވެސް 2400 ބޭނުންވާނެ ، އަދި ފުޅާމިން 45،މ ބޭނުންވޭ މައުލޫމާތު ބަލާފަ އޭ މި ކޮމެންޓް ކުރަނީ. އަދި ޚަބަރުވެސް ކިޔާފައޭ މިލިޔަނީ ޣަފޫރު ޚަބަރު ނުވެސް ކިޔާވިއްޔަ ކޮމެޏްޓް ތިކުރަނީ!

The name is already taken The name is available. Register?

ކަބްޖީ

05 August 2018

ޝޭޙުންގެ ޖެޓުތައް ޖެއްސީމަ ފައިދާ ވާނީ ސަރުކާރަށް. އެއަރޕޯޓް ހިންގާނީ އައިލެންޑް އޭވިއޭޝަންއިން. ކޮމެންޓް ކުރާ މީހުން ރޯފިލުވުމަކީ އަހަރެންނަށް ލިބޭ އުފަލެއް :)

The name is already taken The name is available. Register?

ޒީނާ

05 August 2018

ހާސް ނުވޭ.. ރައީސް ޔާމީން ތިކަންވެސް ކޮށްދެއްވާނެ

The name is already taken The name is available. Register?

ހޯރަފުށީ ފަންކާ

04 August 2018

ދައުރު ނިމްމުގެ ކުރިން ހޯރައިގެ ބަދަލު މަތިންދާ ބޯޓް އުދުންސާފަ ޖަންސާނެ ކަމުގަ އިންޔިޒާރުގަ މިތިބީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454