އިބޫ، މައުމޫންގެ ޕޯސްޓަރެއް ފާރުގައި ހިއްޕަވަނީ. - ފޮޓޯ: އެމްޑީޕީ
04 އޯގަސްޓް 2018 - 18:15
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިން ގައި ތަތްކުރި، ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު ނައްޓަން ފުލުހުން ދިމާ ކުރުމަކީ ސަރުކާރުން ބަލި ގަބޫލު ކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި، އިދިކޮޅު ލީޑަރުގެ ޕޯސްޓަރު ތަތްކުރުމާ ގުޅިގެން، ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރާ މީހުން ޕްރޮމޯޓްކޮށް، އެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ނޫސްތަކުގައި ނުޖެހުމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެފަދަ ފަރާތްތަކުގެ ވާހަކަ ނުދެއްކުމަށް އަންގައިފަ އެވެ. އަދި ގައިދީން ޕްރޮމޯޓް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ދީފަ އެވެ.
Gulhifaivaa party thakuge 4 leaderunge photo thah varah ginavaane. Fuluhun e photo thah nattan dhimaa koffinama eyge maana akee mihaaruves sarukaarun bali qaboolu kuree ey.
— Ali Hussain (@AleeVoice) August 4, 2018
އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓު.
ފުލުހުންގެ އެ އިންޒާރާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ފޮޓޯތައް ވަރަށް ގިނަ ވާނެ ކަމަށެވެ. އަދި ފުލުހުން ނުކުމެ، އެ ފޮޓޯތައް ނައްޓަން ދިމާކޮށްފި ނަމަ، އޭގެ މާނަ އަކީ ސަރުކާރުން ބަލި ގަބޫލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
These 4 political leaders have been arrested and tried on fictional & politically motivated charges. They will be free only if you vote @ibusolih on 23rd September. Otherwise they will spend the next 5 years in jail or in exile. @PoliceMv can now investigate me for saying this. pic.twitter.com/cOAsbE4rIS
— Husnu Al Suood (@hsuood) August 4, 2018
ހުސްނުއް ސުއޫދު ކުރެއްވި ޓުވީޓު.
ކުރީގެ ބަންޑާރަ ނައިބު، އަދި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، ހަތަރު ލީޑަރުން ހައްޔަރުކޮށް، ދައުލަތުން ކުރީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި އިބޫ އަށް ވޯޓު ދީފި ނަމަ، އެ ހަތަރު ލީޑަރުން ވެސް މިނިވަން ވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އެހެން ނޫނީ ކުރިއަށް އޮތް ފަސް އަހަރު އެބޭފުޅުން ތިއްބަވާނީ ޖަލުގައި. އަޅުގަނޑު މި ވާހަކަ ދެއްކީމަ، ފުލުހުން މި މައްސަލަ ތަހުގީގު ކުރަންވީ،" ސުއޫދު ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫގެ ކެމްޕެއިނުގައި ބޭނުން ކުރާ ޕޯސްޓަރުތައް އިއްޔެ އާންމު ކުރި އިރު އޭނާގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރިގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ޝައިޚް އިމްރާން އަބްދުﷲގެ ފޮޓޯ ވެސް ޕޯސްޓަރުތަކުގައި ހިމެނެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި، ހަތަރު ލީޑަރުންގެ ފޮޓޯތައް އާންމު ކުރަނީ ކޯލިޝަންގެ ބަދަހިކަމާއި ވަރުގަދަ ކަން ދެއްކުމުގެ ގޮތުންނެވެ.
ހަތަރު ލީޑަރުންގެ ތެރެއިން މައުމޫން ހުންނެވީ ޖަލުގަ އެވެ. ހުކުމެއްގައި ތިއްބެވި ނަޝީދާއި ގާސިމް އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ރާއްޖެ އިން ބޭރުގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ އިމްރާން މި ވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޫވާ
05 August 2018
ލީޑަރުންގެ ފޮޓޯ ތައްކުރުމަކީ ތިމާއަށް ތާއީދު ނެއްކަން ހާމަވާތީ ކުރާ ކަމެއްގެ ގޮތުގައި މި ފެންނަނީ.
ޔޫތުސިޓީ
05 August 2018
ހުޅުމާލޭގަ އިދިކޮޅު ފަރާތްތަކުން ތަތްކުރި ފޮޓޯތަށް ނަގަންޖެހުނީ ޕީޕީއެމުން ރައީސް ޔާމީނުގެ ފޮޓޯއެއް ޖަހަން ހަރުކޮށްފަހުރި ފިލައެއްގަ އިދިކޮޅުމީހުން ފޮޓޯހިއްޕީމަ.މީ ވަރަށް ނާތަހުޒީބު އަމަލެއް.އެމްޑީޕީ މީހުން އަސްލު ލަދުގަންނަން ޖެހޭނެ.
ހޮނޑައިދޫ ބޮޑުދައިތަ
05 August 2018
ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނާނެއެވެ. ނިދާކޮޓަރީގައި ނިދާފައި އޮންނައިރު ހުވަފެނުން ހަތަރުލީޑަރުން ފެންނާތީ ކޮޓަރީގެ ފާރު ނަގަން އެންގިންތޯއެވެ. އެހެން ވިސްނަން ބޯދަށައް އައްލައިގެން އޮއްވައި ނިދޭނީވެސް ހާދައިރަކުންނެވެ. ސަންތިމަރިޔަނބާ ، ފޫޅުދިގު ހަނޑީގެ ވާހަކަކިޔައިދިނީމައި ބައެއްކުދިން ތަންމައްޗަށް ހީސްވެސްލާއުޅެއެވެ.
މޫސަ123
05 August 2018
އަޅުގަޑަށް ފެންނަނީ ގާނޫނު އަސާސީ އުވާލަން ބޮޑުޚަރަދުކޮށްގެން މެންބަރުން މަޖިލީހަށްލައިން ގާނޫނުތައްހަދަނީ އެކަމަކު އެމަމަޖިލީހުގެ މެމްބަރުން އެންމެފުރުތަމަ އެއާ ޚިލާފުވަނީ ،،،،،
އިސްމާލު
05 August 2018
އަޅުގަނޑު ހިތައް އަރާ ޤާނޫނާއި ޤަވާޢިދު ޤަބޫލް ނުކުރާމީހަކަށް ޤައުމެއްގެ ވެރިކަމެއް ކުރެވިދާނެ ބާއޭ؟ ޙުކުމް ތަންފީޒު ކުރަމުންދާ ބައެއްގެ ފޮޓޯ ޕްރޮމޯޓް ކުރުމަކީ ވަރަށްވެސް ދެރަކަމެއް ކުރިން ހުރީ އިބޫ ވަރަށް ހޭޖެހޭ ކަމަށް ހީކޮއްގެން. ނަމަވެސް ހީކުރެވުނީ ކުށް ހީއެއް.
ޝޮކްތެރަޕީ
05 August 2018
ބާގީ ކިޔާބަލަ ކުރިންވެސް ކީއެހެނެއްނުން.
ރީތި މޫސަ
05 August 2018
އިބުރާހިމް މުޙައްމަދު ސޯލިޙްގެ ފޮޓޯނޫންއެހެންފޮޓޯ ހިއްޕަނީ އިބޫއަށް ލިބޭތަރުހީބުދައްވެ ފެއިލްވެދާނެ ކަމުގެ ބިރުހީވާތީ
ވާލުސޮރު
04 August 2018
އެކި ގޮތްގޮތަށް ހިސާބުތައްޖެހީމަވެސް %16 ، %17 ގައި ތާއީދު އުޅެންޏާ ދެން ޖެހޭނީ ކޮންމެސް ބަހަނާއެއް ދައްކާފަ އެސްއޯއީ އެއް އިއުލާންކުރަންތާ!!. ކުރިޔަށް ޓޫރިސްޓް ސީޒަން އޮތީމަ ސަރުކާރުފަޅީގެ ރިސޯޓް އޯނަރުން އެކަމާ އެހާ ގަޔާވާނެހެނެއް ހިޔެއްނުވޭ. އެކަމަކު ވަޒީފާގެއްލިދާނެތީ ސަރުކާރުގެ ބޮޑުންނާ ކުންފުނިތަކުގެ ވެރިންނާ އެކަން ވޭތޯ ޔާމީނު ގާތު ވަރަށް ކުސްތަޅާނެ.
އީދުކަޅުބެ
04 August 2018
ޖަލުޙުކުމް ތަންފީޛުކުރަމުން ދާމީހުންނަކީ އަނެއްކާ އިސްލާމްދީނުން ބޭރުވެފައިތިބި ބަޔަކީބާވައެވެ! ޖަލުޙުކުމް ތަންފީޛުކުރަމުންދާ މީހުންނޭ ނުބުނެ، ތިޔަބުނަންއުޅޭއެތި ނިކަންރަނގަޅަށް ބުނެބަލާށެވެ. ބަލަ އަހަރުމެން ދެކެފީމޭ ޖަލުގައި ތިބި ޤައިދީންތަކެއްގެ ފަންނީ ހުނަރުވެރިކަން އެއްދުވަސްވަރެއްގައި ސަރުކާރުން ޕްރޮމޯޓުކޮށް ޓީވީން ދެއްކި މަންޒަރުވެސް. އެއީ ކުށަކަށްނުވެ މިހާރު ވަކިބައެއްގެ ފޮޓޯ ފެނުނީމަ ތިޔަވަރަށް ބިރުގަންނަނީ ކީއްވެހެއްޔެވެ؟
ވާލުސޮރު
04 August 2018
މިހިރީ ރައްޔިތުންގެ ވިސްނުން ހުރި މިންވަރު. ދެން ނެތެއްނު ގޭސް ގަނޑެއް އެބުރޭކަށްވެސް.
ފަޤީރުކަލޯ!
04 August 2018
ވެރިކަމަށް ކުރިމަތި ލައިގެން އުޅޭ މީހާ އަށް ތާއީދު ހޯދަން ކެމްޕޭނު ކުރުން ދޫކޮށްލައި، ޖަލުގައި ހުކުމް ތަންފީޒް ކުރަމުންދާ ބައެއްގެ ފޮޓޯ ތަންތަނުގައި ހިއްޕަމުން ތަތްކުރަމުން އެގެންދަނީ ފިތުނަ އުފައްދަން ވެގެނެވެ. އޭގެ ސަބަބުން ފިތުނަ އުފެދޭނަމަ ފިޔަވަޅު އެޅުން ދައުލަތައް ލާޒިމު ވާނެ!